ފަތިހު ހޭލުމުން ލިބޭ ފައިދާތައް ގިނަކަން ވިސްނި ކާފިރުންވެސް ފަތިހު ޙޭލަންފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ފަތިހު ހޭލުމުން ލިބޭ ފައިދާތައް ގިނަކަން ވިސްނި ކާފިރުންވެސް ފަތިހު ޙޭލަންފަށައިފި!

ފަތިހު ހޭލާނަމަ އެމީހަކަށް ކުރާނެކަމަށް މުސްލިމް ނޫން މީހުންވެސް ޤަބޫލުކުރާ ފައިދާތަކެއް  އެބަހުއްޓެވެ. އެފަދަ ކަންކަން ބައިވަރެވެ. އަހުރެން މިފާހަގަކޮށްލަނީ އެގޮތުން މުސްލިމުން ނޫން މީހުން ފާހަގަކުރާ ބައެއް ކަންކަމެވެ.  

--ފަތިހު ހޭލާނަމަ ހަމަޖެހިގެން މަސައްކަތް ފަށަން، ވަޒީފާއަށްދާން ވަޤުތުލިބެއެވެ. އެކަމުގެ ސަބަބުން މަސައްކަތްކުރަން ފަސޭހަވެ ރަނގަޅަށް މަސައްކަތް ކުރެވެއެވެ.  

- ފަތިހު ހޭލާ މީހުންގެ ވިސްނުން ތޫނުވެއެވެ. އެކަމުގެ ސަބަބުންވެސް ކުރާ މަސައްކަތަށް ކުރިއެރުން ލިބެއެވެ.  

- ފަތިހު ހޭލާ މީހުންނަށް ގަޑިއަށް ފަރުވާތެރިވާން އާދަވެއެވެ. އެކަމުގެސަބަބުން ރިވެތި އަޚްލާޤުގެ މަތީގައި ހުންނަން އާދަވެއެވެ.  

- ފަތިހު ހޭލުމަކީ ޔަބީޢަތް ރަނގަޅުވެ ޞިއްޙަތަށް ފައިދާކުރާ ކަމެކެވެ.  

- ފަތިހު ހޭލާ މީހުންނަށް އެދުވަހު ކުރަންޖެހޭ މަސައްކަތްތައް ރާވައިލާނެ ވަޤުތު ލިބެއެވެ. އެހެންވެ ކުރަން ހުންނަ ކަންކަން ހަނދާން ނެތިގެން ނުކުރެވުމުން ލިބޭ ގެއްލުންތައް މަދުވެގެންދެއެވެ.  

ކުރިން ބުނިފަދައިން މިކަންކަމަކީ ފަތިހު ހޭލުމުން ލިބޭ ފައިދާތައްކަމަށް މުސްލިމުން ނޫން މީހުން ޤަބޫލުކުރާ ކަންތައްތަކެވެ. ފަތިހު ޙޭލުމުން ދީނީ ގޮތުން ކުރާ ފައިދާތައް ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. މިވަޤުތު އެވާހަކަތައް ދައްކާކަސް ނެތީމެވެ.  

ޔަޤީންވެގެން މިދަނީ ފަތިހު ހޭލައި ފަތިސްނަމާދުން ދުވަސްފަށާ މީހުންނަށް ދުނިޔަވީ ގޮތުންވެސް ފައިދާތަކެއް ކުރާކަމެވެ. ދިރިއުޅުން ކުރިއަރުވަން ބޭނުންނަމަ ފަތިހު ހޭލައި ފަތިސްނަމާދުން ދުވަސްފަށަން ޖެހޭކަމެވެ. އެކަމަށް ދެބަސްވެވޭނެ އެއްވެސް ގޮތެއް ނެތް ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން