ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް ދުޢާކުރަން އޮތް މަގު ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވިނަމަވެސް ދުޢާކުރަން އޮތް މަގު ޙަދީޘުން

ގިނަ ބައަކު އުޅެމުން މިދަނީ ހިތްދަތިކަމުގައެވެ. ތަފާތު ޙާލަތުތައް ކުރިމަތިވާތީއެވެ. ތަފާތު ސަބަބުތައް ކުރިމަތިވާތީއެވެ. އެފަދަ މީހުން މިމަގުން ދުޢާކުރާށެވެ. ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ކިތަންމެ ހިތްދަތިޙާލުގައިވެސް އަހަރެމެންނަށް އޮތީ ކުރިމަތިވި ކަންތަކަށް ބިރުގަތުމެއް ނޫނެވެ. ﷲ ތަޢާލާގެ ކޯފާއަށް ބިރުވެތިވުމެވެ. އެކަން ކުރެވިއްޖެނަމަ އެމީހަކަށް ސަލާމަތްކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

ރަސޫލް (ﷺ) ގެ އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވެވަޑައިގަތުން ރަސޫލް (ﷺ)އަށް ވެގެން ދިއައީ ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ހިތާމަފުޅަށެވެ. ލޯފުޅުން ކަރުނަފޮދު އޮހޮރެމުން ދިއަ ކަމަކަށެވެ.

އެހާލުކޮޅުގައި ވެސް މުޝްރިކުންގެ ދުއްތުރާތަކަށް ކެތް ކުރައްވަވަން އުނދަގޫފުޅުވުމުން ޠާއިފަށް ވަޑައިގަތީ އެމީހުންގެ ކިބައިން އެހީފުޅަށް އެދިވަޑައިގެނެވެ. ނަމަވެސް ޠާއިފްގެ އަހުލުވެރިން ރަސޫލް (ﷺ) އާއިމެދު އަމަލުކުރީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސްނެތްގޮތުގައެވެ. އެންމެ އަނިޔާވެރި ގޮތުގައެވެ. ކުޑަކުދިންނާއި މޮޔައިން ފާކޮށް ގައު ފަދަ ތަކެތި އުކައި ރަސޫލް (ﷺ)ގެ ހަށިކޮޅުން ލޭފޮދު އޮހޮރުވައިލީ އެއްވެސް ރަޙުމެއް ނެތިއެވެ.

އެހާލުކޮޅުގައި ރަސޫލް (ﷺ) ވަޑައިގެން ގަހެއްގެ ދަށުގައި އިންނަވައި ކީރިތި ކުރައްވަމުން ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅަކީ "ޔާ ﷲ! އިނބަ ރަސްކަލާނގެ ކޯފާވެވޮޑިގަތުން މިއަޅާއަށް ނެތް ނަމަ ހިނގާ (ކުރިމަތިވެވަޑައިގަންނަވާ) އެއްވެސް ކަމަކާއިމެދު ކަންބޮޑުވެވަޑައެއް ނުގަންނަވަމެވެ....."

މީސްތަކުންނޭވެ! މި ޙަދީޘްފުޅުން އެނގިގެންދަނީ އީމާންކަން ފުރިހަމަވާނީ ﷲގެ ރުހިވޮޑިގަތުމަށް މިވަރަށް އެދިގެން ކަމެވެ. ﷲ ތަޢާލާގެ ކޯފާއަށް މިވަރަށް ބިރުވެތިވެގެންނެވެ. އެކަމަކީ އެންމެ މުހިންމުކަން ކަމަށް ހަދައިގެންނެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން