ނިދުމުގެ ކުރިން މި 5 ކަންތައް ކުރާނަމަ އެމީހަކަށް ރަޙްމަތްލައްވަވާނެތެވެ! އަރާމު ނިންޖަކުން ނިދައިވެސްލެވޭނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ނިދުމުގެ ކުރިން މި 5 ކަންތައް ކުރާނަމަ އެމީހަކަށް ރަޙްމަތްލައްވަވާނެތެވެ! އަރާމު ނިންޖަކުން ނިދައިވެސްލެވޭނެއެވެ! އިން ޝާ ﷲ

ގިނަ ބައަކު ނިދަން ވުމުން އެކަމަށް ތައްޔާރުވެއެވެ. ތައްޔާރުވުމަށްޓަކައި ނިދަންވީމާ ދަތް އުނގުޅައި ހެނދުންވެސް ބަދަލުކުރަމުއެވެ. ގައިން މީރުވަސްވެސް ދުއްވަމުއެވެ.

 އެކަމަކު އެވަރަކުން އަދި ނުފުދެއެވެ. ކުރަންޖެހޭ ކަންކަން ބައިވަރެވެ. އެއިގެ ތެރެއިން 5 ކަމެއް ފާހަގަކޮށްލާނަމެވެ. 

ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރަން ބޭނުން މީހާ ނިދުމުގެ ކުރިން ކޮންމެ ކުރަން ޖެހޭ 4 ކަމެއް ވެއެވެ. ނަމަވެސް މިއަދު މިއިން އެންމެ ކަމެއްވެސް ކުރަނީ ކިތައް މީހުން ކަމާއިމެދު ސުވާލު އުފެދެއެވެ. އެ 4 ކަންތަކަކީ:

1 އެއްވެސް މީހަކާއިމެދު ދެބަސްވުމެއް އޮތް ނަމަ އެކަމެއް ޙައްލުކުރުން

2 ﷲ ތަޢާލާއަށް ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނުނިދުން

މިސާލަކަށް ދުވަހުގެ 4 ނަމާދުކޮށްފައިވީނަމަވެސް ޢިޝާ ނަމާދު ނުކޮށް ނިދައިގެން ނުވާނެއެވެ.

3 ތަނެއްގައި އިށީނދެ އިނދެ ﷲ ތަޢާލާ އާއިމެދު ވިސްނައި ފިކުރުކޮށް ފުރިހަމަ ތައުބާއަކުން ތައުބާވުމަށްފަހުގައި ނޫނީ ނިދައިގެންނުވާނެއެވެ. މިބަހީ ތައުބާވެ ކުރެވިފައިވާ ފާފަތަކަށް ޢަފޫކޮށްދެއްވެވުން އެދި ދުޢާ ކުރުމަށްފަހުގައި ނޫނީ ނުނިދުމެވެ.

4 ނިދުމުގެ ކުރިން މުދަލާއި ބެހޭ  ގޮތުންނާއި ޢާއިލާގެ ކަންކަމުގައި ކުރަންޖެހިފައިވާ އަސާސީ ކަންކަން ކުރަންވީ ގޮތާއިމެދު ވަޞިއްޔަތްކުރަންވާނެއެވެ. ނިދީން ހޭނުލެވިދާނެ ކަމަށްޓަކައެވެ.

މީގެ ތެރޭގައި ތިމާގެ ކިބައިގައި ހުރި ދަރަނިތައް ކިޔައިދޭން ޖެހޭ މީހުންނަށް ކިޔައިދީ އޮޅުންފިލުވައިދިނުންވެސް ހިމެނުން މުހިންމު ކަމަށް ދެކެމެވެ. ނިދީގައި މަރުވެއްޖެނަމަ، އެކަން ޢާއިލާއަށް ނުއެނގި އޮތުމުން ދަރަނި އަދާނުކުރެވުމުގެ ސަބަބުން ތިމާ ކުޅަ ހެޔޮ އަމަލުތަކުން ޤިޔާމަތް ދުވަހު އަދާކުރަން ޖެހިދާނެ ކަމަށްޓަކައެވެ. މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ.

ދަރަނީގެ ކަންކަން ކޮންމެ ދުވަހަކު ކިޔައިދޭން އުނދަގޫވެދާނެކަމަށްޓަކައި ދަރަނީގެ ލިޔުންތައް ލިޔެ، ތިމާ ދުނިޔޭގައި ނެތް ދުވަހަކުން އެހެން މީހުންނަށް ފެންނާނެ ގޮތަކަށް ބަހައްތައިގެން ނަމަވެސް އެކަމަކީ ކުރަން ޖެހޭނެ ކަމެކެވެ.

5 ނިދުމުގެ ކުރިން ވުޟޫކުރަންވާނެއެވެ. އެހެނީ ވުޟޫކޮށްގެން ނިދައިފިނަމަ އެމީހަކު ނިދީން ހޭލަންދެން އެމީހަކަށްޓަކައި ހެޔޮ ދުޢާކުރައްވަވާނެ މަލާއިކަތަކު ލައްވަވައި ދެއްވަވާނެތެވެ. ނިދީން ހޭލެވުނީ އެމީހަކަށްޓަކައި މަލާއިކަތުން ހެޔޮ ދުޢާކުރައްވަވަމުން ގެންދަވަނިކޮށް ކަމަށްވަނީނަމަ އެމީހަކަށް ލައްވަވާނެ ރަޙްމަތް ހިތަށް ގެންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން