ޢަލީ އިޙްޞާން ފިރާޤް
އަނބިއަނބިކަނބަލުންނާއި ބޭފުޅުން:
އަލްޙާފިޡު އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. سليمان عليه السّلام އަށް އަރަހުށި މާތް الله އެއްހާސް އަނބިން ދެއްވިއެވެ. އެކަލޭގެފާނުގެ ހަތްސަތޭކަ މަހުރިއްޔާއިންނާއި، ތިންސަތޭކަ ސުއްރިއްޔާއިން ތިއްބެވިއެވެ. އަދި داود عليه السّلام ގެ ސަތޭކަ އަނބިކަނބަލުން ތިއްބެވިއެވެ. އެއަނބިކަނބަލުންގެ ތެރޭގައި ސުލައިމާނުގެފާނުގެ މައިކަނބަލުންނެވެ. ދާވުދުގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގަތީ ފިތުނައިގެ ފަހުންނެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 317}
داود عليه السّلام ގެ ބޭފުޅުންގެ ތެރެއިން އެންމެ މަޝްހޫރުބޭކަލަކީ سليمان عليه السّلام އެވެ. އެކަލޭގެފާނަކީ ނަބިއްޔެކެވެ. ދުވަހަކު އެއްވެސް އިންސާނަކަށް ނުދެއްވާވަރުގެ ބާރުގަދަ ރަސްކަމެއްދެއްވި ބޭކަލެކެވެ.
(ދާވޫދުގެފާނުގެ ސިޔަރަތު ވާނީ ކުރިންވެސް ގެނެސްދެވިފައެވެ. އަލުން މިގެނެސްދެނީ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންގެ ސިޔަރަތު ކިޔުމުން ލިބޭ ފައިދާތައް ގިނަވެފައި ކުރިން ވިދާޅުނުވާ ބޭފުޅުންނަށްވެސް އެކަމުން ފައިދާތަކެއް ކުރާނެތީއެވެ.)