ތިބާއަށް ހެޔޮކަމެއް ކުރަން ހަނދާން ނެތުނަސް ދެރަނުވާށެވެ! ހަނދާންވުމުން އަވަހަށް އެކަންކުރީމާ ދާނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތިބާއަށް ހެޔޮކަމެއް ކުރަން ހަނދާން ނެތުނަސް ދެރަނުވާށެވެ! ހަނދާންވުމުން އަވަހަށް އެކަންކުރީމާ ދާނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވަމުން!

ކޮންމެ އިންސާނަކީވެސް ކަންކަން ހަނދާންނެތޭނެ މީހެކެވެ. ފާފަތައް ކުރެވޭނެ މީހެކެވެ. ﷲ ތަޢާލާ އިންސާނުން އުފައްދަވާފައިވަނީ އެގޮތުގައެވެ. ވީމާ އެކަންކަން ހިނގާނެއެވެ. ވީމާ ހަނދާން ނެތިގެން އަޅުކަމެއް ނުކުރެވިއްޖެނަމަ ހަނދާންވުމުން އެކަމެއް ކުރަން އަވަސްވެގަންނާށެވެ! ހަނދާންވުމުން އަވަހަށް އެކަންކުރީމާ ދާނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވަމުންނެވެ! އިން ޝާ ﷲ   

ދެން އޮތް ސުވާލަކީ އެއީ ކީއްވެގެންހެއްޔެވެ؟ ޖަވާބަކީ ގިނަގިނައިން ތައުބާވާ ބައަކުކަމުގައިވުމެވެ. ގިނަގިނައިން ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދޭ ބައަކު ކަމުގައިވުމެވެ. އެކަމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

ވިސްނާށެވެ! އާދަމްގެފާނު ސުވަރުގޭގައި ލައްވަވާފައި މަނާކުރެއްވެވީ އެންމެ ކަމެކެވެ. ޢާދަމްގެފާނަށް ކުރެއްވެވުނީ އެކަމެވެ. ޝައިޠޯނާ ވަސްވާސްދިންލެއް ބޮޑުކަމުން ހަނދުމަފުޅު ނެތުނީއެވެ. އެއްވެސް ޙާލެއްގައި އާދަމްގެފާނު އެގަހުން ފަރިއްކުޅުއްވެވީ ﷲ ތަޢާލާއަށް ގޮންޖައްސަވައި ފާފަކުރެއްވެވުމަކަށް ނޫނެވެ. 

އާދަމްގެފާނުގެ ދެކަނބަލުން ތައުބާވެވަޑައިގަތުމުން ފާފަ ފުއްސަވައި ދެއްވެވިއެވެ. އެއީ އަހުރެމެންނަށް ދެއްކެވި ވަރަށް ބޮޑު މިޘާލެކެވެ. ފާފައެއް ކުރެވުމުން ތައުބާވެއްޖެނަމަ ފާފަ ފުއްސަވައިދެއްވަވާނެކަމެވެ.  

ކޮންމެއަކަސް ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެކެވެ. އެކަމާއި ދެރަވެ މާޔޫސްނުވާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ! އެއިރުން ފާފަ ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

ދެން އޮތީ ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ. އެއީ ވިއްދައިގެން ހެޔޮ ޢަމަލެއް ކުރުމެވެ. އެއިރުން ތިބާގެ ކިޔަމްނތެރިކަމާއި ކުރެވުނު ފާފައާއިމެދު ހިތާމަކުރާކަން ހާމަކުރެވުނީއެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން