ޤުރްއާން ޖަހައި އަޑުއަހަމުން ނިދުމަކީ ކުރަން ރަނގަޅު ކަމެއް!: ޝައިޚް ޢާޞިމް އަލް-ޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޤުރްއާން ޖަހައި އަޑުއަހަމުން ނިދުމަކީ ކުރަން ރަނގަޅު ކަމެއް!: ޝައިޚް ޢާޞިމް އަލް-ޙަކީމް

ޤުރްއާން ޖަހައިގެން އަޑުއަހަން އޮއްވައި ނިދުމަކީ ކުރެވޭ ކުށެއްކަމަށް ވިސްނޭ ބައަކު އުޅޭތީ އެފަދަ ބައެއް ކުރާ ސުވާލުތަކަށް ޖަވާބެއްގެ ގޮތުން މިގެނެސްދެނީ އެމައްސަލައިގައި މީހަކު ކޮށްފައިވާ ސުވާލަކާއި ޝައިޚުގެ ޖަވާބެވެ.  

ސުވާލު: އަހުރެން ޢާންމުކޮށް ނިދަނީ ޤުރްއާން އަޑުއަހަމުންނެވެ. ނިދަންއޮށޯންނަނީ ޤުރްއާން ޖަހައިފައެވެ. ނިދެނީ އަޑުއަހަން އޮއްވައެވެ. މިއީ ފާފަވެރިވާނެ ކަމެއްތޯ؟ 

ޖަވާބު: ޤުރްއާން ޖަހައި އަޑުއަހަން އޮވެ ނިދުމަކީ ޤުރައާނުގެ ޙުރަމަތް ކުޑަކުރުމުގެ ޢަމަލެއް ނޫނެވެ. ވީމާ އެކަމުގައި އެއްވެސް ގޯހެއް އޮތް ކަމަކަށް ނުވިސްނެއެވެ. އަދި އަހުރެން ބުނާނީ އެއީ ކުރަން ހަމަ ރަނގަޅު ކަމެއް ކަމަށެވެ.

މޮޅަށް ދެނެވޮޑިގެންވަނީ ﷲ

- ޝައިޚް ޢާޞިމް އަލްޙަކީމް  

ގޭގައި ޤުރްއާން ޖަހާނަމަ އަޑުއަހަންވާނެއެވެ. ސަމާލުކަން ދޭންވާނެއެވެ. ނަމަވެސް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އިސްވެ ބަޔާންކުރެވުނު ޙާލަތަކީ ތަފާތު ޙާލަތެކެވެ. އެޙާލަތު ބަދަލުވެގެންދާ އެންމެ ބޮޑު ސަބަބަކީ އޭނާއަށް ނިދެންދެން ސަމާލުކަންދީގެން އަޑުއެހިކަމެވެ. ހަމައެއާއިއެކު މިފަދަ ކަންކަން އާދަކުރަނީ ޤުރްޢާނަށް ލޯބިކުރާ މީހުން ކަމަށްވާތީއެވެ.

 

 

މިއަދު އޮންލައިން