ގޭގެ އެންމެންނަށް ރިޒުޤް ލިބި އުފަލުގަ ތިބެން ބޭނުންވާނަމަވެސް ކޮންމެ ދުވަހަކު ގޭގައި ބަޤަރާސޫރަތްކިޔަވަންވީ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ގޭގެ އެންމެންނަށް ރިޒުޤް ލިބި އުފަލުގަ ތިބެން ބޭނުންވާނަމަވެސް ކޮންމެ ދުވަހަކު ގޭގައި ބަޤަރާސޫރަތްކިޔަވަންވީ ސަބަބު-

ގިނަ ގެތަކަށް ބަލައިފިނަމަ ރިޒުޤް ނުލިބުމުގެ ނުވަތަ ލިބުން މަދުވުމުގެ މައްސަލައަށްވުރެވެސް ބޮޑީ ފިތުނަވެރިކަމުގެ މައްސަލައެވެ. ވިސްނާށެވެ! ގެއެއްގައި ގިނަ ބައަކު ދިރިއުޅޭނަމަ އެއް ބައަކަށް ކަންކަން ދަތިނަމަވެސް އަނެއްބައަކު ތިބޭނީ ފުދިގެންނެވެ. މައްސަލައަކަށްވަނީ އެކުގައި އެއް ގެއެއްގައި އުޅުނަސް އޮންނަ ފިތުމަވެރިކަން ބޮޑުވުމުން އެހެން މީހުންނަށް ޙިއްޞާކުރަން ބޭނުންނުވަނީއެވެ.

ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔެވުމުގެ ބަރަކާތްތަކުގެ ތެރޭގައި ގެއަށް ޝައިޠާނާ ވަނުމުން ދުރުކޮށްދެއްވެވުން ހިމެނޭކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  ސުންނަތުން ޘާބިތުވާ ގޮތުގައި ކޮންމެ ދުވަހަކު އެގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާނަމަ ޝައިޠާނާ އެގެއަކަށް ވަނުމުން ދުރުކޮށްދެއެވެ. އަދި ކިއެއްތަ އެގެއަކާއި ކައިރިވެސް ނުވެވޭނެކަން ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ. 

އަބޫހުރައިރާ ރަޟިޔަ ﷲ ރިވާކުރައްވާފައިވެއެވެ. ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

لا تجعلوا بيوتكم مقابرًا، إن الشيطان ينفر من البيت الذي تُقرأ فيه سورة البقرة

މާނައީ: "ތިޔަބައިމީހުން، ތިޔަބައިމީހުންގެ ގެތައް ޤަބުރުތައް ކަމުގައި ނަހަދާށެވެ. ހަމަކަށަވަރުން އެގެއެއްގައި ބަޤަރާ ސޫރަތް ކިޔަވާނަމަ އެގެއަކާއި ދުރަށް ދުވެ ޝައިޠޯނާ ފިލާނެއެވެ." 

އެހެންކަމުން ޝައިޠާނާ ގެއިން ދުރުކުރުމަށްޓަކައި ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔެވުމުގެ ފައިދާތަކުގެ ތެރޭގައި، ޙަޔާތަށް ބަދަލުތައް އައިސް، އުފާވެރިކަން ލިބިގެންދެއެވެ. އެ ސޫރަތް ކިޔެވުމުގެ ސަބަބުން ހިތަށް އުފާވެރިކަން ލިބި، ހަމަޖެހުން ލިބި، ކަންކަން ކުރަން ފަސޭހަވެގެންދެއެވެ. އެއީ އެގެއެއްގައި އުޅޭ މީހުންނަށް ޝައިޠޯނާގެ ކިބައިން ސަލާމަތްވެގެން ތިބެވޭތީއެވެ. ގޭގައި ފިޠުނަ އުފެއްދުމުގެ ފުރުޞަތު ޝައިޠޯނާއަށް ނުލިބޭތީއެވެ.

 

 

މިއަދު އޮންލައިން