"ޔާ ﷲ! އިނބަ ﷲ އީ އެންމެހައި މީސްތަކުންގެ ހިތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އިނބަ ﷲ ފިޔަވައި މީސްތަކުންގެ ހިތުގެ ޙާލު އެނގޭނެ އެއްވެސް ފަރާތެއް ނުވެއެވެ. މީސްތަކުންގެ ހިތުގެ ޙާލު އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ޔާ ﷲ! ހިތާމަތަކާއި ހިތްދަތިކަމުގައި ތިބި އެންމެންނަށް ހިތްހަމަޖެހުން ދެއްވަވާނދޭވެ! ހިތަށް ހަމަޖެހުން ލިބުމާއި އުފާވެރިކަން މިންވަރުކުރައްވަވާނދޭވެ! އަދި އެއެންމެންނަށް ކުރިމަތިވެފައިވާ ހިތްދަތިކަމަށް ކެތްތެރިވުމުގެ ބާރުވެސް ދެއްވަވާނދޭވެ! ނިއަޅާއަށާއި މިއޅާގެ ޢާއިލާއަށްވެސް މެއެވެ!" އާމީން
ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެންމެންނަށް ބެލިނަމަވެސް ފަޤީރުވެ ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންނަށްވުރެވެސް ގިނައީ ހިތްދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންނެވެ. ސަބަބަކީ ފަޤީރުން ދަތިޙާލުގައި އުޅުނަސް ހުރިހާ ފަޤީރުން ތިބީ ހިތްދަތިޙާލުގައި ކަމަށް ނުވެފައި ތަންވަސް މީހުންގެ ތެރެއިންވެސް ގިނަ ބައަކު ހިތްދަތި ޙާލުގައި ތިބުމެވެ.
ވީމާ ކޮންމެ ދުވަހަކުވެސް މިފަދަ ދުޢާއެއް ކުރަން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން