"އަޅުގަނޑަކީވެސް ހިތުގަ މާތް ﷲ އަށް ބިރުވެތިކަން އުފައްދަން ބޭނުންވާ މީހަކީމެވެ. އެކަމަށް އެދިގެން މަސައްކަތްވެސް ކުރަމެވެ. ނަމަވެސް އަޅުގަނޑު ބޭނުންވާވަރުގެ ކާމިޔާބީއެއް އަދިވެސް ނުލިބެއެވެ. މިކަމަށް އެހީތެރިކަމެއް ލިބޭނެ މަގެއް ބުނެދެވިދާނެތަ؟"
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުމުން އެހީތެރިކަން ލިބިލައްވާނެ ކަމަށެވެ. އިން ޝާ ﷲ
މިހާރު އަޅުކަމުގެ ވާހަކަ ގިނަމީހުން ދައްކާއިރުގައި، މިއީ ޢާއްމު ގޮތެއްގައި ހަމަ މިދައްކަނީ، އަހަރެމެންނަށް އެނގިފަ ވެސް މިއޮންނަނީ ނަމާދު ކުރުމާއި، ޒަކާތް ދިނުމާއި، ރޯދަ ހިފުމާއި، މިބާވަތުގެ ކަންތައްތައް އިނގޭ! އަޅުކަންތައް އެބަހުރޭ އަހަރެމެންނަށް ހަމަ ނޭނގި ހުންނަ ވަރަށް ޘަވާބު ބޮޑު ބޮޑެތި އަޅުކަންތައް އިނގޭ.!
އޭގެ ތެރެއިން އެއްކަމަކީ އެއީ الله سبْحَانهُ وَتَعالَى އަށް ބިރުގަތުން، ނުވަތަ ބިރުވެތިވުން. ﷲ އަށް ބިރުގަތުން. ކީރިތި ޤުރްއާނުގައި، الله سبْحَانهُ وَتَعالَى އަންގަވާފަވޭ އަހަރެމެންނަށް، ﷲ އަށް ބިރުވެތި ވުމަށް، އެހެން ފަރާތްތަކަށް ބިރުވެތި ނުވުމަށް. އޭގެ މާނައަކީ ﷲ އަށް އަހަރެމެން ބިރުގަންނަ ވަރަށް އެގޮތަށް އެހެން ފަރާތްދެކެ ބިރު ނުގަތުން އިނގޭ! އެހެންވީމާ، ޢިލްމުވެރިން ބަޔާން ކުރައްވާފަވޭ (މީ) الله سبْحَانهُ وَتَعالَى އަށްބިރުވެތި ވުމުގެ ގޮތުން އަހަރެމެން ކުރަންޖެހޭ ކަންތައްތައް. ކޮން ކަންތައްތަކެއް ކޮށްގެންތޯ ހިތަށް ބިރުވެރިކަން ވަންނާނީ، އިނގޭ!
އޭގެ ތެރެއިން ހިމެނޭ ބައެއް ކަންކަމަށް ބަލާލާއިރުގައި އެންމެފުރަތަމަ ކަމަކަށް ބިރުވެތިވާން ބޭނުންވާމީހާ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، الله سبْحَانهُ وَتَعالَى ދެނެގަތުން، معرفة ކޮށް ދެނެގަތުން، އެއީ ކޮންފަރާތެއްކަން ކިހާ ބާރުގަދަ ފަރާތެއްކަން، ކޮންކަހަލަ ސިފަތަކެއް ލިބިގެންވާ ފަރާތެއްކަން، އެހެންވީމާ ﷲ ދެނެގަނެވޭނެ ގޮތެއް އަހަރެމެންނަށް މިއޮންނަނީ الله سبْحَانهُ وَتَعالَى އެއިލާހާބެހޭ ގޮތުން އަހަރެމެންނަށް އަންގަވާފައިވާ އެއްޗަކުން އަހަރެމެންނަށް ދެނެގަނެވޭނީ. މިހާރު ޢާއްމު ގޮތެއްގައި ﷲ ދެނެގަންނާނީ الله سبْحَانهُ وَتَعالَى ގެ ނަންފުޅުތަކާއި، ސިފަފުޅުތަކުން. ނަންފުޅު ތަކާއި، ސިފަފުޅު ތަކުން ﷲ ދެނެގަނެވޭނީ އަހަރެމެންނަށް، އެއީ ކިހާވަރެއްގެ ކިހާ ބާރުގަދަ ކިހާ ކޮންކޮލިޓީތަކެއް ހުރި އިލާހެއް ކަން ދެނެގަނެވޭނީ އިނގޭ! އެއީ ފުރަތަމަ ކަންތައް މާނައަކީ: الله سبْحَانهُ وَتَعالَى معرفة ކޮށް ދެނެގަތުން. އެކަން ކުރެވޭނީ ﷲ ގެ ނަންފުޅުތަކާއި، ސިފަފުޅުތައް، ދަސްކޮށްގެންނޭ އިނގޭ!
ދެވަނަ ކަމަކަށް ކީރިތި ޤުރްއާން ކިޔެވުން ތަދައްބުރާ އެކުގައި. އެއީ الله سبْحَانهُ وَتَعالَى ދެނެގަނެވޭނެ الله سبْحَانهُ وَتَعالَى ގެ ކަލާންފުޅު ވިސްނުމާއި، ފިކުރު ކުރުމާއި، އެކުގައި އޭގެ ތެރެއަށް ވަދެގެން އިނދެގެން ކިޔަވައިގެން. އޭގަ އެބުނާ، އާޔަތުގެ އެބުނާ އެއްޗަކާމެދު ވިސްނާ ފިކުރުކުރަމުން، އޭގެ މުރާދަކީ ކޮބައިތޯ، އޭގެން الله سبْحَانهُ وَتَعالَى އަހަރެމެންނަށް ދެއްވަން ބޭނުންވެ ވޮޑިގެންވާ މެސެޖަކީ ކޮބައިތޯ؟ ތަދައްބުރާ އެކުގައި ކީރިތި ޤުރްއާން ކިޔެވުމާ، އަނެއްގޮތަށް ހަމަ ކީރިތި ޤުރްއާން ވިސްނާނުލާ ކިޔަވާލުމާ ވަރަށް ބޮޑު ތަފާތެއްވޭ، އުޑާބިމާހާ ދެމެދުގެ ތަފާތެއް، އެއީ ވަރަށް ބޮޑު ތަފާތެއް. މިހާރު ﷲ އާމެދު ބިރުވެތިކަން އުފެދޭގޮތަށް ޤުރްއާން ކިޔެވުމަކީ ޤުރްއާނުގަ އެކިޔަވާ އެއްޗެއްގެ މާނަ އެނގޭގޮތަށް އެއާއި މެދު ވިސްނާ ފިކުރު ކުރަމުން ކިޔެވުން. އެއީ އަޞްލު ބިރުވެތިކަން އުފެދޭ ގޮތަށް ޤުރްއާން ކިޔެވުމަކީ އިނގޭ!
ތިންވަނަ ކަމަކީ ފާފަ ކުރުމުގެ ބޮޑުކަމާ ބިރުވެރިކަން ހިތްމައްޗަށް ގެނައުން. ފާފަ އަކީ އެއީ. ފާފަ ކުރުމަކީ އެއީ الله سبْحَانهُ وَتَعالَى ނުރުއްސަވާ ކަމެއްކަމާ ފާފައިގެ ބޮޑުކަން ހިތްމައްޗަށް ގެނައުން. ފާފައިގެ ބޮޑުކަން ހިތްމައްޗަށް ގެނެވިއްޖެނަމަ ﷲ އާއި މެދު އޭނާބިރުވެތިވާނެ. އެއީ ފާފަތަކަށް الله سبْحَانهُ وَتَعالَى ކަނޑައަޅުއްވާފަ އެހުރި އަދަބުތަކާމެދު ވިސްނާލީމަ އެނގޭނެ، އެފާފަތަކުގެ ބޮޑުކަން. މިސާލަކަށް: ބައެއްފާފަ ކުރާމީހުން ދީނުގަ އެއޮންނަނީ ސީދާ ހަމަ އެމީހުން މަރަން. މާނައަކީ: ދުނިޔެމަތީގައި ބަހައްޓަންވެސް ކަމުދާ ބައެއްނޫނޭ އެއީކީ، އެހާވަރު. މިސާލަކަށް ބަލަމާ ޤިޞާޞް އެ އޮންނަނީ މީހުންމެރުން. މީހުންމަރާ މީހުންނަށް އޮންނަނީ ޤިޞާޞް ހިފުން، އެމީހާ މަރާލުން. ކާވެނީގެ ރަހަލިބި ހުރެ ޒިނޭކުރާމީހާ އަށްވެސް މިއޮންނަނީ ރަޖަމު ކުރުން. ހަމަ މެރުން، އެހެންނު، މާނައަކީ، މިސާލަކަށް މީހަކު ދުނިޔޭގައި ބަހައްޓަން ހެޔޮނުވާވަރު ވާނީ އެއީ ކިހާބޮޑު ފާފައެއްވީމާ، އެހެންވީމާ އެފާފަތަކުގެ ބޮޑުކަން ހިތްމައްޗަށް ގެނައީމަވެސް ﷲ އަށް ބިރުވެތި ވެވޭނެ އަހަރެމެންނަށް. ފާފަތަކުގެ ބޮޑުކަމޭ މިބުނީ ފާފައިގެ ނުބައިކަން އަސްލު، ކިހާގޯސް ކަމެއްކަން ކިހާ ޙަރާމްކަން ބޮޑު ކަމެއްކަން އެއީ އިނގޭ.
ދެން ހަމަ ﷲ އާމެދު ބިރުވެތިކަން އިތުރުކުރެވޭނެ އެއްގޮތަކީ އަހަރުމެންގެ ނަފްސް ތަކުގެ ދަރަޖަ އަހަރެމެން ބަލާލަންވީ. މާނައަކީ. އިންސާނާ މިއީ ކިހާވަރެއްގެމަޚްލޫޤެއްތޯ؟ މިސާލަކަށް ފުއްޕާފަ، ބޮޑާވެފަ، އުޅެވޭވަރު މަޚްލޫޤެއްތޯ މީ. އެއްވެސް އާރެއް ބާރެއް ހުރި މަޚްލޫޤެއްތޯ މިއީ އަސްލު. އަހަރެމެންގެ އަމިއްލަ ހިއްސުތަކާމެދު ވިސްނާލިޔަސް އަހަރެމެންނަށް ފެންނަނީ އެހިއްސު ތަކުގެ ނުކުޅުދުންތެރިކަން. ބައެއްފަހަރު ބައެއް ދޫނިސޫފާ ސޫތްޕާ، ނަޢަމް ސުޢުފިތައް ނޫނީ ޖަނަވާރު ތަކުގެ ހިއްސުތައްވެސް އިންސާނުންގެ ހިއްސު ތަކަށްވުރެ މާވަރުގަދަވެފަ އެބަހުރޭ އިނގޭ!
އެކަމަކު ބަސްބުނުމުގަ އާއި، ޖަދަލު ކުރުމުގައާއި، ބޮޑާ ވުމުގައާއި، ކިބުރުވެރި ވުމުގައާއި، އިންކާރު ކުރުމުގައާއި، މިކަންކަމުގައި އިންސާނާ މިއުޅެނީ ޖަނަވާރުތަކަށްވުރެވެސް މާކުރީގަ، މާކުރީގަ. އެހެންވީމަ، މީހާގެ އަމިއްލަ ނަފްސުގެ ދެރަކަމާއި ނިކަމެތިކަމާ، ނަފްސަށް އޭނަގެ އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލް ވެސް އޭނަގެ ދަށުގަ ނޯންނަ މީހެއް މީ އިންސާނާއަކީ. އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލްވެސް ނޯންނަ މީހެކޭ އިންސާނާއަކީ. އޭނަގެ، މިސާލަކަށް އޭނަ ހަމަ ނު ރުންތެރިވެގެން ހުއްޓާ އޭނަ ބަލި އެބަވޭ. އެކަމާ ނުރުހުންތެރިވެގެން ހުއްޓާ، މިބުނީ ބަލިވާން ބޭނުމެއްނުވޭ އެއްވެސް މީހަކު، އެހެންނު! ކޮރޯނާ ވައިރަސް ޖެހިދާނެތީ ބިރުން މާސްކު އަޅައިގެން، ގައި ދުރުކޮށްގެން އަތް ދޮވެގެން ހުރިހާކަމެއް ކޮށްކޮށް ހުއްޓާވެސް ހަމަ ބަލި އެބަ ޖެހޭ. މާނައަކީ އެވަރުގެ ކަމަކުން ރައްކާތެރިވުމުގެ ބާރެއްވެސް އޭނަގެކިބައިގައި ނެތޭ، އެވަރުގެ ކަމަކުން ރައްކާތެރިވުމުގެ ބާރެއްވެސް. އެހެންވީމަ الله سبْحَانهُ وَتَعالَى އޭނައަށް ދެއްވާފައިއެވާ (މިއީ) ނިޢުމަތްތަކަކީ އެއީ ވަކި ޙުދޫދެއްގެ ތެރޭގައި އޭނައަށް ދެއްވާފައިވާ ނިޢުމަތްތަކެއް. އޭނަގެ ދެރަކަން، ނިކަމެތިކަން އިޙުސާސްވާން އޭނައަށް ޖެހޭވަރަށްހުރީ އޭނަގެ ހުރިހާކަމެއްވެސް. އެއްވެސް ޙާލެއްގައި ހިތަށް ބޮޑާކަމާ ކިބުރުވެރިކަން ވައްދާވަރު ބައެއް ނޫން އިންސާނުންނަކީ.
ދެން ހަމަ އެގޮތަށް ބިރުވެތިކަމުގެ ވާހަކަ ދައްކާއިރު الله ތަޢާލާއާމެދު ބިރު ހިތަށް ވެއްދޭނެގޮތެއް އެއީ، މި ބިރުވެތިވުމުގެ މާތްކަމާ މަތިވެރިކަމާ، މިކަމުގެ ސަވާބާ ދަރުމައާ، ﷲ އަށް ބިރުވެތިވީ ބައެއް މީހުން އެމީހުންގެ ޢަމަލުތައް ބެހެއްޓިގޮތުގެ ވާހަކަ އަހަރުމެން ކީމަ. މިސާލަކަށް އަހަރުމެން އަޑުއަހާނެ ޔޫސުފް ޢަލައިހިއްސަލާމަށް ކުރިމަތިވި އިމްތިޙާނުގައި، އެކަލޭގެފާނު الله سبْحَانهُ وَتَعالَى އަށް ބިރުވެތި ވުމުގެ ސަބަބުން އެ އިމްތިޙާނުން އެކަލޭގެފާނު ސަލާމަތްކުރެއްވި ވާހަކަ، އެހެންނު! ފާހިޝު ޢަމަލެއް ކުރަން ދަޢުވަތު ދިނީމަ، ޔޫސުފް ޢަލައިހިއްސަލާމް ﷲ އަށް ބިރުވެތިވީ. ބިރުވެތިވީމަ الله سبْحَانهُ وَتَعالَى އެ ޢަމަލުން އެކަލޭގެފާނު ސަލާމަތްކުރެއްވީ. އެހެންވީމަ (މީ) ބިރުވެތި ވުމަކީ މީ އޭގެ އާޚިރު ނަތީޖާ ވަރަށް ފޮނި، ވަރަށް ސަވާބުބޮޑު، ވަރަށް ދަރުމަބޮޑު އަޅުކަމެއް މީ، الله سبْحَانهُ وَتَعالَى އަށް ބިރުވެތިވުމަކީ.
ދެންހަމަ މިގޮތަށް، ބިރުވެތިކަން ހިތަށް ވަންނާނެކަމެއް މީ، الله سبْحَانهُ وَتَعالَى އެބައެއް ހިތްޕަވާފައިވާ، ނުވަތަ އެބަޔަކަށް ޢަޛާބު ފޮނުއްވި ޤައުމުތަކުގެ ވާހަކަ ކިޔާލީމަވެސް ހިތަށް ބިރުވެރިކަން ވަންނާނެ. މިސާލަކަށް ކުރީގަ ހަލާކުކުރެއްވި ޤައުމުތަކުގެ ވާހަކަ. އެމީހުންނަށް ﷲ ތަޢާލާ ފޮނުއްވި ކޯފާގެ ވާހަކަ. އެހެންވީމަ ލޫޠުގެ ފާނުގެ ޤައުމަށް الله سبْحَانهُ وَتَعالَى އެ ފޮނުއްވި ޢަޛާބުގެ ވާހަކަ ކިޔައިފި މީހަކު ލާހިކެއްނޫން އޭނަ ދެވަނަ ފަހަރަށް، އެ ފާފައިގެ ތެރެއަށް އޭނަ ގެނބޭކަށް. އެ ޢަޛާބުގެ ބޮޑުކަމާ، އެމީހުންނަށް ވެގެންދިޔަ ގޮތާ، އެ ރަށަށް ވެގެންދިޔަ ގޮތާ އެއްޗެހި އޭނަގެ ހިތަށް ވަދެއްޖެއްޔާ ދެން އޭނަ އެފަދަ ފާފައަކާ ކައިރިވެސް ނުވާނެ.
އެހެންވީމަ الله سبْحَانهُ وَتَعالَى ޤުރުއާނުގައި އެވާހަކަތައް ބަޔާންކުރައްވާފަވެސް މިވަނީ އަސްލު ޢިބުރަތަކަށް! ޢިބުރަތަކަށް. އެއްވެސް ޙާލެއްގައި ކިޔާލާ ސްޓޯރީތަކެއްގެ ގޮތުގާ ބަހައްޓައިގެން (މީ) އެންޓަޓެއިންމަންޓަށް ނޫނީ މުނިފޫހި ފިލުވާލަން ކިޔާލާ ސްޓޯރީތަކެއް ނޫން އެއީކީ. އެއީ ޢިބުރަތުން ފުރިގެންވާ ވާހަކަތަކެއް. އެ ވާހަކަތަކުގެ ބޭނުމަކީ، ﷲ ތަޢާލާ އެވާހަކަތައް ޤުރުއާނުގައި ބަޔާންކުރައްވާފައި އެވަނީ، އަހަރުމެން ބިރުގެންނެވުމަށް، އަހަރުމެން ބިރުގެންނެވުމަށް!
އަދި ހަމަ އެހެންމެ ބިރުވެތިކަން ހިތަށް ވަންނާނެ ގޮތެއް މި ޤިޔާމަތުގެ ވާހަކަތަކަކީ. ޤިޔާމަތްދުވަހު ކަންތައްތައް ވާނެ ގޮތާ ހިސާބު ބައްލަވާ ހިނދު ކަންތައްތައް ވާނެ ގޮތާ ޤިޔާމަތް ދުވަހުގެ موقف އެދުވަހުގެ ބިރުވެރިކަން، އެދުވަހު މީސްތަކުން އުޅޭނެ ޙާލު، ކީރިތި ޤުރުއާނުގަވެސް، އަދި ނަބިއްޔާ ﷺ ގެ ޙަދީޘް ފުޅުތަކުގަވެސް އައިސްފަވޭ އަހަރުމެންނަށް އެދުވަހުގެ ބިރުވެރިކަމުގެ ވާހަކަ. އެހެންވީމަ ޤިޔާމަތްދުވަހުގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ބަޔާން ކުރައްވާފަ އެވަނީ އެދުވަހުގެ ބިރުވެރި ކަމުން ކިރުމައިމީހާ އޭނަ ކިރުދޭން އޮންނަ ދަރިފުޅުވެސް ދޫކޮށްލާފަ ފިލާނެ ދުވަސް އެއީ. މާބަނޑުމީހާ ބިރުން އޭނަގެ ދަރިފުޅު ބައިގެންދާނެ ނުވަތަ ދަރިފުޅު އޭނަގެ ރަޙިމުން ބޭރުވާނެ ދުވަސް އެއީ. އެދުވަހުގެ ބިރުވެރިކަމުގެ ވާހަކަ ނަބިއްޔާ ﷺ ދެންނެވީމާ ޢައިޝާގެފާނު ކުރެއްވި ސުވާލަކުން އަހަރުމެންނަށް އިނގޭ ބިރުވެރިކަން ހުންނާނެވަރު، އެދުވަހުގައި މީހުން ފޭރާމެއްނެތި ތިބޭއިރުވެސް އެދުވަހުގެ ބިރުވެރިކަމުން އެއްބަޔަކު އަނެއްބަޔަކަށް ނުބަލާނެއޭ، ބިރުވެރިކަމުން، އެއީ ބިރުވެރިކަން ހުންނާނެ ވަރު. މާނައަކީ އިންސާނާގެ ޠޮބީޢަތުގަ ހުންނަ ކަންކަންވެސް، އިންސާނާ ކުރާހިތްވާ ކަންކަންވެސް، އެދުވަހުގަ އޭނައަކަށް އެއްވެސް ފުރުޞަތެއް އޭގެން ކަމަކަށް ނޯންނާނޭ އޭނަގެއަމިއްލަ ނަފްސަށް އެވާ ބިރުވެތިކަން ފިޔަވާ. އެކަމާމެދު އޭނަ ކަންބޮޑުވެގެން އުޅޭނީ، އިނގޭ!ދެންހަމަ އެގޮތަށް ހިތް ބިރުވެތި ކުރެވޭނެގޮތެއް އެއީ، ދަރުސްތަކާ ވަޢުޛުތަކާ ނަސޭޙަތްތަކާ، އެއްކަލަ ހިތަށް ސޮފްޓުކަން ނުވަތަ ހިތަށް (މީ) ހިތް މަޑުމޮޅިކޮށް މަޑުމައިތިރި ކުރާ ކަހަލަ ވާހަކަތަކާ ދަރުސްތަކާ (މީ) ވަޢުޛު ނަސޭޙަތްތައް އަޑުއެހުމަކީ، އިނގޭ! މީއީ ޢާއްމު ގޮތެއްގައި الله سبْحَانهُ وَتَعالَى އާ މެދު މީހާގެ ހިތުގައި ބިރުވެތިކަން އުފެދޭނެ ކަންކަމަކީ. އެހެންވީމަ މީގެތެރެއިންވެސް އެއްމެ ބޮޑު ކަމަކީ الله سبْحَانهُ وَتَعالَى އާމެދު ނުވަތަ الله سبْحَانهُ وَتَعالَى އޭނާ މަޢުރިފާކޮށް ދެނެގަތުން. ﷲ އެއީ ކޮން އިލާހެއްކަމާ ﷲ ގެ ނަންފުޅުތަކާ ސިފަފުޅުތަކާ (ނަންފުޅުތަކާ ސިފަފުޅުތަކާ). އެހެންވީމަ ﷲ އެނގުން ބޮޑުވިވަރަކަށް މީހެއްގެ ބިރުވެތިކަން ބޮޑުވާނެ. ﷲ އާ މެދު އޭނަ ޖާހިލުވެފަ ވީވަރަކަށް ނުވަތަ ﷲ އާމެދު އޭނައަށް ޢިލްމެއް ލިބިގެން ނުވީވަރަކަށް ނުވަތަ ﷲ އާމެދު ލިބިގެންވާ ޢިލްމު މަދުވިވަރަކަށް އޭނަގެ ބިރުވެތިކަން މަދުވާނެ.
ބިރުވެތިކަން އިތުރުކޮށްދޭ އެއްޗަކީ ޢިލްމު. (ބިރުވެތިކަން އިތުރުކޮށްދޭއެއްޗަކީ ޢިލްމު) އެހެންވީމަ ﷲ ތަޢާލާ ޤުރުއާނުގަވެސް ވަޙީކުރައްވަނީ "إنَّمَا يَخْشَ اللهَ مِنْ عِبَادِهِ الْعُلَماءُ " الله سبْحَانهُ وَتَعالَى ގެ އަޅުތަކުންކުރެ ﷲ އަށް އެއްމެބޮޑަށް ބިރުވެތިވާކަން ކަށަވަރުވީ ޢިލްމުގެ އަހުލުވެރިންނެވެ. އޭގެ މާނައަކީ ޢިލްމު އެނގޭ މީހުންނެވެ. (ޢިލްމު އެނގޭ މީހުންނެވެ). އެހެންވީމަ މި ބިރުވެތިކަން އުފައްދަންޏާ އަހަރުމެން ޖެހޭ މި ޢިލްމު އުނގެނެން، ﷲ އާ ބެހޭ ޢިލްމު، الله سبْحَانهُ وَتَعالَى ނަންފުޅުތައް، الله سبْحَانهُ وَتَعالَى ގެ ސިފަފުޅުތައް، އޭރުން ހިތަށް ބިރުވެރިކަން ވަންނާނެ.
މަސްދަރު: ނަޞޭޙަތް