ރޯދަ ދޫކުރީ ހަމައެކަނި ދަރިފުޅަށް ގެއްލުން ވެދާނެތީ ކަމަށްވާނަމަ ރޯދަ ޤަޟާ ކުރުމާއިއެކު ފިދުޔަ ދޭން ޖެހޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ރޯދަ ދޫކުރީ ހަމައެކަނި ދަރިފުޅަށް ގެއްލުން ވެދާނެތީ ކަމަށްވާނަމަ ރޯދަ ޤަޟާ ކުރުމާއިއެކު ފިދުޔަ ދޭން ޖެހޭނެ: ޑރ. އިޔާޟް

"މާބަނޑު ދުވަސްވަރު ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ ދޮކޮށްލާ ރޯދައަށް ފިދުޔަ ދޭން ޖެހޭނެތޯ؟ އަދި މީހެއްގެ ބަލި ޙާލު ހުރިގޮތުން ދޫކޮށްލާ ރޯދައަށް ފިދުޔަ ދޭން ޖެހޭނެތޯ؟" މި ދެ ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ރޯދަ ދޫކޮށްލީ ހަމައެކަނި ދަރިފުޅަށް ގެއްލުން ވެދާނެތީ ކަމަށް ވަނީނަމަ ރޯދަ ޤަޟާ ކުރުމާއިއެކު ފިދުޔަ ދޭން ޖެހޭނެ" ކަމަށެވެ.

ނަމަވެސް ރޯދަ ދޫކޮށްލީ މައިމީހާއަށް ގެއްލުން ވެދާނެތީ، ނުވަތަ ދެމައިންނަށް ގެއްލުންވެދާނެތީ ކަމަށްވަނީނަމަ ހަމަ އެކަނި (ގެއްލުނު ރޯދަ) ޤަޟާ ކުރުމުން ފުދޭނެ ކަމަށެވެ.

މިއަދު އޮންލައިން