ބަންގިއަށް ޢިޖާބަދިނުމުން ކުރާނެ އެންމެ ބޮޑު ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ބަންގިއަށް ޢިޖާބަދިނުމުން ކުރާނެ އެންމެ ބޮޑު ފައިދާ-

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް އޮންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފާފަކުރެވުން ހުއްޓައިނުލެވި ފާފަކުރެވޭ ކަމެވެ.  

މިކަން މިގޮތަށް މެދުވެރިވާން ދިމާވާ އެއް ސަބަބަކީ ފާފަކުރަން ދެވިހިފުމެވެ. އެހާލަތު މެދުވެރިވަނީވެސް ހަމަ ތިބާގެ ސަބަބުންނެވެ. ކުރެވޭ ފާފަތައް ގިނަވަނީއެވެ. މިކުރެވެނީ ކުދި ފާފަތަކެއް ކަމަށް ބަލައި ފަރުވާކުޑަކުރެވެނީއެވެ.  

ކުރެވޭ ކޮންމެ ފާފައަކަށް ހިތުގައި ކަޅު ފާހަގައެއް ޖައްސަވައެވެ. ތައުބާވުމުން ފުއްސަވައި ދެއްވަވަތެވެ. މިވާގޮތަކީ ތައުބާ ނުވެވޭތީ ކަޅުލައްތައް ގިނަވެ މުޅި ހިތް ކަޅުފާހަގަތަކުން ފުރެނީއެވެ. އެހިސާބުން އެމީހާގެ ހިތުގައި ނުބައިކަމުގެ ސިއްކަ ޖައްސަވަނީއެވެ. އެއިރުން ކިތަންމެ ގިނައިން ފާފަކުރަންވެސް، ކިތަންމެ ބޮޑު ފާފައެއްކުރަންވެސް އެމީހަކު އެއްވެސް ވަރަކަށް ބިރެއް ނުގަންނާނެއެވެ.  

ސުވާލަކީ ޙައްލަކީ ކޮބައިހެއްޔެވެ؟  

ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ ބަންގިއަށް ފުރިހަމަ ގޮތުގައި ޢިޖާބަދިނުމެވެ. އަދި މިބުނަނީ ހަަމއެކަނި ނަމާދުކުރާ ވާހަކައެއް ނޫނެވެ. ބަންގީގެ ގޮވައިލުމަށް ޢިޖާބަދޭ ވާހަކައެވެ. حيَّ على الصلاة   އަދި حيَّ على الفلاح ގޮވައިލެވުމުން ޖަވާބުގައި "لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ" ކިޔާށެވެ! 

އެހެނީ ކޮންމެ އަޅުކަމެއްވެސް ކުރެވޭނީ އެކަމަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. އަހަރެމެންނަކީ އެއްވެސް ކަމެއް ކުރަން އެއްވެސް ބާރެއް ލިބިގެންވާ ބައެއް ނޫނެވެ. ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.  

ފުރިހަމަ ގޮތުގައި ނަމާދު ނުކުރެވިގެން މިއުޅޭ އެއް ސަބަބަކީވެސް ބަންގިއަށް މިފަދައިން ޢިޖާބަ ނުދެވޭތީއެވެ! ފުރިހަމަ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތުން ވާގި ނޭދެވޭތީއެވެ. ވީމާ ފާފަކުރެވޭ މީހާވެސް ތައުބާވެ ބަންގިއަށް ޢިޖާބްދޭން ފެށުމުން އޭނާއަށް ފުރިހަމަގޮތުގައި ނަމާދުކުރެވެން ފަށާނެއެވެ. އެހިށާބުން ފާފަކުރުމާއި ދުރަށްދެވެންފަށާނެއެވެ. ފާފަކުރަން ބިރުގަންނަން ފަސާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން