ސީޕްލޭންގެ ދަތުރުތައް އަންނަ މަހު ވެލިދުއަށް ފަށަން މޯލްޑިވިއަނުން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސީޕްލޭންގެ ދަތުރުތައް އަންނަ މަހު ވެލިދުއަށް ފަށަން މޯލްޑިވިއަނުން ނިންމައިފި

މޯލްޑިވިއަނުން ސީޕްލޭންގެ ދަތުރުތައް ނ. ވެލިދުއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.

މިއީ ނ. އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އެ އަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކުރާ މަސައްކަތެއްކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.

މޯލްޑިވިއަނުން ވެލިދުއަށް ސީޕްލޭން ދަތުރުތައް ކުރިއަށް ގެންދާނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހުއެވެ. މި ދަތުރުތައް ފެށުމުގެ ސަބަބުން ނ. އަތޮޅުގެ ރިސޯޓުތަކަށާއި، އެ އަތޮޅަށް ދަތުރުކުރާ ދިވެހިންނަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މި ދަތުރުތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ލަފާކުރެވެއެވެ.

މި ދަތުރުތައް ފެށުމާ ގުޅިގެން، މޯލްޑިވިއަނުން ވަނީ ދިވެހިންނަށް ޚާއްސަކޮށްގެން ޕްރޮމޯޝަނަލް ފެއަރއެއް ވެސް ތަޢާރަފްކޮށްފައެވެ. އެގޮތުން، ވެލިދޫއަށް ކުރާ ދަތުރުގެ އެއްކޮޅު ޓިކެޓެއް 999 ރުފިޔާއަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިއީ ދިވެހިންނަށް ސީޕްލޭންގެ ދަތުރުތަކުގެ ތަޖުރިބާ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މޯލްޑިވިއަނުން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސީޕްލޭންގެ ހިދުމަތް ފުޅާކުރަމުންނެވެ. 

މިއަދު އޮންލައިން