ކައިވެނިކޮށްފިނަމަ ކުރަންޖެހޭނެ ޚަރަދުތައް ބޮޑުވާނެކަމަށް ހީކުރާ މީހުންގެ ޚަރަދުތައް މިހާރުވެސް އެތައް ގުނައެއް އިތުރަށް ބޮޑުވާނެ! ދެވޭނީވެސް ނަރަކައާ ގާތްވެވެމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ކައިވެނިކޮށްފިނަމަ ކުރަންޖެހޭނެ ޚަރަދުތައް ބޮޑުވާނެކަމަށް ހީކުރާ މީހުންގެ ޚަރަދުތައް މިހާރުވެސް އެތައް ގުނައެއް އިތުރަށް ބޮޑުވާނެ! ދެވޭނީވެސް ނަރަކައާ ގާތްވެވެމުން!

އެއީ މަދު ބައަކުނަމަވެސް ކައިވެނިކޮށްފިނަމަ ކުރަންޖެހޭ ޚަރަދުތައް ބޮޑުވެދާނެކަމަށް ވިސްނައި  ކައިވެނިނުކުރަންތިބޭ ބައަކުވެސް ތިބެއެވެ. އެހެންވެ އަހުރެން ފުރަތަމަ މިބަލައިލަނީ ދުނިޔަނީ ނަޒަރަކުންނެވެ. އެމީހުންގެ ވިސްނުމަކީ ދެކޮޅުޖެހޭ ވިސްނުމެއް ނޫންކަން ޘާބިތުވާ ކަންކަމެވެ.  

އަހުރެންގެ ފުރަތަމަ ސުވާލަކީ ކައިވެނިނުކުރިއްޔާ ތިމާއަށް ލިބޭ ހުރިހާ އާމްދަނީއެއް އެކައުންޓަށް ޖަމާކުރެވޭހެއްޔެވެ؟ އެއިން ހަމަ އެއްވެސް ޚަރަދެއް ކުރަން ނުޖެހެނީހެއްޔެވެ؟  

ދެން ކުރަން އޮތް ސުވާލަކީ އެކައުންޓުގައި ކިތަންމެ ގިނަ ޢަދަދަކަށް ފައިސާހުރުމަކީ އަންތބެއްގެ ކިބައިން ލިބޭނެ އުފާތައް ލިބޭނެ ސަބަބެއް ހެއްޔެވެ؟ ތިބާއަށް ބޭނުންވާ ހުރިހާ ކަންކަން އެފައިސާތައް ކޮށްދޭނެ ހެއްޔެވެ؟  

ޖަވާބަކީ އާނއެކެވެ ކަމަށްވާނަމަ ފުރަތަމަ ކަމަކަށް ތިބާއަށް ކުރެވޭނީ ޙަރާމް ކަންތައްތަކެވެ. އަދިކީއްހެއްޔެވެ؟ އެޙަޜާމްކަންކަން ކުރެވޭނީ މާގިނަ ފައިސާ ޚަރަދުކޮށްގެންނެވެ. ނިކަން ބުނެބަލާށެވެ! ތިބާއަކީ ބިލިއަނަރަކަށްވީނަމަވެސް ތިބާގެ ކިބައިން ފައިދާތަކެއް ޙާޞިލްނުވާނަމަ ތިބާއަށް އެއްވެސް ކަމެއްކޮށްދޭނެ މީހަކު އުޅޭނެ ހެއްޔެވެ؟ އެފަދަ މީހަކު ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ ސަބަބަކީ ހިލޭ ސާބަހަށް މީހާގެ ބޭނުންތައް ފުއްދައިދޭ މީހަކުނަމަ ކޮންމެހެން ބިލިއަނަރެއްގެ ބޭނުންތައް ފުއްދައިދޭންވީ ކީއްވެގެންހެއްޔެވެ؟ އެންމެ ފަޤީރު މީހާގެ ބޭނުންތައްވެސް ފުއްދައިދޭންވީ ނޫންހެއްޔެވެ؟ 

ޚުލާޞާއަކީ އަތުން ޚަރަދުކުރަންޖެހޭނެތީ ކައިވެނި ނުކުރަން ހުރުމަކީ ކުރެވޭނެ އެންމެ ނުބައި އެއްކަންތަކެވެ. ސަބަބުތައް މިބަޔާންކުރީއެވެ. އަދި ކީއްހެއްޔެވެ؟ ކައިވެނި ނުކުރި ނަމަވެސް އެމީހެއްގެ އަތުން ޚަރަދުތަކެއްވެސް ކުރެވޭނެއެވެ. ޚަރަދުކުރެވޭނީ ޙަރާމް ގޮތުގައެވެ. ޙަޜާމް ކަންކަން ކުރުމަށެވެ. ވީމާ އަތުން ފައިސާ ޚަރަދުވެ އަދި ފާފަވެރިވުން ނޫންކަމެއް އެބަވޭހެއްޔެވެ؟ މީގެ އިތުރުން އެކަންކަމުގެ ސަބަބުން އެމީހަކަށް ލިބޭމިންވަރު މަދުވެގެން ދިއުމަކީވެސް ކުރަންޖެހޭ ތަޖުރިބާއެކެވެ.  

މިފަދަ މީހުންގެ މިޘާލަކީ ޚަރަދު ބޮޑުވާނެތީ، ތިމާ ކާން ބޭނުންވާ ތަކެތި ކައްކަން ބޭނުންވާ އެއްޗެތި ގަނެގެން ގެއަށް ނުގެންގޮސް ރެސްޓޯރަންޓްތަކަށް އަރައި އެތަކެތި ކާމީހުންގެ މިޘާލެކެވެ. ކައިގެން ރެސްޓޯރަންޓުން ނުކުމެވޭނީ ގޭގައި ކެއްކި ނަމަ ގޭގެ އެންމެންނަށް 3 ފަހަރު ކެވޭނެ ވަރަށްވުރެ ބޮޑު ހޭދައެއް ކޮށްފައެވެ. އަދި އެވަރުންވެސް ހިތްފުރޭވަރަށް ނުވެސް ކެވިއެވެ.  

ދެން މިކަމުގައި ބަލައިމިލަނީ ދީނީ ނަޒަރަކުންނެވެ. ދީނުގައި އޮތީ ކައިވެނިކުރަން ޝަރުޠު ހަމަވެއްޖެނަމަ ވީހާ އަވަހަކަށް ކައިވެނިކުރުމެވެ. ޝަރުޠު ހަމަވުމަކީ އަނބިމީހާގެ ކަންކަން ބެލެހެއްޓޭނެ ޤާބިލުކަން ތިމާއަށް ލިބުމެވެ. ތަނަވަސްކަން އިތުރުވެ މަހުޖަނަކަށްވަންދެން ކައިވެނިނުކޮށް މަޑުކުރާކަށް ނެތެވެ. 

ފުރިހަމަ މުސްލިމުންގެ ސިފައަކަށްވާންޖެހޭނީ އެކަމަކަށް އަވަސްވެގަތުމަށް އަންގަވާފައިވާ ކަންކަން ކުރުމަށް އަވަސްވެގަތުމެވެ.  

ކައިވެނިކުރަން އަވަސްވެގަތުމުން ކުރާނެ ފައިދާ ޢާއި ލަސްކުރުމުން ލިބޭނެ ގެއްލުން ކުރިން ކިޔައިދެވިއްޖެއެވެ. ވީމާ އެވަރުން ފެދޭނެ ކަމަށް އުންމީދުކުރަމެވެ. މިހުރީ އަހުރެމެން ކޮންމެ މީހަކުވެސް ވިސްނައިލަންވީ ކަންކަމެވެ. ޚާއްޞަކޮށް ދަހި މީހުން ބޮޑަށް ވިސްނަންވީ ކަންކަމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

 

 

މިއަދު އޮންލައިން