ދެމަފިރިންގެ ދިރިއުޅުމުގަ ކުރެވޭ ކުށަކާ ގުޅިގެންނަމަވެސް ދޮގުހަދާނަމަ ދިރިއުޅުމުގަ ބަރަކާތްކެނޑި ދަތި އުނދަގޫ ޙާލަތާ ކުރިމަތިލާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދެމަފިރިންގެ ދިރިއުޅުމުގަ ކުރެވޭ ކުށަކާ ގުޅިގެންނަމަވެސް ދޮގުހަދާނަމަ ދިރިއުޅުމުގަ ބަރަކާތްކެނޑި ދަތި އުނދަގޫ ޙާލަތާ ކުރިމަތިލާންޖެހޭނެ!

ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވެފައި ނުވަތަ އަނެކާ ނުރުހޭ ކަންކަން ކޮށްފައި އެއްވެސް ބިރެއް ޖެހިލުމެއް ނެތި އެބަދޮގުހަދައެވެ. ކޮށްދޭން ބުނާ ކަމެއް ކުރަން ހަނދާން ނެތުނަސް ކޮންމެވެސް ދޮގެއް އެބަ ހަދައެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ފާފައެވެ. އެކަކު އަނެކަކަށް ދޮގުހަދާ ދެމަފިރިއަކަށް އުފާވެރި ޙަޔާތެއް ނުލިބޭނެއެވެ. އަދި ތަނަވަސްކަމެއްވެސް ނުލިބޭނެއެވެ.

އެހެނީ ދޮގުހެދުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އުނިކުރައްވަވާނެ ކަމެކެވެ. ބަރަކާތް ނުލައްވަވާނެ ކަމެކެވެ. ﷲ ތަޢަލާގެ ރަޙްމަތާއި ބަރަކާތް ނުލިބި އުފާވެރިކަމާއި ތަނަވަސްކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟

ދިރިއުޅުމުގައި ހެޔޮ ގޮތްތައް ބޭނުންވެއެވެ. ތަނަވަސްކަންވެސް ބޭނުންވެއެވެ. އެހެންކަމަށްވާއިއރު ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ ކަންކަމާއި ދުރުހެލިވާން އެބަޖެހެއެވެ.

މިހާރަކަށް އައިސް ދޮގުހެދުން ޢާންމެވެފައިވާވަރުން ދޮގުހަދަން ބިރުގަންނަ މީހުން މަދުވެ ގިނައީ އެއީ ކުރެވޭ ފާއެއްކަމަށްވެސް ނުދެކޭ މީހުންނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން މުޅިން ނުބައި ވިސްނުމެކެވެ. ދަލީލަކީ މި ޙަދީޘްފުޅެވެ.

އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިކަން ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅުކުރައްވަވާފައިވަނީ 1. ޝަރީކުކުރުން 2 މައިންބަފައިންނަށް ނުކިޔަމަންތެރިވުން (އެމީހުންގެ ޙައްޤުތައް އަދާނުކުރުން، ކުރަންޖެހޭ އިޙްތިރާމް ނުކުރުން) 3 ޝަރުޢީ ޙުކުމަކާ ނުލާ މީހުން މެރުން 4 ދޮގުހެކިދިނުން ކަމަށެވެ.

ދޮގުހެކި ދިނުމަކީ ހަމައެކަނި ޝަރީޢަތުގެ މަޖިލީހުގައި ދޮގުހެކި ދިނުމެއް ނޫނެވެ. ދިރިއުޅުމުގެ ކަންކަމުގައި ބައިވެރިޔާއަށް ދޮގުހެދުމަކީވެސް ދޮގުހެކި ދިނުން ކަމަށް ބައެއް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން ާ

މިއަދު އޮންލައިން