ދަރިފުޅާއެވެ. ދަރިފުޅުގެ ކިބައިގައި ތަނަވަސްކަން ހުރީތީ ބައެއް ފިރިހެނުން ދަރިފުޅުގެ ހިތް އަތުލައިގަތުމަށްޓަކައި އެމީހުންނަކީ ވަރަށް ހިތްހެޔޮ މަޑުމައިތިރި އަދި ކެތްތެރި ބައެއްކަމަށް ދައްކައިފާނެއެވެ. ދަރިފުޅު ބުނާ ކޮންމެ ބަހަކަށް ރުހި ކުރާ ކޮންމެ ކަމަކަށް ތައްރީފްކޮށްފާނެއެވެ.
އެފަދަ މީހުންގެ ޙަޤީޤަތް މުޅިން ތަފާތުވާނެއެވެ. އެމީހުންގެ ޙަޤީޤީތަށް ބަލައިފިނަމަ އެދައްކާ އެއްވެސް ސިފައެއް އެމީހުންގެ ކިބައަކުން ނުފެންނާނެއެވެ. ފެންނާނީ އެއިގެ ދިމާ އިދިކޮޅު ސިފަތަކެވެ. އެކަންކަން އެނގޭނީ އެމީހުން ރުޅިއަރުވައިލުމުންނެވެ. ނޫނީ އެމީހުންގެ ބާރުގެދަށަށް ދަރިފުޅު ގެންދެވުމުންނެވެ.
ދެން ގިނަ އަންހެން ކުދިން ނަފްރަތުކުރާ އެއްކަމަކީ އިންޞާފާއި ޙައްޤުގެ ވާހަކަ ދެއްކުމެވެ. ޙައްޤަށް ބަސްބުނެ އިންޞާފުވެރިކަމާއިއެކު ކަންކަން ކުރަން އުޅުމުންނެވެ. އަދި އެމީހުންނަށް ލިބެންޖެހޭ ޙައްޤުތައް ލިބިގަންނަނަނަން މަސައްކަތްކުރުމުންނެވެ. ކުށެއްކޮށްފިނަމަ ތިއަކުރީ ކުށެއްކަމަށް ބުނުމުންނެވެ.
މިބުނި ގޮތަށް ކަންކަން ކުރާނަމަ އެއީ ވަރަށް ހަރުކަށި މީހަކުކަމަށްވެސް ވިސްނޭނެއެވެ. އަދި އެގޮތަށް ކަންކަން އެކުރަނީ ދަރިފުޅުދެކެ ލޯބިނުވާތީކަމަށްވެސް ވިސްނިދާނެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކައިވެނިކުރަންވާނީ ފަހުން މިބުނި ސިފަތައް ހުންނަ މީހަކާއިއެވެ.
ކޮންމެ ދެމަފިރިއަކަށްވެސް އެކުގައި އުފަލުގައި އުޅެވޭނީ ކުށެއް ކުރެވިއްޖެނަމަ އެކަން ޤަބޫލުކުރާނަމައެވެ. ޙައްޤަށް ބަސްބުނެ އިންޞާފުން ކަންކަން ކުރާނަމައެވެ. އަދި އަނެކާގެ ކިބައިން ކުށެއް ފެނިއްޖެނަމަ އެކަން ފާހަގަކޮށް އިޞްލާޙްކުރަން ބުނާނަމައެވެ. ކުށް ބަޔާންކޮށްދިނުމާއި ޙައްޤަށް ބަސްބުނުމާއި އިންޞާފުން ކަންކަން ކުރުމަކީ ހަރުކަށިވުމެއް ނޫނެވެ. އެއީ ޢަމަލުކުރަން ޖެހޭ ކަންކަމެވެ. އެކަންކަން ނުކުރާ މީހަކު ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ.
އަދިކީއްހެއްޔެވެ؟ އެފަދަ މީހަކު ފިރިއަކަސް ލިބިއްޖެނަމަ ދަރިފުޅާއިމެދު ނުޙައްޤުން ނުވަތަ ބޭއިންޞާފުން މީހަކު ކަމެއް ކޮށްފިނަމަ ދަރިފުޅުގެ ދިފާޢުގައި ތެދުވާނެއެވެ. ބަސްބުނާނެއެވެ. ކުރަންޖެހުނު ކަމެއްވެސް ކުރާނެއެވެ.
ދަރިފުޅަށް ބައިވެރިއަކު އިޚްތިޔާރުކުރުން އޮތީ ދަރިފުޅުގެ އަތްމަތީގައެވެ. ބައްޕަ މިބުނެދިނީ ކަންކަން މެދުވެރިވާނެ ގޮތެވެ. ޢުމުރަށް ހިތްދަތިކަމުގައި އުޅެންޖެހުމާއި އުފަލުގައި ޢުމުރު ހޭދަކޮށްލިބުން އޮތީ ދަރިފުޅު އިޚްތިޔާރުކުރާ ގޮތެއްގެ މައްޗަށެވެ.
މިއީ ތަނަވަސް، ހަރުދަނާ ބައްޕައަކު އޭނާގެ ދަރުފުޅަށް ދިން ނަޞީޙަތެވެ. މިނަބޞީޙަތް އޭނާގެ ދަރިފުޅު ސޯޝަލް މީޑިއާގައި ޢާންމުކުރުމުން ދުނިޔޭގެ ކަންކޮޅުތަކުން އެތައް މިލިއަން ބައަކު ވަނީ ބަލައިގަނެ ތަޢްރީފްކޮށްފައެވެ.
- މިއަދުނޫސް