އާބާދީގަ ފިރިހެނުންނަށްވުރެ އަންހެނުން ގިނަވަމުން އައުމަކީ ޤިޔާމަތްވުން ކައިރިވަމުން އަންނަ ކަމުގެ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އާބާދީގަ ފިރިހެނުންނަށްވުރެ އަންހެނުން ގިނަވަމުން އައުމަކީ ޤިޔާމަތްވުން ކައިރިވަމުން އަންނަ ކަމުގެ ޢަލާމާތެއް!

އިރުމަތިފަރާތުން އިރުއަރާ ކޮންމެ ދުވަހަކުވެސް އިރުއޮއްސޭނެއެވެ. އިރު ނުއޮއްސޭނީ ހުޅަނގުފަރާތުން އިރުއަރާ ދުވަހު އެކަންޏެވެ. އެއީ ޤިޔާމަތްވާނެ ދުވަހެވެ. މިކަންކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އަހުރެމެންނަށް އޮތީ ކުރިއަށް ވިސްނައި އެމީހެއްގެ ސަލާމަތް ހޯދަން އެމީހަކު ގަދައަޅައި މަސައްކަތްކުރުމެވެ.  

ޤިޔާމަތްވުން ގާތްވަމުން އަންނަ ކަމަށް ވިސްނައި ބިރުވެތިވާންވީ އަހުރެމެންގެ ޙަޔާތުގައި ޤިޔާމަތްވެދާނެތީއެއް ނޫނެވެ. ޤިޔާމަތްވުން ގާތްވަމުން އަންނަ ވަރަކަށް ފާފަކުރުން ގިނަވާނެތީ އެކަމަށް ހޭލުންތެރިވުމަށެވެ. ފާފަނުކޮށް ހުންނަ މީހަކު ކަމުގައިވުމަށް މަސައްކަތްކުރުމަށް ބާރެއްގެ ގޮތުންނެވެ.  

ޤިޔާމަތްވުން ކައިރިވަމުން އަންނަކަމުގެ ޢަލާމާތްތަކުގެ ތެރެއިން އެއް ޢަލާމާތަކީ އަންހެނުންގެ ޢަދަދު ގިނަވުމެވެ.  

އިމާމް އަޙްމަދު ބަޔާންކުރައްވާފައިވާ ޙަދީޘްފުޅެއްގައިވަނީ ކޮންމެ ފިރިހެނަކަށް 50 އަންހެނުން ތިބޭވަރަށް އަންހެނުންގެ ޢަދަދު ގިނަވާނެ ކަމަށެވެ.  

މިފަދަ ޢަލާމާތްތައް ﷲ ތަޢާލާ ކުރިއާލައި ދައްކަވަނީ މީސްތަކުން އެކަންކަމަށް ހޭލުންތެރިވުމަށެވެ. ފާފަކުރުމުން ދުރުހެލިވެ ހެޔޮ ޢަމަލުތައްކުރުން ގިނަ ކުރަން މީސްތަކުންނަށް އަންގަވާ އެންގެވުމެއްގެ ގޮތުގައެވެ.  

މަރުވުމުން ހުރިހާ ކަމެއް ނިމުނީ ކަމަށާއި ޤިޔާމަތް ދުވަހަކީ އަންނާނެ ދުވަހެއް ނޫންކަމަށް ބުނާ މީހުންނަށް އިންޒާރު ދެއްވެވުން ވެސް ހިމެނެއެވެ. މީސްތަކުންނަށް އޮތީ ވިސްނައި ފިކުރުކޮށް ޢަމަލުތައް އިޞްލާޙްކުރުމެވެ.  

The increasing number of women is one of the signs of the Hour. The Prophet, sallallaahu ‘alayhi wa sallam, said,

"The Hour (Last Day) will not be established until religious knowledge is taken away (by the death of scholars), general ignorance (of religion) spreads, men will decrease in number, and women will increase in number to the extent that for fifty women there will only be one male guardian."

 [Ahmad]

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން