ކޮންމެ ތަނެއްގައި ހުރެ ބަލައިލިޔަސް ފައުޅުކަން ބޮޑު ގޮތެއްގައި ލޮލަށް މިއަދު މިފެންނަ ޤިޔާމަތްވުން ދާދިގާތްވެއްޖެކަމުގެ ޢަލާމާތްތަކާއިމެދު އެބަވިސްނައިލެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކޮންމެ ތަނެއްގައި ހުރެ ބަލައިލިޔަސް ފައުޅުކަން ބޮޑު ގޮތެއްގައި ލޮލަށް މިއަދު މިފެންނަ ޤިޔާމަތްވުން ދާދިގާތްވެއްޖެކަމުގެ ޢަލާމާތްތަކާއިމެދު އެބަވިސްނައިލެވޭތަ؟

ދުނިޔޭގެ ކޮންމެ ހިސާބެއްގައި އޮތް ކޮން ސަރަޙައްދެއްގައިނަމަވެސް ހުއްޓިހުރެ ބަލާލައިފިނަމަ ފެންނަ މަންޒަރުތަކާއި ޢާއިލީ ދިރިއުޅުމުގެ ކަންކަމަށް ބަލައިލުމުން ފެންނަ ކަންކަމާއި މިފަދަ ހުރިހާ ކަމަކަށް ނުވިސްނައި ތިބެވޭކަށް ނެތެވެ. ސަބަބަކީ ގިނައިން މިފެންނަ މަންޒަރުތަކަކީ އަލިފާނުގެ ރާޅުތަކެއް އަހުރެމެން ވަށާލައި ނަރަކައާއި ދިމާއަށް ލަވަމުން ގެންދާ ފަދަ މަންޒަރުތަކެވެ.  

އެކަމަކީ ޤިޔާމަތްވުމުގެ އެންމެ ފަހުވަޤުތުގައިވެސް ސިފަވެގެންދާނެކަމެކެވެ. މީސްތަކުންނަށް އެދުވަހު ނުފެންނާނީ ނަރަކައެވެ. ނަމަވެސް އަލިފާނުގެ ރާޅެއް ނުވަތަ އަލިފާންގަނޑެއް ދުނިޔޭގައި އެއިރު ތިބި އެންމެންގެ ވަށާލައި އެއްތަނަކަށް އެއްކުރުވާނެއެވެ. މިކަމުގެ ތަފްޞީލަށް އެހެން ރެއަކު ބަލައިލާނަމެވެ. އިން ޝާ ﷲ  

މީސްތަކުންނޭވެ! އަނބިންގެ ބަހަށް ހެއްލި މައިންނަށް އަނިޔާވެރިވުމާއި މައިމީހާގެ ބަހަށް ހެއްލި އަނބިންނަށް އަނިޔާވެރިވުމާއި އެކުވެރިންނަށްވުރެ ބައްޕައިން ދުރުކޮށްލުން ފަދަ ކަންކަން ހިނގާނެ ދުވަސް އަންނާނެ ކަމާއި އެއީ ޤިޔާމަތްވުން ގާތްވެއްޖެ ކަމުގެ ޢަލާމާތްތަކުގެ ތެރެއިން ހިމެނޭ ކަންކަން އެނގެން އެބައޮތެވެ.   

އަދި ކީއްހެއްޔެވެ؟ އެއްޖިންސުން ގުޅުން ހިންގުން ޢާންމުވުމާއި ފާޙިޝް ޢަމަލުތައް ކުރުން ޢާންމުވުމާއި ފިރިހެނުން އަންހެނުންފަދައިން ހެދުންލުމާއި އަންހެނުން ފިރިހެނުން ފަދައިން ހެދުންލުމާއި ހޯދުނު ގޮތަކުން ފައިސާ ހޯދަން ބޭނުންވުން ފަދަ ކަންކަމަކީވެސް ހަމަ ޤިޔާމަތްވުން ކައިރިވެއްޖެ ކަމުގެ ޢަލާމާތްތަކެވެ.  

އަދި ފޭރާންލީ ނަމަވެސް ހަށިގަނޑު ނިވާނުކުރާ އަންހެނުން ގިނަވުމާއި ކައިވެނީގެ އަގެއް ނެތުމާއި ވަރިގިނަވުމާއި ކުއްލިމަރުވުން ގިނަވުމަކީވެސް ހަމަ ޤިޔާމަތްވުން ކައިރިވެއްޖެ ކަމުގެ ޢަލާމާތްތަކެވެ.  

މިފަދަ އެތައް ޢަލާމާތްތަކެއް ޢާންމުވެފައިވާއިރުވެސް އެކަންކަމަށް ވިސްނައިލެވޭހެއްޔެވެ؟ ކަންބޮޑުވާންވީ ޤިޔާމަތްވުން ކައިރިވާތީއެއް ނޫނެވެ. އެކަމަކަށް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ނަމަވެސް އަހުރެމެންނަށް ކުރެވޭނެ ކަމެއް އެބަ އެބައޮތެވެ. އެއީ މިފަދަ ޒަމާނެއްގައި ހޭލުންތެރިކަން އިތުރުކޮށް ދީނުގައި ޘާބިތުވެ ހުންނަން މަސައްކަތްކުރުމެވެ. ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ.  

އެއްވެސް ޒަމާނެއްގައި މީސްތަކުންނަށް އަންނަ ބަދަލުތައް ހުއްޓުވޭނެ މީހަކު ނުހުންނާނެއެވެ. ނަމަވެސް އަމިއްލަ ނަފްސް ރައްކައުތެރިކުރުވިދާނެއެވެ. ތިމާއަކީ ޙަރާމް ކަންކަން ނުކޮށް ހުންނަން މަސައްކަތްކުރާ މީހަކަށްވެވިދާނެއެވެ. އެއިރުން އެމީހަކަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން