"އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކީ ސަޖިދައިގަ އޮވެ މަރުވުމެވެ! އެކަމަށް އެދިގެން ކުރެވޭނީ ކޮނަކަމެއްތޯ؟"
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ ތިބާ ފަދައިން ކޮންމެ މުސްލިމަކުވެސް މަރުވަން ބޭނުންވާނީ ސަޖިދައިގައި އޮވެގެންނެވެ. ޚާއްޞަކޮށް ނަމާދުގެ ސަޖިދައިގައި އޮވެގެންނެވެ. އެހެނީ ތިމާ ޢާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭނެ ވަގުތަކީ އެއީކަމުގައިވާތީއެވެ. އަދަބުވެރިވެ އެންމެ ބޮޑަށް ކިޔަމަންތެރިވެވޭނެ ވަގުތަކީވެސް އެއީ ކަމުގައިވާތީއެވެ.
ސަޖިދައިގައި އޮންނަނިކޮށް މަރުވެވޭނީ މިވެނިކަމެއް ކުރުމުން ކަމަށް ބުނެވޭކަށް ނެތެވެ. އެއީ އަހުރެންނަށް އެނގިފައި ނެތުމުންނެވެ. ނަމަވެސް އެކަމަށް އުންމީދުކުރާ މީހާއަށް ދެކަމެއް ކުރެވިދާނެއެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިކަން އިތުރުކުރުމާއި ގިނަގިނައިން ސަޖިދަކުރުމެވެ. (ސަޖިދަކުރުން ގިނަކުރުމެވެ.) އަދި ސަޖިދައިގައި ގިނަ ވަޤުތު ހޭދަކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން