މި ދެސަބަބަށްޓަކައިވެސް ޤުރްއާން ކިޔެވުން ގިނަކޮށް މާނަދަސްކޮށް ޢަމަލުކުރަން މަސައްކަތްކުރުން އިތުރުކުރަން އެބަޖެހޭކަން ވިސްނޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މި ދެސަބަބަށްޓަކައިވެސް ޤުރްއާން ކިޔެވުން ގިނަކޮށް މާނަދަސްކޮށް ޢަމަލުކުރަން މަސައްކަތްކުރުން އިތުރުކުރަން އެބަޖެހޭކަން ވިސްނޭނެ! އިން ޝާ ﷲ

މުޞްޙަފަކަށް ބަލާލައިފިނަމަ ފެންނާނީ އެހެންވެސް ފޮތްފަދަ ފޮތެއްގެ ގޮތުގައެވެ. ނަމަވެސް އެފޮތުގައިވާ އެއްޗަކަށް ބަލައިފިނަމަ އެންމެ މުޞްޙަފެއްގެ ޙަޤީޤީ ބުރަދަން ދުނިޔޭގައިވާ ހުރިހާފޮތްތަކެއް އެއްކޮޅަށް އެރުވުމުން އަންނާނެ ބުރަދަނަށްވުރެ މާމަތިވެރިއެވެ. ސަބަބަކީ އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުތައް ކަމަށްވާތީއެވެ. މުޞްޙަފް އެކުގައި ކީއްކުރަންހެއްޔެވެ؟ އެންމެ އާޔަތެއް އަދި އެންމެ ކަލިމައެއްގެ ވިޔަސް ޙަޤީޤީ ބުރަދަން ހަމަ މިބުނި ފަދައެވެ.

ކީރިތި ޤުރްއާން ކިޔެވުން ގިނަކޮށް މާނަ އުނދެނި އަދި ޢަމަލުކުރަންވީ ސަބަބުތަކުގެ ތެރެއިން 2 ސަބަބަކަށް ބަލައިލާނަމެވެ. އިން ޝާ ﷲ

1 ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. "ތިއަބައިމީހުން ގުރްއާން ކިޔަވާށެވެ. ހަމަކަށަވަރުން ގިޔާމަތް ދުވަހުގައި ޝަފާޢަތްތެރިޔެއްގެ ގޮތުގައި ގުރްއާން އަންނާނެއެވެ".

2 ރަސޫލާ ﷺ ޙަދީޘް ކުރެއްވެވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ގުރްއާން އުނގެނި އުނގަންނައިދޭ މީހާ އެވެ".

"ކޮންމެ ނަމާދަކަށްފަހުގައި ކީރިތި ޤުރްއާނުން މަދުވެގެން އެންމެ ޞަފްޙާއެއް ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ! އެކަން ޤަވާއިދުން ކުރަމުން ގެންދާނަމަ އެކުރެވެނީ ވަރަށް ބޮޑު ކަމެކެވެ. އެހެނީ ވަޤުތު ހޯދައިގެން ދިގުކޮށް ކިޔަވަން މަޑުކުރާ މީހުންގެ ދުވަސް ނިމިގެންދަނީ އެކަން ނުކުރެވިއެވެ.

ވީމާ ވަޤުތުވާ ފަހަރު ދިގުކޮށް ކިޔަވާނީއެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް މަދުވެގެން 1 ޞަފްޙާ ކިޔަވާނީއެވެ. ކިޔެވުން ހުއްޓައިނުލާށެވެ! ޤިޔާމަތް ދުވަހު ޤުރްއާން ތިބާއަށްޓަކައި ޝަފާޢަތްތެރިވާނެ މީހަކަށް ވެވިއްޖެނަމަ އެއޮތީ ސުވަރުގެ ވަދެވިފައެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކު

މިއަދު އޮންލައިން