ނަމާދުކުރަން މަސައްކަތްކުރާއިރުވެސް ފަރުވާކުޑަކުރެވޭނަމަ ކިޔަން އޮތް ޛިކުރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ނަމާދުކުރަން މަސައްކަތްކުރާއިރުވެސް ފަރުވާކުޑަކުރެވޭނަމަ ކިޔަން އޮތް ޛިކުރު-

ބައެއް މީހުން ނަމާދުކުރަމުން ދަނިކޮށްވެސް ނަމާދުކުރަން ފަރުވާކުޑަކުރެވެއެވެ. ކަންނެތްވެވެއެވެ. އެއީ ހަމަ ކޮންމެ މީހަކަށްވެސް މެދުވެރިވެދާނެ ކަމެކެވެ. އެފަދަ ޙާލަތެއް މެދުވެރިވާކަން ފާހަގަކުރެވިއްޖެނަމަ ކޮންމެ ނަމާދެއްގެ ފަހުގައި މިފަދައިން ޛިކުރުކުރާށެވެ! ބޭނުންނަމަ ތަކުރާރުވެސްކުރާސެވެ! ކަންނެތްކަން ފިލައިގެންދާނެއެވެ. އިން ޝާ ﷲ  

"اللهم أعني على ذكرك، وشكرك، وحسن عبادتك‏"‏‏.‏ 

وعن معاذ رضي الله عنه أن رسول الله صلى الله عليه وسلم أخذ بيده وقال‏:‏ ‏"‏يا معاذ والله إني لأحبك‏"‏ فقال‏:‏ ‏"‏أوصيك يا معاذ لا تدعن في دبر كل صلاة تقول‏:‏ اللهم أعني على ذكرك، وشكرك، وحسن عبادتك‏"‏‏.‏ رواه أبو داود بإسناد صحيح‏.‏ 

Mu'adh (May Allah be pleased with him) reported:

The Messenger of Allah () took hold of my hand and said, "O Mu'adh! By Allah I love you, so I advise you to never forget to recite after every prayer: "Allahumma a'inni ala dhikrika, wa shukrika, wa husni 'ibadatika (O Allah, help me remember You, to be grateful to You, and to worship You in an excellent manner)."

[Abu Dawud].

މިޛިކުރަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ، ﷲ ތަޢަލާ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިވާ އަދި ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އަޅުކަންކުރާ އަޅަކު ކަމުގައި ލެއްވެވުން އެދި ކުރަން ޙަދީޘްފުޅުގައިވާ ޛިކުރެކެވެ. 

ނަމާދުކުރަންވެސް އަދި އެހެން އަޅުކަންކުރަންވެސް ކަންނެތް ވެވެނީ ޝައިޠޯނާގެ ކިބައިންނެވެ. އެކަމަށް ހޭލުންތެރިވާންޖެހޭނެއެވެ. ޝައިޠޯނާގެ ކިބައިން ސަލާމަތްވެހުރުމަށް ކުރަންޖެހޭ ކަންކަން ފަރުވާތެރިކަމާއިއެކު ކުރަމުން ގެންދަންވާނެއެވެ. ﷲ ތަޢާލާ އެމީހަކަށް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން