ޢާއިޝަތު ރަފާޙް ޢަލީ
މީހުންނާއިމެދު ކުށްހީކުރުމެއް ނެތެވެ. ޚާއްޞަކޮާް ޒިނޭކުރުން ފަދަ ކަމެއް ކުރިކަމުގެ ތުހުމަތުއަޅުވަންވާނީ އެކަންކުރިކަން 4 ހެކިންގެ ހެކިބަހުން ޘާބިތުކޮށްދެވޭނެނަމައެވެ. ނޫންނަމަ އެފަދަ ވާހަކައެއް ދެއްކި މީހަކު 80 އެތިފަހަރުން ޙައްދުޖަހަންޖެހެއެވެ. އަދި އެމީހާގެ ހެކިބަސް ޤަބޫލުނުކުރެވޭނެތެވެ.
· ޤަޛްފުގެ ހައްދު:
ޤަޛްފު ކުރުމަކީ މީހަކު ފާޙިޝް އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރުމެވެ. މުސްލިމަކަށް ޤަޛްފުކޮށް ހަތަރު ހެކިން ނުގެންނަ މީހާއަށް އަށްޑިހަ އެތިފަހަރު (ޙައްދު) ޖެހުމަށްފަހު، އަދި އޭގެ ފަހުން އޭނާގެ ހެކިބަސް ދުވަހަކުވެސް ބަލައިނުގަނެވޭނެއެވެ.
ﷲ ތަޢާލާ ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَٰئِكَ هُمُ الْفَاسِقُونَ ﴿٤﴾
މާނައީ: عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حد) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ. (4)
· ޒިނޭގެ ޙައްދު:
ޒިނޭކުރާ މީހާއާއި ޒިނޭކުރާ މީހާއަށް އެމީހުން ކުރި ފާފައިގެ ސަބަބުން ސަތޭކަ އެތިފަހަރުން ޙައްދު ޖެހުމަށް މާތްالله އަމުރުކުރައްވާފައިވެއެވެ
ﷲ ތަޢާލާ ނޫރު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ﴿٢﴾
މާނައީ: ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ! (2)