ދެމަފިރިން ދުރުކުރަން ސެލޫނުން އިސްތަށި ވަގަށްނަގައިގެން ސިޙުރުހެދި އެންމެގާތް އެކުވެރިޔާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ދެމަފިރިން ދުރުކުރަން ސެލޫނުން އިސްތަށި ވަގަށްނަގައިގެން ސިޙުރުހެދި އެންމެގާތް އެކުވެރިޔާގެ ވާހަކަ-

އިސްތަށި ބޭނުންކޮށްގެން ސިޙުރުހަދާ ވާހަކަ އަޑުއަހަމެވެ. އެކަމަކު އެކަމަކަށް އެހައި ބޮޑަކަށް ސަމާލުކަމެއް ނުދެމެއެވެ. އެހެން އުޅެނިކޮށް ކުއްލިއަކަށް ފިރިމީހާ ކުރިން ނުއުޅޭ ގޮތަކަށް އުޅެން ފަށައިފިއެވެ. ވަރަށް އާދޭސްކޮށްގެން ރުޤްޔާކުރާ މީހެއްގެ ގާތަށް ގެންދިއައިމެވެ.  

ކުރަންފެށި މަސައްކަތުން ކަންކަން އެނގެމުން ގޮސް އެނގިނިމުނުއިރު ދެމީހުން ދުރުކުރަން ސިޙުރުހަދާފައި ހުރީ ބޯކޮށާތަނުން އިސްތަށި ވަގަށް ނަގައިގެންނެވެ. އެކަންކުރީވެސް އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާއެވެ.  

އެކަން އެނގުނީމާ ވަރަށް ކުރުކޮށް އިސްތަށިގަނޑު ކޮށައިލީމެވެ. އެކުވެރިޔާއަށް ފެންނައިރަށް ފުރަތަމަވެސް ސުވާލުކުރީ ބޮލަށް ތިހެން ހެދީ ކީއްކުރަންހެއްޔެވެ؟ އެއޮތްރީތި އިސްތަށިގަނޑު ކޮށައިލީ ކީއްވެގެން ހެއްޔެވެ؟  

ބުނީމެވެ. "އިސްތަށި ވަގަށް ނަގައިގެން ސިޙުރުހަދާތީ ތަންކޮޅެއް މަދުން ސެލޫނަށް ދާންވެގެންނެވެ." އެހެންބުނާއިރަށް އޭނާގެ މޫނަށް އެވީގޮތް ވީޑިއޯ ނުކުރެވުީތީވެސް ދެރަވިއެވެ. ހީވީ ޒިނޭކުރުން ފަދަ ބޮޑު ފަޟީޙަތެއް ވެގެން ލަދުގަތްހެންނެވެ. މޫނަށް އެރި ޜޫތައް ނުފިލައިގެން އެތައް އިރަކު އުޅުނެވެ. އެފަހަރު ގެއިން ނުކުމެގެން ދިއަގޮތަކަށް ޚަބަރެއް ނުވެއެވެ. 

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި ވާހަކަކޮޅެކެވެ. މިކަމަކީ ކިޔުންތެރިންގެ ސަމާލުކަމަށް މިއަދުނޫހުން ގެނެސްދީފައިވާނެ ކަމެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ފިރިހެނުން ފަދައިން އަންހެނުންވެސް މިއަދު އިސްތަށިގަނޑު ކޮށަން ސެލޫންތަކަށް ދެއެވެ. ފެޝަންތަކަށް އިސްތަށިތައް ލަންބުވަންވެސް ތަންތަނަށް ގޮސްއުޅެއެވެ. މިގޮތަށް ޚިދުމަތް ހޯދަން ދިއުމުގައި ވަރަށް ބޮޑަށް ސަމާލުވެ ރައްކައުތެރިވާންޖެހޭނެ ކަންކަން އެބަހުއްޓެވެ.  

އިތުބާރުކުރެވޭ ސެލޫންތަކުން ނޫނީ ޚިދުމަތް ނުހޯދަން މިބުނަނީ އިސްތަށްޓަކީ ސިހުރުހަދަން ސިހުރުވެރިން ބޭނުންކުރާ އެއްޗަކަށްވާތީއެވެ. ވީމާ ކޮންމެ މީހަކުވެސް އިސްތަށްޓަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ.   

އަހަރެމެންގެ ލޮބުވެތި ޞާޙިބާ މުޙައްމަދު އަށްވެސް އެފަދަ ސިހުރެއް ޖެހިވަޑައިގަތެވެ. ސިހުރުވެރިއަކު އިތުރު ޞާޙިބާ ގެ އިސްތަށިފުޅެއްގައި 11 ގޮށްޖަހައިގެން ސިހުރުހެދިއެވެ. އަދި އެސިހުރު އިތުރު ޞާޙިބާ އަށް ޖެހިވަޑައިގަތެވެ.  

އެސިހުރުގެ ކަންކަން ﷲ ތަޢާލާ ރަސޫލް އަށް އެންގެވިހިނދު ޞަޙާބީއަކު ފޮނުއްވަވައިގެން އެ އިސްތަށިފުޅު ގެންނަވައި އޭގައި ޖަހާފައިވާ ގޮށްތައް މުހެލެއްވެވިއެވެ. އެކަން ކުރެއްވެވީ އަލްފަލަޤް އަދި އައްނާސް ސޫރަތް ކިޔަވާ ވިދާޅުވަމުންނެވެ. އެދެ ސޫރަތުގައިވަނީ 11 އާޔަތެވެ. ކޮންމެ ގޮށަކަށް އާޔަތެކެވެ.  

ހެނދުނާއި ހަވީރު (ފަތިސްނަމާދާއި މަޣްރިބް ނަމާދު ވަގުތު) އާޔަތުލް ކުރުސި، އަޚްލާޞް، އަލަފަލަޤް، އަދި އައްނާސް ސޫރަތް 3 ފަހަރު ކިޔަވަންވީ މިފަދަ ކަންކަމުން ރައްކައުތެރިކަން ލިބިގަތުމަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން