ﷲ ތަޢާލާއަށް ބިރުވެތިވާކަން ޢަމަލުން ދައްކަން ކުރަން އޮތްކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ﷲ ތަޢާލާއަށް ބިރުވެތިވާކަން ޢަމަލުން ދައްކަން ކުރަން އޮތްކަންތައް-

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ﷲ ތަޢާލާއަށް ބިރުވެތިވާނަމަ އެހެން އެއްވެސް ކަމެއް، ނުވަތަ އެއްޗެއް ދެކެ ބިރުގަނެގެން ނުވާނެކަމަށެވެ. މިއީ އަދި އެންމެ ރަނގަޅު މާނައެއް ނޫނެވެ.  

މިޘާލަކަށް ﷲ ތަޢާލާއަށް ކިތަންމެ ބޮޑަށް ބިރުވެތިވާ މީހަކާއި ދިމާއަށް ބަޑިޖަހަން، ނުވަތަ ވަޅިއެއް ދިއްކޮށް ހަރަންއުޅެފިނަމަ ބިރުގަންނާނެއެވެ. ވިހަލާ ހަރުފައެއް ނުވަތަ މިނިކާވަގެއް ފަދަ އެއްޗެއް ފެނުނަސް ބިރުގަންނާނެއެވެ. އެއިގެ މާނައަކީ އޭނާ ﷲ ތަޢާލާއަށް ބިރުވެތިނުވުމެއް ނޫނެވެ. 

ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ޙަޤީޤީ މާނައަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމެވެ. ނަހީކުރައްވަވާފައިވާ ކަންކަން ނުކުރުމާއި ކުރުމަށް އަންގަވާފައިވާ ކަންކަން ކުރުމެވެ. ވަރަށް ފަރުވާތެރިވެގެން ކުރުމެވެ. އެންމެ ބޮޑަށް އިސްކަން ދީގެން އެކަންކަން ކުރުމެވެ.  

ވީމާ ﷲ ތަޢާލާއަށް ބިރުވެތިވުމަށް ކުރަން އޮތް ކަމަކީ ފާފަ ނުކުރުމެވެ. ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ.  

ވީމާ ފާފައަކަށް އަރައިނުގަނެ ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ! ޛިކުރުކުރުން ގިނަކުރަން މަސައްކަތްކުރާށެވެ.

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން