ތިބާގެ ދަރިފުޅު ތިބާއާ ކޮންމެފަދަ ސުވާލެއް ކުރިޔަސް ނުރުހުމުގެ ބަހެއް ނުބުނެ ބުނެވެން އޮތްވަރަކުން ބުނެނުދޭނަމަ ލިބެން އޮތް ދެރަ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތިބާގެ ދަރިފުޅު ތިބާއާ ކޮންމެފަދަ ސުވާލެއް ކުރިޔަސް ނުރުހުމުގެ ބަހެއް ނުބުނެ ބުނެވެން އޮތްވަރަކުން ބުނެނުދޭނަމަ ލިބެން އޮތް ދެރަ މާބޮޑުވާނެ!

ދަރިފުޅުގެ ޢުމުރާ ނުގުޅޭ ސުވާލެއް ކުރާނަމަ ރަނގަޅީ ޖަވާބު ނުދިނުންތޯ؟ އާއި ޙައްލަކީ ކޮބައިތޯ؟ ފަދަ ސުވާލުތައް ބެލެނިވެރިން ކުރެއެވެ. ވީވަރަކުން އޮޅުން ފިލުވައިދޭން މަސައްކަތްވެސް ކުރަމެވެ. 

މީހަކު ފާހަގަކުރި މައްސަލައެއްވެސް ބުނެލާނަމެވެ. އޭނާގެ ދަރިފުޅު ކުރާ ސުވާލަކީ ގޭގައި ގެންގުޅޭ ނޯކަރު އަންހެންމީހާ ބައްޕައަށް ކޮއްކޮއަކު ވިހައިފިނަމަ ވާނީ އަޅުގަނޑުގެ ކޮއްކޮއަކަށްތޯ އެވެ. 

މިކަމާއި ގުޅިގެން ސުވާލުކުރި މިހާ ގާތުގައި ބުނެގެން އެސުވާލުކުރަން ދަރިފުޅަށް ޖެހުނު ސަބަބު އޮޅުންފިލުވިއިރު އެކަން މިވާގޮތަކީ ކްލާސް ކުއްޖެއްގެ ގޭގެ ސާވަންޓް ބަލިވެއިނދެގެން ގޭގައި ދެމަފިރިން ތަޅާފޮޅަނީއެވެ. އެވާހަކަ ކުއްޖާ ކްލާހަށް އައިސް އެކުވެރިންނަށް ކިޔައިދިނީއެވެ. 

ފުރަތަމަ ކަމަކަށް ބުނެލަން ބޭނުންވަނީ މައިންބަފައިން އެފަދަ ކަންކަން ނުކުރާށެވެ! ދަރިފުޅަށް އެފަދަ ވާހަކަ ކުދިންގެ ގާތުގައި ދައްކަން އެޖެހުނީ އެފަދަ ކަންކަން ކުރާތީއެވެ. ދެން ވިސްނާލަންވީ ކަމަކީ ތިމާމެން ދެމަފިރިން ކުރެމީހަކު އެފަދަ ކަންކަން ނުކުރިނަމަވެސް އެއްވެސް މީހަކު އެބާވަތުގެ ކަންކަން ކުރާނަމަ ނުކުރާ ދެމަފިރިންގެ ދަރިންނަށްވެސް ނުއެނގިއެއް ނުދާނެއެވެ. އެނގުނީމާ ސުވާލުތައް ކުރާނެއެވެ. 

ވީމާ ފުރަތަމަ ކަމަކަށް ބެލެނިވެރިން ޤަބޫލުކުރަންވީ ދަރިން އެމީހުންގެ ޢުމުރާ ނުގުޅޭ ސުވާލުތައް މިއަދު ކުރާނެ ކަމެވެ. އެކުދިން ކުރާ ސުވާލުތަކުގެ ޖަވާބު މައިންބަފައިން ނުދިނަސް ޖަވާބު ހޯދުމުގެ ޝައުޤުވެރިކަން އެކުދިންގެ ހުންނާނެއެވެ. ޖަވާބު އޮޅުންފިލުވައި ނުދީފިނަމަ ދެން އެކުދިން ސުވާލުކުރާ މީހާ ކުދިންނަށް ދޭ ޖަވާބުން ކުދިންނަށް ލިބޭ ގެއްލުން ބޮޑުތަނުން ނޮޑުވެގެން ހިނގައިދާނެއެވެ. 

ވީމާ ދަރިއަކު ސުވާލެއް ކޮށްފިނަމަ ރުޅިނުއަންނާށެވެ. މަރުޙަބާ ކިޔާށެވެ. ލޯތްބާއިއެކު ޖަވާބުދޭށެވެ. ކުއްޖާގެ ކަންބޮޑުވުން ފިލުވައިދޭށެވެ. ދުރުމީހުންގެ ގާތުން ކަންކަން އޮޅުންފިލުވަން ނުޖެހޭވަރުކުރާށެވެ. އެހެން ނޫންނަމަ ކުއްޖާއަށް މަގުއޮޅިގެން ހިނގައިދާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން