އުފާވެރިކަން ހޯދަން ބޭނުންވާނަމަ މާޒީ ހަނދާން ނައްތާލަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އުފާވެރިކަން ހޯދަން ބޭނުންވާނަމަ މާޒީ ހަނދާން ނައްތާލަންޖެހޭނެ!

ގިނަ މީހުންނަށް ކުރަން އެންމެ އުނދަގޫ ކަމަކީ އެމީހާގެ ނުބައި މާޒީ ހަނދުމަނެތިކޮށްލުމެވެ. މާޒީން ލިބިފައިވާ އަނިޔާތައް ހިތުން ފުހެލުމެވެ. ނަމަވެސް ހަޤީޤަތުގައި މިފަދަ މީހުންގެ ޙުކުމް އެނގޭ ހެއްޔެވެ؟ ނުބައި މާޒީ ހަނދުމަނެތިކޮށް ނުލެވުނު މީހާގެ ބަލިކަށިކަން އެނގޭތޯ؟ ސުވާލުކޮށްފިނަމަ ދޭނެ ޖަވާބު ގިނަ ބައަކަށް ނުވެސް އެނގުމަކީ ކައިރި ކަމެކެވެ.

މިކަމުގައި އެންމެ އަޖައިބު އެއް ކަމަކީ ވަރަށް ނިކަމެތި ފަޤީރުންނަށް އެމީހުންގެ ހިތި މާޒީ ހަނދާން ނައްތައިލެވުން ފަސޭހަ ނަމަވެސް ތަނަވަސް ފުދުންތެރިންނަށް އެމީހުންގެ މާޒީގެ ހިތި ހަނދާންތަކާއި ދުރަށް ދެވުން ފަސޭހަނުވާ ކަމެވެ. އަދި އުފަލުގައި ދިރިއުޅެން ލިބޭ މީހުންނަށް ހިތްދަތި ޙާލެއްގައި އުޅެންޖެހުމުން މާޒީ ހަނދާން ނައްތައިނުލެވޭ ކަމެވެ.

މާޒީގެ އޮތީ ހަމައެކަނި އެންމެ ބޭނުމެކެވެ. އެއީ ޢިބްރަތް ޙާޞިލުކުރުމެވެ. ކުރެވިފައިވާ ފާފަތަކަށް ވިސްނައި އެފަދަ ފާފައެއް އަލުން ނުކުރަން ހިތްވަރުލިބިގަތުމެވެ. މި ކަންކަން ނޫން އެއްވެސް ބޭނުމެއް މާޒީއަކު ނެތެވެ. ކިތަންމ ވަރަކަށް ވިސްނައި ފިކުރުކުރި ނަމަވެސް މާޒީ އެނބުރި ގެނައުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ކަން މިފަދައިން އޮތް ނަމަވެސް ގިނަ ބައަކަށް އަދިވެސް އުޅެވެނީ މާޒީން ސަލާމަތްނުވެވިގެންނެވެ. ހަޔާތުގައި ކުރިމަތިވެފައިވާ ކޮންމެވެސް ކަމަކާއިމެދު ހިތާމަކުރުމުގައެވެ. ފޮޓޯތައް ބަލައި ކަރުނަ އެޅުމުގައެވެ. ގެއްލި ނިމިފައިވީ ކޮންމެވެސް ކަމެއްގެ ފަހަތުން މުގޯލި އެޅުމުގައެވެ. އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

މާޒީގެ އެފަދަ ކަންކަމާއިމެދު ވިސްނާ މީހުންނަށް ޚުޝޫޢަތްތެރިކަމާއިއެކު އޮންނާނީ ނަމާދުވެސް ނުކުރެވިފައެވެ. ކިޔަވަންވީ ގޮތަށް ކީރިތި ޤުރްއާންވެސް ނުކިޔެވިފައެވެ. ވީމާ އެފަދަ މީހުންނަށް އާޚިރަތް ލިބިގަތުންވެސް ފަސޭހައެއް ނުވާނެއެވެ. ވީމާ އާޚިރަތް ލިބިގަތުމަށްޓަކައިވެސް މާޒީގެ އެފަދަ ކަންކަމަށް ވިސްނައި ހިތާމަކުރުން ހުއްޓައިލާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން