ޢަޞްރުނަމާދު ނުކުރީމާ ވާގޮތް އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޢަޞްރުނަމާދު ނުކުރީމާ ވާގޮތް އެނގޭހެއްޔެވެ؟

ކޮންމެ ނަމާދަކީވެސް ސަމާލުކަންދީގެން ކުރަންޖެހޭ ނަމާދެކެވެ. އެންމެ ގިނަ ބަސްފުޅުތައް އެނގެން ހުރީ ފަތިސްނަމާދާއި އަދި ޢަޞްރުނަމާދާއިބެހޭގޮތުންނެވެ. އެހެންވެ ދީނީ ޢިލްމްވެރިންވެސް މި 2 ނަމާދުގެ ވާހަކަ ދެއްކެވުން ގިނަކުރައްވައެވެ. 

އަހަރެމެންގެ ތެރެއިން އެއްބައަކީ ހީވާގިވެ ފަތިހު ތެދުވެ ފަތިސްނަމާދުކުރުމުން ދުވަސްފަށާ މީހުންނެވެ. ހެނދުނުގެ ޛިކުރުތައްވެސް ކިޔަވައެވެ. ނަމަވެސް އިރުއޮއްސުމުގެކުރިން އޭނާގެ ހުރިހާ ޢަމަލުކެއް ބާޠިލްވެގެންދެއެވެ. އޭނާ އަމިއްލައަށް އޭނާގެ ޢަމަލުތައް ބާޠިލްކޮށްލާތީއެވެ.  

އެއީ ކިހިނެއްވާނެ ކަމެއްތޯ ސުވާލުނުކޮށް ޙަދީޘްފުޅޫން ޖަވާބުލިބިގަންނާށެވެ.  

The Messenger of Allah (Allah bless him and give him peace) said,

“If someone fails to pray the ‘Asr prayer, his actions will come to nothing.” 

[Bukhari]

"ޢަޞްރް ނަމާދު ނުކުރެވުނު މީހާގެ ޢަމަލުތައް ބާޠިލްވެއްޖެއެވެ." 

އަދިވެސް ވިސްނައިލާށެވެ! ދުވަސްފެށީ އެންމެ ރަނގަޅު ގޮތުގައެވެ. ނަމަވެސް އިރުއޮއްސުމުގެ ކުރިން އެޢަމަލުތައް ބާޠިލްވާނަމަ ތިމާއަށް ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ޢަޞްރު ނަމާދު އެޅުމުގެ ބޮޑުކަން ބަޔާންކުރައްވަވަމުން ޢަޞްރު ނަމާދު އެޅުމަކީ މީހާގެ މުޅި ދިރިއުޅުން، ގޯތި ގެދޮރާ މުދައުތައް އަނދައިގެން ދިއުން ފަދަ ކަމެއްގެ ގޮތުގައި މާނަކުރައްވަވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

ބައެއް މީހުންނަށް ވާގޮތަކީ ފަތިހު ހޭލެވުނީތީ މެންދުރުފަހު ނިދަނީއެވެ. ޢަޞްރު ނަމާދުވެސް ނުކުރެވިދަނީއެވެ. އެހިސާބުން އޭނާގެ ހުރިހާ ޢަމަލުތައް ބާޠިލްވެގެންދަނީއެވެ. އިފްލާޞްކުރެވިފައި ހުރި މީހެއް ފަދައިން ވެގެންދަނީއެވެ.  

ޢަޞްރު ނަމާދުގެ ޖަމާޢަތް ދޫކޮށްލަން ހެޔޮ ނުވާނެއެވެ. އެއީ ތިބާގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާ 2 ވަނަ ފުރުޞަތެވެ. ތިބާގެ ކަންކަން ބަލަހައްޓަވަން ތިބެވި މަލާއިކަތުން ފަތިސްނަމާދަށްފަހު ދެންނެވީ ތިބާ ހީވާގިވެ ފަތިސްނަމާދުކުރި ކަމަށެވެ. ޢަޞްރު ވަގުތުގެ މަލާއިކަތުންނަށް ދަންނަވަން މިޖެހެނީ ތިބާ އޮތީ ކަންނެތްވެ ނިދާފައި ކަމަށެވެ. މިކަންކަން ދެކޮޅުޖެހޭ ހެއްޔެވެ؟ ވީމާ އަމަލުތައް އިޞްލާހްކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތީ ދަރަޖަ ހޯދަން މަސައްކަތްކުރާ މީހަކަށް ވާށެވެ. އެކަން ކުރެވޭނީ މިކިޔައިދިން ކަންކަމަށް ސަމާލުކަންދީގެންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން