ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާ 3 ކަންތަކަށް އެދިގެން ކުރަން ވަރަށް ފުރިހަމަ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާ 3 ކަންތަކަށް އެދިގެން ކުރަން ވަރަށް ފުރިހަމަ ދުޢާއެއް!

اللَّهُمَّ أَغْنِنِي بِالْعِلْمِ، وَزَيِّنِّي بِالْحِلْمِ، وَأَكْرِمْنِي بِالتَّقْوَى، وَجَمِّلْنِي بِالْعَافِيَةِ 

މާނައީ؛ ހައްދަވައި ބޮޑުކުރެއްވި ވެރިރަސްކަލާކޮ! ޢިލްމުން މިއަޅާ މުއްސަނދި ކުރައްވާނދޭވެ! އަދި ޙިލްމުވެރިކަމުން މި އަޅާ ޒީނަތްތެރި ކުރައްވާނދޭވެ! އަދި ތަޤްވާވެރިކަމުން މިއަޅާ މާތް ކުރައްވާނދޭވެ! އަދި ޢިއްފަތްތެރިކަމުން މި އަޅާ ރީތި ކުރައްވާނދޭވެ! 

ޢިންސާނޫންނަށް ދުނިޔޭގައިވެސް ކުރިއަރައިދެވޭނީވެސް އަދި އާޚިރަތް ކާމިޔާބުކުރެވޭނީވެސް  ޢިލްމް ލިބިގެންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ މަތިވެރިވާން އޮތީ ތަޤްވާވެރިވެވުނުވަރަކުންނެވެ. ޢިއްފަތްތެރިވެވުމަކީ ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާ ކަމެކެވެ.  

އެހެންކަމަށްވާއިރު މިދުޢާއަކީ ގިނަގިނައިން ކުރަން އެންމެ ފައިޑާހުރި އެއް ދުޢާއެވެ. އިން ޝާ ﷲ

 

- ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން