އެންމެ ގިނަ ބައެއްގެ ފުރާނައަށް ގެއްލުންދޭ 4 ދުޝްމިނުންނަކީ ކޮބައިކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެންމެ ގިނަ ބައެއްގެ ފުރާނައަށް ގެއްލުންދޭ 4 ދުޝްމިނުންނަކީ ކޮބައިކަން އެނގޭތަ؟

ދުޝްމިނުން ކަމުގައި މިބުނަނީ އެހެން ބައެއްގެ ވާހަކައެއް ނޫނެވެ. ދިރިއުޅުމުގައި ފަރުވާ ކުޑަކޮށްލައިފިނަމަ ނުއެނގި ހުއްޓާ ފުރާނައަށް ގެއްލުންދޭ ބައެއް ޢާދަތަކުގެ ވާހަކައެވެ. އެއީ ތިބާގެ އިހްމާލުން ތިބާއާއިއެކު ތިބާ ގެންގުޅޭ ދުޝްމިނުންނެވެ. އެގޮތުން ފާހަގަކޮށްމިލަނީ 4 ކަމެކެވެ.  

ފުރަތަމަ ކަމަކީ ކެއުމުގެ ވަޤުތަށާއި ކާއަދަދަށް ސަމާލުކަން ނުދީ ކެއުމެވެ. 

ގިނަ މީހުން މިހާރު ކައިބޮއި ހަދަނީ އެމީހުންނަށް އެކަންކުރަން ފަސޭހަވަޤުތަކުއެވެ. އެދެމެދުގެ ވަޤުތުތައް ފޫބައްދަން ކުރާ ކަމަކީ ކުދކުދި ލުއިކާނާ ކެއުމެވެ. އަދި އެގޮތަށް ލުއިކާނާ ކެއުމަށް ވަކި ވަޤުތެއްވެސް ނުބަލައެވެ. 

ބުނަން ހެއްޔެވެ؟ މިއީ ހަމަ ހޫނު އަލިފާން ގޮހޮރުގައި ޖައްސައި އަންދައިލުން ފަދަ ކަމެކެވެ. އެގޮތަށް ކެއިން ބުއިން ގެންގުޅޭ މީހުން ބަނޑުގައި ރިއްސާތީ، މެއިން ދިލަނަގާތީ، ވައިބޭރުވާތީ، މޭގައި ރިއްސާތީ ޝަކުވާކުރުމުގެ ބޭނުމެއް ނެތެވެ. 

ދެވަނަ ކަމަކީ ޤަވާޢިދުން ކަސްރަތު ނުކުރުމެވެ. 

ޤަވާއިދުން ކަސްރަތު ނުކުރެވޭނަމަ ކުރިމަތިވާ ޞިއްޙީ މައްސަލަތަކަށް ހޭލުންތެރިވެ ކޮންމެވެސް ބައަކު މިހާރު ކަސްރަތުކުރެއެވެ. ނަމަވެސް އާބާދީގެ ނިޞްބަތުން ބަލައިފިނަމަ އެކަށީގެންވާވަރާއި ގާތްކުރާ ޢަދަދެއްގެ މީހުންވެސް ޤަވާޢިދުން ކަސްރަތެއް ނުކުރެއެވެ. 

އެނގޭ ހެއްޔެވެ؟ ބައެއް މީހުން ސިފަކުރާގޮތުގައި ކަސްރަތުނުކުރުމަކީ ހިތުގެ ވިންދުޖެހުން ހުއްޓުވާލަން ދެވޭ ޙަމަލާއެއް ފަދަ ކަމެކެވެ. 

ތިންވަނަކަމެއްގެ ގޮތުން ބުނެލަން ޖެހެނީ އަބަދު ހާސްވެ ކަންބޮޑުވެފައި ހުރިމަކީ މަޑުމަޑުމަޑުންގޮސް މީހާގެ ފުރާނަ ދުއްވައިލާ ކަމެކެވެ. 

ހަތަރުވަނަކެމެއްގެ ގޮތުން ބުނެލަން ޖެހެނީ ދުންފަތުގެ އިސްތިޢްމާލް ކުރުމާއި ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމަކީ ފުރާނައިގައި ކަފަބަނދެފައި އެއިގައި އަލިފާންޖެއްސުން ފަދަ ކަމެކެވެ. އިސާހިތަކު މީހާ އަނދައިގެން ހިނގައިދާނެއެވެ. 

ވީމާ މިކަންކަމަށް ސަމާލުކަންދީގެން އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެންމެ މުހިންމު ކަމަކީ ފުރާނަ ސަލާމަތްކުރުން ކަމުގައިވާތީއެވެ.

 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން