ލޫޠޫގެފާނުގެ ޤައުމަށް ﷲ ތަޢާލާ ފޮނުއްވެވި ގަދަފަދަ ޢަޛާބުގެ ވާހަކަ ސައިންސްވެރިން ހާމަކުރީމާވެސް ބިރުވެތިނުވެވޭ މީހުންގެ ޙާލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ލޫޠޫގެފާނުގެ ޤައުމަށް ﷲ ތަޢާލާ ފޮނުއްވެވި ގަދަފަދަ ޢަޛާބުގެ ވާހަކަ ސައިންސްވެރިން ހާމަކުރީމާވެސް ބިރުވެތިނުވެވޭ މީހުންގެ ޙާލަކީ ކޮބާ؟

ކާފިރުން ޤުރްއާން ޤަބޫލުނުކުރިނަމަވެސް ސައިންސް ޤަބޫލުކުރެއެވެ. ސައިންސް ޤަބޫލުކުރާއިއރު ސައިންސްވެރިން ހޯދާހޯދުންތަކުން އެނގޭ ކަންތައްތަކަށް ބިރުވެތި ނުވެވެނީ ކީއްވެގެން ހެއްޔެވެ؟ އެކަމުން އެނެގެނީ އެމީހުންގެ ލޯތަކަށް ފެނުނު ނަމަވެސް ހިތްކަނުވެފައިވާ ކަމެވެ. އެފަދަ މީހުންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

ﷲ ތަޢާލާ ގެ ދެނެވޮޑިގަތުމާއި ކުލަދުންވަންތަކަމަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. ނުވެސް އަންނާނެއެވެ. އިރާދަކުރައްވަވައިފިނަމަ ކޯފާ ލައްވަވައި ގަދަފަދަ ޢަޛާބު ފޮނުއްވެވުމަށް މިއަދުވެސް ކުޅަދުންވަންތައެވެ.

ކާފިރުންގެ ޖާހިލުކަން ބޮޑުވުމަކީ އަހުރެން ކަންބޮޑުވާކަމެއް ނޫނެވެ. އަހުރެން ކަންބޮޑުވަނީ މުސްލިމުންގެ ތެރެއިން ބައަކަށް އަންނަމުންދާ ބަދަލުތަކަށެވެ. ބޮޑެތި ފާފަތަކަށް އަރައިގަންނާތީއެވެ. އެއްޖިންސުން ގުޅުން ހިންގުނަ ފަދަ ބޮޑެތި ފާފަތަކަށް އަރައިގަންނާތީއެވެ.

ގުޅުންހުރި ލިޔުމެއް!:

ޑެޑްސީ އާއި ގުޅިފައިވާ ބިންތައް ދިރާސާކުރަން ސައިންސްވެރިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިހައިތަނަށް ހޯދިފައިވާ އެއްކަމަކީ އެބިމުގައި (ބިމުގައިވާ ވެލީގައި) ގިނަ ޢަދަދެއްގެ ސަލްފަރ ހިމެނޭ ކަމެވެ.

އެކަމުން އަންގައިދެނީ އެވެލި އުފެދިފައިވަނީ އަނދައިފާ ހިލަތަކުންކަމެވެ. މާނައަކީ އެވެލީގައި އަނދާފައިވާ އެއްޗެއް ގިނަ ޢަދަދަކަށް ހިމެނޭ ކަމެވެ.

މިކަމުގެ ޙަޤީޤަތް ކީރިތި ޤުރްއާނުން ފެންނަން އެބައޮތެވެ!

"ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ."

"ފަހެ، ތިމަންރަސްކަލާނގެ އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ."

"ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ."

(އަލް ޙިޖްރު: 73، 74، 75)

ލޫޠްގެފާނުގެފާނުގެ ޤައުމުގެ މީހުން ކުޅަ ނުބައި ޢަމަލު (އެއްޖިންސުން ގުޅުންހިނގުން) މިއަދު މިދަނީ ޢާންމުވަމުންނެވެ. އެފަދަ ޢަމަލުތައް ކުރުމުން މީސްތަކުންނަށް ޢަޛާބް ފޮނުއްވަވާނެކަމުގެ ހެކި ދެއްކެވުމަށް ﷲ ތަޢާލާ އެވަނީ އެބިމުގައި މިއަދުވެސް އެކަމުގެ އަސަރު ލައްވަވައިފައެވެ. ވިސްނައި ފިކުރުކުރި މީހަކަށް ނޫނީ ސަލާމަތްކަމެއް ނެތެވެ.

 

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން