ނޫޙުގެފާނުގެ ވާހަކަ-: އަލްއަޢްރާފް ސޫރަތުން-

ކިޔުމަށް ހޭދަވާނީ 2މ 24ސ
ނޫޙުގެފާނުގެ ވާހަކަ-: އަލްއަޢްރާފް ސޫރަތުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ނޫޙް ޢަލައިހިއްސަލާމް އަކީ ނަބިއްޔާ އާދަމް ޢަލައިހިއްސަލާމަށް ފަހު ވަޑައިގަތް ނަބިއްޔާއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ﷲ ތަޢާލާއަށް އަޅުކަން ކޮށް،ބުދުތަކަށް އަޅުކަން ކުރުން  ދޫކޮށްލުމަށް ދަޢުވަތު ދެއްވިއެވެ. އަދި އެކަލޭގެފާނުގެ ދަޢުވަތަޢް އެބައިމީހުން އިޖާބަ ނުދީފިނަމަ އެމީހުންނަށްޓަކައި ބޮޑުވެގެންވާ އަޛާބެއް އަންނާނެ ކަމުގެ އިންޛާރު ދެއްވިއެވެ. 

ނަމަވެސް އެކަލޭގެފާނުގެ ޤައުމުގެ ބޮޑެތި މީހުންނާއި އެމީހުންގެ ވެރިން އެކަލޭގެފާނުގެ ދަޢުވަތައް އިންކާރު ކުރިއެވެ. ދެން ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންނަށް ޢަޖާބު ފޮނުއްވިއެވެ. 

ﷲ ތަޢާލާ އެވާހަކަތައް އަލްއަޢްރާފް ސޫރަތުގެ 59 އަދި 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴿٥٩﴾‏ قَالَ الْمَلَأُ مِن قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُّبِينٍ ﴿٦٠﴾‏ 

މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ. (59) އެކަލޭގެފާނުގެ قوم ގެބޮޑުން ބުނޫއެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ. (60)"

 

 

މިއަދު އޮންލައިން