ނިދުން ލަސްކުރީމާ ލިބޭނެ އެންމެ ބޮޑު 5 ގެއްލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ނިދުން ލަސްކުރީމާ ލިބޭނެ އެންމެ ބޮޑު 5 ގެއްލުން-

މިއަދު ގިނަ ބައަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އަވަހަށް ނުނިދުމުގެ މައްސަލަކަމަށް ބުނެފިނަމަ ޤަބޫލުކުރަން އުނދަގޫ ބައަކުވެސް ތިބޭނެއެވެ. އެހެންވެ މިބުނެދެނީ މިއަދު ގިނަ ބައަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އަވަހަށް ނުނިދުން ކަމަށްވެގެންދާ ބައެއް ސަބަބުތަކެވެ.  

- ފުރަތަމަ ކަމަކީ ފަތިސް ނަމާދަށް ނުހޭލެވި ދުވަސްގެއްލިގެންދާކަމމެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިއެއްގެ ގޮތުގައި ދުވަސްފަށަންޖެހޭ ކަމެވެ. 

- ދެވަނަ ކަމަކީ ދުވަހު ކުރަން ހުންނަ މަސައްކަތްތައް ނުކުރެވުމުން ލިބެން ހުރި އާމްދަނީން ބޮޑުބައެއް އުނިވެގެންދާ ކަމެވެ.  

- ތިންވަނަ ކަމަކީ ކޮންމެހެން ލަސްކުރުން މަޖުބޫރުވެގެން ނޫނީ ނިދުން ލަސްކުރާނަމަ އެކަމުގެ ސަބަބުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އެތައް ކުރަން މަގުފަހިވެ އަދި އެތައް ފާފައެއް ކުރެވޭ ކަމެވެ.  

- ހަތަރުވަނަ ކަމަކީ ރޭގަނޑުގެ ނިދި ހަމައަށް ނުލިބުމުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކެވެ. 

- ފަސްވަނަ ކަމަކީ އަވަހަށް ނުނިދުމުން ދެމަފިރިން އެކުގައި ނިދަން އުނދަގޫވެ، ޒަވާޖީ ހަޔާތަށް އެކަމުގެ އަސަރުކުރާކަމެވެ.  

ދެން ނިކަން ބުނެބަލާށެވެ! މި 5 ކަންތަކަށް ބެލިނަމަވެސް މިއަދު ގިނަ ބައަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އަވަހަށް ނުނިދުމުގެ މައްސަލަކަން އެނގިގެން ނުދޭހެއްޔެވެ؟ ކުރިމަތިވާ މައްސަލަތައް މިވަނީ ލިބޭ އާމްދަނީ އާއި ޒަވާޖީ ޙަޔާތާއި ޞިއްހަތާއި އަދި ފާފަވެރިވުމާއިވެސް ގުޅިފައިކަމަށްވުމުން ނުގުޅޭ އެއްވެސް ކަމެއް ނެތެއް ނޫންހެއްޔެވެ؟  

ބުނަން ހެއްޔެވެ؟ މިޒަމާނުގައި ފޯނާއި އިންރނެޓަކީ އަވަހަށް ނިދަން އޮތް އެންމެ ބޮޑު އެއް ހުރަހެވެ. ފޯނު ނިއްވާލާފައި ނަމަވެސް އަވަހަށް ނިދަންފަށާށެވެ. އެކަމަށް ކުރަންވީ މަސައްކަތްކޮށްގެން (ޛިކުރުތައް ކިޔައިގެން) އޮތްނަމަ ގަޑިސޯނާވުމުގެ ކުރިން ތިބާއަށް ހޭލެވެން ފަށާނެއެވެ. އެއީ ﷲ ތަޢާލާ ތިބާއަށް ލައްވަވާ އެންމެ ބޮޑު އެއް ރަޙްމަތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން