މަންމަ ދަރިންނަށް ކޮށްދޭ އެންމެ ބޮޑު ހެޔޮކަންތައް- ގިނަ ދަރިން ވަޒަންނުކުރާކަން ވަރަށް ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަންމަ ދަރިންނަށް ކޮށްދޭ އެންމެ ބޮޑު ހެޔޮކަންތައް- ގިނަ ދަރިން ވަޒަންނުކުރާކަން ވަރަށް ދެރަ!

މިހާރަކަށް އައިސް މައިންނާއިމެދު ހިތްހަމަނުޖެވެމުން "މަންމަ އަހުރެންނަށް ކޮށްދެނީ ކޮންކަމެއްތޯ؟" ވެސް އެބަސުވާލުކުރެއެވެ. އެހެންވެ މިއުޅެނީ އެކަމަށް ބަހެއް ބުނެލަން ކަމަށެވެ. 

ފުރަތަމަ ކަމަކަށް ބަލިވެއިނީންސުރެ ވިހެއުމާއި އަދި އެއިގެ ފަހުން އެތައް އަހަރެއް ވަންދެން ތިބާއަށް ކުރި ޚިދުމަތުގެ ވާހަކަ ބާއްވާށެވެ! މިދައްކަނީ މަންމަ ދުނިޔޭގައި އިންހައިދުވަހަކު ތިޞާއަށް ކޮށްދޭނެ އެންމެ ބޮޑު ހެޔޮކަމުގެ ވާހަކައެވެ. 

އެކަމަކީ ތިބާގެ ވާހަކަ އެންމެ ގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެ މީހަކީ ތިބާގެ މަންމައެވެ. އެއީ ތިބާއަށް ހެޔޮރަޙުމަތް ލެއްވެވުން އެދިގެން ދުޢާކުރުމުގައެވެ. ތިބާއަށް މަސައްކަތުގައި ކުރިއަރައިދެވެނީ މަންމަގެ ދުޢާއިންނެވެ. އުފާވެރި ދިރިއުޅުމެއް ލިބެނީވެސް މަންމަގެ ދުޢާއިންނެވެ. ތިބާއަށް ތަނަވަސްކަން ލިބެނީވެސް މަންމަގެ ދުޢާއިންނެވެ. އަރާމުގައި ނިދައިލެވެނީވެސް މަންމަގެ ދުޢާއިންނެވެ. 

މީގެ މާނައަކީ ތިބާ އެއްވެސް ކަމެއް ނުކޮށް އަތްއުރާލައިގެން ހުއްޓައި މަންމަގެ ދުޢާއިން ހުރިހާ ކަންކަން ފުރިހަމަވުމެއް ނޫނެވެ. ތިބާ ކުރާ މަސައްކަތުގައި މަންމަގެ ދުޢާއިން ﷲ ތަޢާލާ ބަރަކާތް ލައްވަވާ ކަމެވެ. ދަރިންނަށްޓަކައި މައިންކުރާ ދުޢާ ޢިޖާބަކުރައްވަވާނެކަން އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އިން ޝާ ﷲ 

ވީމާ މަންމަ ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ މަންމައާއި ސުވާލުކުރުމަކީވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. އަހުރެމެންނަށް އޮތީ މައިންނަށް ހެޔޮކޮށްހިތުމެވެ. ލޯތްބާއި އަޅައިލުން ދީގެން ގެންގުޅުމެވެ.

 

- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން