މިދުޢާ ނުކުރާނަމަ ލިބޭ ދަރިން ގޯސްމަގުން ދިއުމުން ކަންބޮޑުވެގެން ކުރާނީ ކޮން ފައިދާއެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
މިދުޢާ ނުކުރާނަމަ ލިބޭ ދަރިން ގޯސްމަގުން ދިއުމުން ކަންބޮޑުވެގެން ކުރާނީ ކޮން ފައިދާއެއްތަ؟

ލިބޭ ދަރިން ޝައިޠޯނާގެ މަގުން ހިނގައްޖެނަމަ ދެރަވެ ހިތާމަކުރަމުއެވެ. ނަމަވެސް ސުވާލަކީ ދެއްވަވާ ދަރިން ޝައިޠޯނާގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދިގެން ކުރަން ޙަދީޘްފުޅުގައި އޮތް ދުޢާކުރާ މީހަކު އެބައުޅޭ ހެއްޔެވެ؟  

بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا  

މިދުޢާއަކީ ފިރިހެނާ އޭނާގެ އަނބިމީހާއާ ރޭކުރުމަށް އެދޭއިރު ކިޔުމަށް ޝަރުޢުކުރެވިފައިވާ ދުޢާއެވެ. އިބްނު ޢައްބާސް رضي الله عنهما ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. 

((لَوْ أَنَّ أَحَدَكُمْ إِذَا أَرَادَ أَنْ يَأْتِىَ أَهْلَهُ قَالَ بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا فَإِنَّهُ إِنْ قُضِيَ بَيْنَهُمَا وَلَدٌ فِى ذَلِكَ لَمْ يَضُرَّهُ الشَّيْطَانُ أَبَدًا)).

"متفق عليه، ورواه أصحاب السنن وغيرهم" 

މާނައީ: [ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.] "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް ބޭނުންވެއްޖެ ހިނދު މިފަދައިން ބުނެފިނަމަ 'އޭ މާތްﷲއެވެ. އަޅަމެން ޝައިތާނާ އާ ދުރުކޮށްދެއްވާނދޭވެ. އަދި އަޅަމެންނަށް ދެއްވާ ރިޒްޤުންވެސް (އެބަހީ: ދަރީންގެ ކިބައިން) ޝައިޠާނާ ދުރުކޮށް ދެއްވާނދޭވެ.’ ހަމަކަށަވަރުން އެދެމީހުންގެ ފަރާތުން ދަރިއެއް ލިބުމަށް މިންވަރު ކުރެވިފައިވާނަމަ އެކުއްޖާއަށް އެއްގޮތަކަށްވެސް ޝައިޠާނާގެ އުނދަގޫ ނުފޯރާނެއެވެ." 

މިދުޢާ އަންހެނާވެސް ކިޔަންޖެހޭނެތޯ އާއި ނުވަތަ ނޫންތޯ އާއި އަދި އަންހެނާ މިދުޢާ ކިޔުމަކީ ސުންނަތެއްތޯވެސް ސުވާލުކުރެއެވެ.  

ޖަވާބަކީ މިދުޢާއަކީ ފިރިހެނުން ކުރަން އޮތް ދުޢާއެއް ނަމަވެސް އަންހެންމީހާ އެދުޢާ ކީ ނަމަވެސް އެއީ މައްސަލައެއްނޫނެވެ. އެހެނީ އަޞްލަކީ [އެކަމަކީ ވަކިބަޔަކަށް] ޚާއްޞަކުރެވިފައިވާކަމެއްކަމުގައި ނުވުމެވެ. 

وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.

 

- މަސްދަރު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން