ކުރިމަތިވާ މައްސަލަތައް ކާމިޔާބުކަމާއެކު ޙައްލުކުރަން ބޭނުންވާނަމަ ޢަމަލުކުރަން އޮތްގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކުރިމަތިވާ މައްސަލަތައް ކާމިޔާބުކަމާއެކު ޙައްލުކުރަން ބޭނުންވާނަމަ ޢަމަލުކުރަން އޮތްގޮތް-

ފުރަތަމަ މިބުނަނީ އެންމެންވެސް ޤަބޫލުކުރާ ކަމެއްގެ ވާހަކައެވެ. އެއީ ކޮންމެ ކަމެއްވެސް ކާމިޔާބުކުރަން އެންމެ ފަސޭހަވާނީ އެކަމަކާއި ގުޅޭ ވީހައިގިނަ މަޢުލޫމާތު ލިބިގެންކަމެވެ. މަޝްހޫރު އަދި ހަރުދަނާ މީހުންގެ ދިރިއުޅުމާއިބެހޭ ގޮތުން ލިޔެފައި ހުންނަ ފޮތްތައް ގިނަބައަކު ކިޔަނީ އެހެންވެގެންނެވެ. އަހުރެން ދައްކަން މިއުޅެނީ އެފޮތެއް ކިޔައި ޢަމަލުކުރުމުން ފައިދާކުރާނެކަން ޔަޤީންވާ ފޮތުގެ ވާހަކައެވެ. 

މުސްލިމުން ނޫން މީހުންނަށް އަހުރެން ބުނެލަން އޮތް ބަހަކީ ކަލޭމެން އިސްލާމް ދީން ޤަބޫލުނުކުރި ނަމަވެސް ހަމައެކަނި އެންމެ ކަމެއްކޮށްލާށެވެ. ތަނެއްގައި ހަމަޖެހިލައިގެން އިނދެ މުހައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅުގެ މައްޗަށް ތެދުބަހުން ލިޔެފައިވާ ފޮތެއް ކިޔައިލާށެވެ. 

އެކަމުން ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އެފިލާވަޅުތައް ލިބުމުން ފުންކޮށް ވިސްނައިލާށެވެ. އެފިލާވަޅުތަކުން ތިމާ ލިބިގަންނަންވީ ފިލާވަޅުތަކާއިމެދު ވިސްނައިލާށެވެ. އަމިއްލަ ދިރިއުޅުމަށް ކުރިއެރުންތައް ލިބިގެންދާނެ އެތައް ކަމެއް ފެނިގެންދާނެއެވެ. އެކަމެއް ތިމާ ބަލައިގަތުމުން ތިމާއަށް ފައިދާ ނުކުރާނެ ހަމައެއްވެސް ކަމެއް ނުފެންނާނެއެވެ. ވަކިކަމެއް ނޫނެވެ. ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުންވެސްމެއެވެ. 

ދިރާސާތައް ކުރާމީހުން އިތުރުއެކަލޭގެފާނަށް ތަބަޢަވެ އިސްލާމްވަމުން އެދަނީ އެހެންވެގެންނެވެ. 

ދެން އޮތީ މުސްލިމުންނެވެ. އަބަދުހެން މިއުޅެންޖެހެނީ ދިރިއުޅުމުގައި ނުވަތަ އެހެންވެސް ކޮންމެވެސް ކަމެއްގައި އެތައް ބައިވަރު މައްސަލަތަކެއް ޖެހޭތީއެވެ. އެންމެ ކުޑަމިނުން ޒަވާޖީ ޙަޔާތުގައިވެސް އަބަދުވެސް މިއޮންނަނީ މައްސަލަތައް ކުރިމަތިވެފައެވެ. ޙައްލުކުރާނެ ގޮތެއް މިއުޅެނީ ނުއެނގިގެންނެވެ. 

ކުރިން މިބުނި ފަދައިން މުހައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސިޔަރަތު ކިޔާށެވެ! ކަންކަންކުރަންވީ ގޮތް އެނގިގެންދާނެއެވެ. 

އަހުރެމެންނަށް ވެގެންމިއުޅޭ ގޮތަކީ ސިޔަރަތު އުނގެނެން މަސައްކަތް ނުކުރެވެނީއެވެ. ސުންނަތާއި ދުރުހެލިވެވެނީއެވެ. ބުއްދިވެރިއަކު ނުވަތަ ޢިލްމުވެރިއަކު ބުނެފައި ހުންނަ ބަސްތަކަށް އިސްކަންދެވެނީއެވެ. 

ވިސްނައިލާށެވެ! އިންސާނުން އެހާމަކުރަނީ އެމީހުންގެ ވިސްނުމާއި ތަޖުރިބާއެވެ. މުހައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅުގެ ކޮންމެ ކަމެއް ކުރައްވަވާފައިވަނީ ﷲ ތަޢާލާ އަންގަވާ ގޮތަށެވެ. ވީމާ އިންސާނުންގެ ބަހާއި ތަޖުރިބާގައި އުނިކަން ހުރިނަމަވެސް މުހައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި އެއްވެސް އުނިކަމެއް ނުހުންނާނެއެވެ. ފެންނާނީ މުޅިންވެސް ރަނގަޅު ގޮތްތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން