އުފާވެރިކަމާ ކުރިއެރުމާ ބުންވަރާ ހަކަތަ ހޯދަންވެސް ކުރަން އޮތް ޢަމަލު-: ޝައިޚް މުޙައްމަދު ބާޖޫރު

ކިޔުމަށް ހޭދަވާނީ 1މ 4ސ
އުފާވެރިކަމާ ކުރިއެރުމާ ބުންވަރާ ހަކަތަ ހޯދަންވެސް ކުރަން އޮތް ޢަމަލު-: ޝައިޚް މުޙައްމަދު ބާޖޫރު

ޢާއިޝަރު ރަފާޙް ޢަލީ

 

އިސްތިޣުފާރުގެ މަތިވެރިކަން ދެނެގަތުމާއެކު، އަޅުގަނޑުމެން އެންމެން ވެސް މި މުހިންމު ޢަމަލު އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަސާސީ ބައެއްގެ ގޮތުގައި ހިމަނަން ޖެހެއެވެ. އިސްތިޣުފާރުގެ ސަބަބުން އަޅުގަނޑުމެންގެ ރޫޙާނީ އަދި ދުނިޔަވީ ދިރިއުޅުމަށް ލިބޭނެ ފައިދާތައް ވަރަށް ގިނައެވެ. 

އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގައި ވެސް، ކުދި ކުދި ވަގުތުތަކުގައި ނަމަވެސް، އިސްތިޣުފާރު ކުރުމަށް ވަގުތު ހޯދަން ޖެހެއެވެ. މިސާލަކަށް، ފަތިހު ނިދިން ހޭލާއިރު، ނިދަން އޮށޯންނައިރު، ކާރުގައި ދަތުރުކުރާއިރު، ނުވަތަ މަސައްކަތުގެ ހުސްވަގުތުކޮޅުގައި އިސްތިޣުފާރު ކުރެވިދާނެއެވެ. 

އިސްތިޣުފާރު ކުރުމަކީ އަޅުގަނޑުމެންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ، އަދި އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ދޭ ޢަމަލެކެވެ. އެހެންކަމުން، އަޅުގަނޑުމެން އެންމެން ވެސް މި މަތިވެރި ސުންނަތް ދިރުވައި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަން ޖެހެއެވެ. 

އަޅުގަނޑު ތިޔަ އެންމެންދެކެ ﷲ އަށްޓަކައި ލޯބިވަމެވެ. އަދި އެދެނީ ﷲ ތިޔަ އެންމެންނަށް ހެޔޮ ތައުފީޤު ދެއްވައި، އިސްތިޣުފާރުގެ ބަރަކާތުން ތިޔަ އެންމެންގެ ދިރިއުޅުން ފުރިހަމަކޮށްދެއްވުމެވެ.

 

- ޝައިޚް މުޙައްމަދު ބާޖޫރު

 

 

 

މިއަދު އޮންލައިން