ދެމަފިރިން ބައިވެރިވެގެން ދަރިފުޅަށް ތޫނު އެއްޗެތިން ޙަމަލާދީ މަންމަގެ އަތުން ދަރިފުޅުގެ ބަނޑުފަޅާލައި ބަނޑުގައި އޮތްދަރިފުޅު ނަގައި ދެމައިން މަރާލި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދެމަފިރިން ބައިވެރިވެގެން ދަރިފުޅަށް ތޫނު އެއްޗެތިން ޙަމަލާދީ މަންމަގެ އަތުން ދަރިފުޅުގެ ބަނޑުފަޅާލައި ބަނޑުގައި އޮތްދަރިފުޅު ނަގައި ދެމައިން މަރާލި ޙާދިސާއެއްގެ ވާހަކަ-

މީސްތަކުން ﷲ ތަޢާލާގެ ޙަޟްރަތާއި ދުރުހެލިވުމުން އެބައެއްގެ މައްޗަށް ޝައިޠޯނާވެރިވެގަންނާނެއެވެ. އަދި ކާފިރުވެގެން ތިބި މީހުންގެ ހިތްތަކަށް ޝައިޠޯނާ ވެރިވެގެންފައިވާނީ އެކުގައެވެ. އެހެންވެ އެމީހުންނަށް ތިބެން ޖެހޭނީ ޝައިޠޯނާގެ އަޅުވެތިކަމުގައެވެ. 

އެކަމަކު ބުނެލަން މިއުޅެނީ ކާފިރުންގެ ތެރެއިންވެސް މިލިއަނަކުން މީހަކުވެސް ނުކުރާނެ ފަދަ ނުބައިކަންބޮޑު ކަމެއް ކުރި ކާފިރު މަންމައަކާއި ބައްޕައެއްގެ ވާހަކައެވެ. އެމީހުންގެ 22 އަހަރުގެ ދަރިފުޅު ބަލިވެ އިނދެ ބަނޑުބޮޑުވުމުން ދެމަފރިންވެގެން އޭނާއަށް ތޫނު އެއްޗެތިން ޙަމަލާދިނީއެވެ. މަންމަގެ އަތުގައި އޮތް ވަޅިން ދަރިފުޅުގެ ބަނޑު ފަޅާލައި ދަރިފުޅު ނެގީއެވެ. އެއިރުވެސް އަދި ދަރިފުޅު މަރެއް ނުވެއެވެ. ދަރިފުޅު ނެގުމަށްފަހު ބުނިކަމަށްވަނީ މިއުޅެނީ ކަލޭގެ ދަރިފުޅު މަރާލަން ކަމަށެވެ. 

އެކުއްޖާގެ ހަށިގަނޑު ފެނި ސާޅީސް އަހަރުން މަތީގެ އެމަންމަ އާއި ބައްޕަ މިހާރުވަނީ ހައްޔަރުކޮށްފައެވެ. މިއީ މީގެ 3،4 ދުވަސްކުރިން އިނގިރޭސިވިލާތުގައި ހިނގާފައިވާ ކަމެކެވެ. 

މީސްތަކުންނޭވެ! މިހުންނަނީ ހަމަހޭގައި ތިބެ މީހުން ކުރާ ޒާތުގެ ކަންކަމެއް ނޫނެވެ. އެކަމަކު އެދެމަފިރިން މިކަން ކުރީ ހަމަހޭގައި ތިބެއެވެ. އެކަމުން އެނގެނީ އެމީހުންގެ ސިކުނޑިއަށް އެމީހުންގެ ބާރު ނިހިނގާ ކަމެވެ. ބާރު ހިނގާނަމަ މިފަދަ ކަމެއް ނުކުރާނެއެވެ. 

މިއަދު އެދެމަފިރިންވެސް ވިސްނާނެއެވެ. ލިބޭނެ އަދަބެއް އަހުރެންނަކަށް ނުއެނގެއެވެ. ގާތީ ޢުމުރަށް ޖަލުގައި ތިބެންޖެހުމެވެ. ކިތަންމެ ވަރަކަށް ދެރަވިއްޔާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ދަރިފުޅަށް ކުއްޖަކު ލިބި އެދަރިން ބަލަން ބޭނުންނުވާނަމަ ގެއިން ފޮނުވައިލި ނަމަވެސް މިޙާލަތެއް ނުޖެހުނީސް ނޫން ހެއްޔެވެ؟ 

އަހުރެން މިވާހަކަ ފާހަގަކޮށްލި ބޭނުމަކީ އަހުރެމެންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ ވިސްނުމުގެ ބޭނުން އަމިއްލަ ކޮންޓްރޯލުން ބޭރުވެގެން ދިއަ ނުދިނުމަށް ނަޞީޙަތްތެރިވުމެވެ. ކިތަންމެ ރުޅިއަޔަސް އަދި ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިޔަސް ވިސްނުމުގެ ބޭނުން ހިދާށެވެ! ބުއްދި އިސްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރސަކުން

މިއަދު އޮންލައިން