ނަރަކައިގެ ވާހަކަ އަޑުއިވުނަސް، ޚިޔާލަށް އަޔަސް އޮތީ ނަރަކައިން ސަލާމަތްކުރެއްވެވުން އެދިގެން ދުޢާކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 5ސ
ނަރަކައިގެ ވާހަކަ އަޑުއިވުނަސް، ޚިޔާލަށް އަޔަސް އޮތީ ނަރަކައިން ސަލާމަތްކުރެއްވެވުން އެދިގެން ދުޢާކުރުން-

ނަރަކައިގެ ވާހަކަ އަޑުއިވުނަސް ކަންބޮޑުވެވެނީ މަދުމީހަކަށެވެ. އަދި ކަންބޮޑުވެވެނީ ކިހާވަރަކަށްކަމާއިމެދު ސުވާލު އުފެދެއެވެ. ހަމަ ޤައިމުވެސް ކަންބޮޑުވެވޭނަމަ ނަރަކައިން ސަލާމަތްވުން އެދިގެން މަސައްކަތްކުރާނެއެވެ.  

ކޮންމެ މުސްލިމެއްގެވެސް އެންމެ ބޮޑު އެއް އުންމީދަކީ އެމީހަކު ނަރަކައިން މިންޖު ކުރެއްވެވުމެވެ. އެހެންކަމުން މި 2 ޙަދީޘްފުޅަށް ވިސްނާލަމާ ހިނގާށެވެ!  

عَنْ عَدِيِّ بْنِ حَاتِمِ  قَالَ ذَكَرَ  رَسُولِ اللهِ ﷺ النَّرَ فَأَعْرَضَ وَأَشَاحَ ثُمَّ قَالَ اتَّقُوا النَّارَ ثُمَّ أَعْرَضَ وَأَشَاحَ حَتَى ظَنَنَّا أَنَّهُ كَأَنَّمَا يَنْظُرُ إِلَيْهَا ثُمَّ قَالَ اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ فَمَن لَمْ يَجِدُ فَبِكَلِمَةٍ طَيِّبَةٍ (306) ޙަދީޘް ނަންބަރު (1689): 

ތަރުޖަމާ (1689)

އަދިވެސް މާތް ﷲ ރުއްސުންލެއްވި ޢަދިއްޔު އިބްނު ޙާތިމުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. އެއްފަހަރަކު رَسُولِ اللهِ ﷺ ނަރަކައިގެ ވާހަކައިން ތިމަންމެނަށް ނަޞީޙަތް ދެއްވަން އިންނެވިއެވެ. ކުއްލިއަކަށް މޫނުފުޅު ވަރަށް ބޮޑަށް އަނބުރާ ލެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވި އެވެ. މީސްތަކުންނޭވެ! ނަރަކައިން ސަލާމަތްވޭތޯ ބަލާށެވެ! މިހެން ވިދާޅުވެ އަނެއްކާވެސް މޫނުފުޅު ވަރަށް ބޮޑަށް އަނބުރާ ލެއްވިއެވެ. އިތުރު އެކަލޭގެފާނަށް ކުރިފުޅުމަތިން އެބިރުވެރި ނަރަކަ ފެނިވަޑައިގަންނަވަނީ ކަހަލަ އެވެ. ދެން އަނެއްކާވެސް ޙަދީޘް ކުރެއްވި އެވެ. މީސްތަކުންނޭވެ! ނަރަކައިން ސަލާމަތްވޭތޯ ބަލާށެވެ! ކަދުރު ފަޅިވަރެއްހައި މިންވަރު ޞަދަޤާތް ކޮށްގެންވިއަސް ވެހެވެ. އެފަދަ އެއްޗެއް ނެތްނަމަ އެންމެ ހެއު ބަހެއް ބުނެގެން ކަމުގައި ވިއަސް ވެހެވެ.  

ޙަދީޘް ނަންބަރު (1690):

عَنْ عَدِيِّ بْنِ حَاتِمِ عَن  رَسُولِ اللهِ ﷺ أنَّهُ ذَكَرَ النَّارِ فَتَعَوَّذَ مِنْهَا وَأَشَاحَ بِوَجْهِهِ  ثَلاَثَ مرَارٍ ثُمَّ قَالَ اتَّقُوا النَّارَ وَلَوْ بِشِقُّ تَمْرَةٍ فَإِنْ لَمْ تَجدُوا فَبِكَلِمَةٍ طَيِّبَةِ (307)

ތަރުޖަމާ (1690) 

އަދިވެސް މާތް ﷲ ރުއްސުންލެއްވި ޢަދިއްޔު އިބްނު ޙާތިމުގެ ކިބައިން ރިވާވެގެންވެއެވެ. އެއްފަހަރަކު رَسُولِ اللهِ ﷺ ނަރަކައިގެ ވާހަކައިން ތިމަންމެނަށް ނަޞީޙަތް ދެއްވަން އިންނެވިއެވެ. އަދި އެއިން ސަލާމަތްތެރިކަމަށް އެދިވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ. އަދި ތިންފަހަރުމަތިން މޫނުފުޅު ވަރަށް ބޮޑަށް އަނބުރާ ލެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. މީސްތަކުންނޭވެ! ނަރަކައިން ސަލާމަތްވޭތޯ ބަލާށެވެ! ކަދުރު ފަޅިވަރެއްހައި މިންވަރު ޞަދަޤާތް ކޮށްގެންވިއަސް މެއެވެ. އެފަދަ އެއްޗެއް ނެތްނަމަ އެއްމެ ހެއު ބަހެއް ބުނެގެން ކަމުގައި ވިއަސް މެއެވެ.  

މި 2 ޙަދީޘްފުޅުން އެނގިގެންދާ ކަންކަން:  

1 "މީސްތަކުންނޭވެ! ނަރަކައިން ސަލާމަތްވޭތޯ ބަލާށެވެ! ކަދުރު ފަޅިވަރެއްހައި މިންވަރު ޞަދަޤާތް ކޮށްގެންވިއަސް ވެހެވެ. އެފަދަ އެއްޗެއް ނެތްނަމަ އެންމެ ހެއު ބަހެއް ބުނެގެން ކަމުގައި ވިއަސް ވެހެވެ.!" މިފަދައިން ޙަދީޘްފުޅު ކުރެއްވެވީ ރަސޫލް   އަށް ނަރަކަ ފެނިވަޑައިގަންވާހެން ޞަޙާބބީންނަށް ހީފުޅުވާ ޙާލުކޮޅުގައިކަން.  

2 ނަރަކައިން ސަލާމަތްކަން ދެއްވެވުން އެދިވަޑައިގެން ވަގުތުން ދުޢާ ކުރެއްވެވިކަން  

3 "ނަރަކައިން ސަލާމަތްވޭތޯ" ބަލަން ވަޞިއްޔަތް ކުރެއްވެވިކަން  

4 ކިތަންމެ ކުޑައެއްޗަކުން ނަމަވެސް ޞަދަޤާތް ކުރުމަކީ ނަރަކައިން މިންޖުކުރައްވަވާނެ ކަމެއްކަން  

5 ޞަދަޤާތްކުރާނެ އެއްޗެއް އަތުގައި ނެތްނަމަ އެންމެ ހެއު ބަހެއް ބުނުމަކީވެސް ނަރަކައިން މިންޖު ކުރައްވަވާނެ ކަމެއްކަން-

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން