ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ހިތްހަމަޖެހުން އިތުރުވާނެ ގޮތް-: ޝައިޚާ ޑރ. ހައިފާ ޔޫނިސް

ކިޔުމަށް ހޭދަވާނީ 3މ
ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ހިތްހަމަޖެހުން އިތުރުވާނެ ގޮތް-: ޝައިޚާ ޑރ. ހައިފާ ޔޫނިސް

ޢާއިޝަތު ރަފާޙް ޢަލީ


ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައިވަނީ "ﷲ ހަނދުމަކުރާށެވެ. ﷲ ތަޢާލާ ގިނަގިނައިން ހަނދުމަކުރާށެވެ." ކީއްވެގެންތޯ؟ މިއީ ޢަޖައިބުވެގެންވާ ކަމެކެވެ. ސުބުޙާނަﷲ...  

އަހަރެމެން އެންމެން ވިސްނަމާ ހިންގަވާށެވެ. އަހަރެމެން ވިސްނާލުމުން މިކަން އެނގިގެންދާނެއެވެ. ކީއްވެގެންތޯ އަހަރެން ﷲ ހަނދުމަކުރަން ޖެހެނީ، އަހަރެން ބިރުން ހުރެ، އަހަރެންގެ ކުރިމަތީގައި ހުރި މީހާ ކުރާނެ ކަމެއް ނޭނގޭ ޙަލުގައިވެސް، އަދި ޔަޤީނުންވެސް ޣައްޒާގެ މީހުންނަށް ބަލާއިރު، ބޭރުން ފެންނަ ކޮންމެ ކަމަކުންވެސް ދައްކަނީ އެއްވެސް ފުރުޞަތެއް ނެތްކަމެވެ، ދެއްތޯ؟  

އެހެންނަމަވެސް އަހަރެން ﷲ ހަނދުމަކުރަން ޖެހެނީ ކީއްވެގެންތޯ ؟ "އޭ ތިޔަ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ސާބިތުވެ ތިބޭށެވެ، އަދި ﷲ ގިނަގިނައިން ހަނދުމަކުރާށެވެ، ތިޔަބައިމީހުންނަށް ކާމިޔާބު ލިބުމަށްޓަކައެވެ."

މިހާރު ދެން މިހެން ދަންނަވަމާ ހިންގަވާށެވެ. އަހަރެން މި ސުވާލު އަނބުރާލައިފިއ  ދެއްތޯ؟ "ތިޔަބައިމީހުން ކާމިޔާބުވާނެއެވެ." އަހަރެން ޤުރުއާނުގެ ބަހުރުވައަށް ބަލައިލާއިރު، "ތިޔަބައިމީހުން ކާމިޔާބުވެދާނެއެވެ" މިހެން ނޫނެވެ. ޤުރުއާނުގައި އަންގަވާފައިވަނީ "ތިޔަބައިމީހުން ކާމިޔާބުވާނެއެވެ." މިއީ ޔަޤީން ކަމެކެވެ.
ދެން ސުވާލަކީ، ޛިކުރަކީ ކޮބައިތޯއެވެ؟ ތިބާ އެހެން މީހުންނަށް ޤަބޫލުކުރުވާ ދެއްވާށެވެ. ތިބާ "ސުބުޙާނަﷲ، އަސްތަޣުފިރުﷲ، ޔާ ރައްބީ، ކިޔައިގެން ސާބިތުވެ ހުންނާށެވެ. ޙަޤީޤަތުގައި ކީއްވެތޯ؟ ﷲއަކީ އަޅުގަނޑުމެން ޚަލްޤުކުރެއްވި ފަރާތެވެ. ހަމަކަށަވަރުން ﷲ ހަނދުމަކުރުމުން ހިތްތަކަށް ހަމަޖެހުން ލިބެއެވެ.

ތިބާ ބިރުގަންނަ ނުވަތަ ކަންބޮޑުވާ ނުވަތަ ޔަޤީންކަން ނެތް ނުވަތަ ކަންބޮޑުވުން އިޙްސާސްކުރާ ނުވަތަ ހިތްހަމަނުޖެހޭ ކޮންމެ ކަމެއްގައި، ﷲ ހަނދުމަކުރުމާމެދު އިމާމު ޤުރުޠުބީ ވިދާޅުވާ އަންނަނިވި ބަސްފުޅު އަހަރެން ވަރަށް ލޯބިވެއެވެ. އަހަރެން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެކަން ފާހަގަކުރަމެވެ.

އެބޭފުޅާ ވިދާޅުވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ޛިކުރު، ﷲ ހަނދުމަކުރުން، ކޮންމެ ބަހެއް - "ޔާ ﷲ، ސުބުޙާނަﷲ، އަސްތަޣުފިރުﷲ" – ތިބާ އެބަސްތައް ބޭނުންކުރާށެވެ. އެންމެ ފުރަތަމަ ކަމަކީ، އެބޭފުޅާ ވިދާޅުވަނީ އަހަރެން ނުވަތަ ތިބާ ބިރުގަންނަ ނުވަތަ ކަންބޮޑުވާ ހިނދު، ބިރުގަންނަނީ އަހަރެންގެ ހަށިގަނޑުގެ ކޮން ބައެއްތޯ؟ އެއީ ހިތެވެ. އަދި މިއީ ޙަޤީޤަތުގައިވެސް ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތެވެ: ﷲ ހަނދުމަކުރުމުން ޢާންމުކޮށް ހިތް ހަމަޖަމަޖެހުމަށް އެހީތެރިވެދެއެވެ. އެއީ "ހަމަކަށަވަރުން ﷲ ހަނދުމަކުރުމުން ހިތްތައް ހަމަޖެހުން ލިބެއެވެ" މި އާޔަތުގެ ސަބަބުންނެވެ. 

ﷲ ތަޢާލާ ރަޢްދު ސޫރަތުގެ 28 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾‏

މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ (28)"

 

- ޝައިޚާ ޑރ. ހައިފާ ޔޫނިސް



މިއަދު އޮންލައިން