ސީދާވެގެންވާ މަގުގައި ސާބިތުކޮށްދެއްވުމުގެ ހިދާޔަތަށް އެދި ދުޢާކޮށް، އެކަމުގައި ދެމިހުރުމަށް މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ސީދާވެގެންވާ މަގުގައި ސާބިތުކޮށްދެއްވުމުގެ ހިދާޔަތަށް އެދި ދުޢާކޮށް، އެކަމުގައި ދެމިހުރުމަށް މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެ!

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ. 

"ނަބިއްޔާ صلى الله عليه وسلم ގެ ތެދު ޚަބަރުފުޅުގެ ޛަރިއްޔާއިން އެނގޭ ގޮތުގައި އެކަލޭގެފާނުގެ އުންމަތުގައި، އެކަލޭގެފާނު ދެއްކެވި ހިދާޔަތުގެ މަގުގައި ހިފަހައްޓައިގެން ތިބޭނޭ ބަޔަކު ވާނެއެވެ. އެއީ ޚާލިޞްވެގެންވާ އިސްލާމްދީނުގެ މަތީގައެވެ.  

އަދި (އެކަލޭގެފާނުގެ އުންމަތުގައި) މަގުފުރެދިގެން ދާނޭ ބަޔަކުވެސް ވާނެއެވެ. އެއީ އެކަމުގައި ޔަހޫދީންގެ ގޮތްޕަކުން ކުރެ ގޮތްޕަކަށް ދާ ބަޔަކާއި ނަޞާރާއިންގެ ގޮތްޕަކުން ކުރެ ގޮތްޕަކަށް ދާ ބައެކެވެ.  

ފަހެ ކޮންމެ މަގު ފުރެދުމެއްގެ ސަބަބުން މީހާ ކާފިރެއް ނުވާނެއެވެ. އަދި ކިއެއް ހެއްޔެވެ! އޭގެ ސަބަބުން އެމީހަކު ފާސިޤަކަށްވެސް ނުވެދާނެއެވެ. 

އަދި ކިއެއް ހެއްޔެވެ! (ކުރިން ބުނި ގޮތާ އިދިކޮޅަށް) މަގު ފުރެދުމެއްގެ ސަބަބުން މީހަކު ކާފިރުވެސް ވެދާނެއެވެ. ނުވަތަ ފާސިޤުވެސް ވެދާނެއެވެ. އަދި އެކަން އެއީ ފާފައަކަށްވެސް ވެދާނެއެވެ. އަދި އެކަން އެއީ ކުށަކަށް (ނުވަތަ އޮޅުމަކަށްވެސް) ވެދާނެއެވެ. މިފަދަ މަގުފުރެދުންތަކަކީ މީސްތަކުންގެ ތަބީޢަތުގައިވާ ކަމެކެވެ. އަދި ޝައިޠާނާ މީސްތަކުންނަށް ޒީނަތްތެރިކޮށްދޭ ކަންކަމެވެ.  

ފަހެ އެހެންކަމުން ސީދާވެގެންވާ މަގުގައި ސާބިތުކޮށްދެއްވުމުގެ ހިދާޔަތަށް  އެދި ދުޢާކޮށް، އެކަމުގައި ދެމިހުރުމަށް ﷲ ވަނީ އެއިލާހުގެ އަޅާއަށް އަންގަވާފައެވެ. އެ ސާބިތުކަމަކީ އޭގައި ޔަހޫދީކަމެއް އަދި ނަޞްރާނީކަމެއްވެސް ނުވާފަދަ ކަމެކެވެ. " 

"اقتضاء الصراط المستقيم (١/ ٧٠)"

 

- ޑރ. ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން