މުސްލިމަކަށް ތަޤްވާވެރިކަން އިތުރުކުރެވިއްޖެނަމަ މިއަންހެނާއަށްވުރެ މާބޮޑު އުފާވެރިކަމެއް ލިބޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މުސްލިމަކަށް ތަޤްވާވެރިކަން އިތުރުކުރެވިއްޖެނަމަ މިއަންހެނާއަށްވުރެ މާބޮޑު އުފާވެރިކަމެއް ލިބޭނެ! އިން ޝާ ﷲ

އަހުރެމެންނަކީ މުސްލިމުންނެވެ. މުސްލިމުން ކަމުގައިވުމަކީ އުފާވެރިކަން ބޭނުންނުވާނެ ސަބަބެއް ނޫނެވެ. އެހެނީ ކޮންމެ އިންސާނަކީވެސް އުފާވެރިކަން ބޭނުންވާނެ މީހެކެވެ. މުސްލިމަކަށްވުމަކުން އެކަމުން އިސްތިސްނާއެއް ނުވެއެވެ. ކާފިރުންނާއި ތަފާތުވަނީ އުފާވެރިކަން ލިބިގަންނަން މަސައްކަތްކުރަން އޮތްގޮތެވެ. ކުރަންވީ ކަންތަކެވެ. 

އެއްވެސް ޝައްކެއް ނެތެވެ. ހިތްތަކަށް އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާ ހަނދުމަކުރުން ގިނަކުރިވަރަކުންނެވެ. އެކަން ކުރެވޭނީ ތަޤްވާވެރިކަން އިތުރުކުރެވޭ ވަރަކުންނެވެ. ވީމާ އަހުރެމެން މަސައްކަތްކުރަންވީ ތަްްވާވެރިކަން އިތުރުކުރުމަށެވެ. 

މިގެނެސްދެނީ އަލަށް އިސްލާމްވި އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. މުސްލިމެއްގެ ތަޤްވާވެރިކަން އިތުރުކުރެވިއްޖެނަމަ މިއަންހެނާއަށްވުރެ މާބޮޑު އުފާވެރިކަމެއް ލިބޭނެއެވެ! އިން ޝާ ﷲ  

އެންމެން އަޑުއަހާށެވެ! މިއަދުން ފެށިގެން ހުރެންނަކީ ޤުރްޢާން ކިޔަވާ ކްރިސްޓިއަނެއް ނޫނެވެ. އަހުރެން ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޝަހާދަތް ކިޔައިފީމެވެ. ޤުރްއާން ކިޔަވާ މުސްލިމެކެވެ. އަލްޙަމްދު ލިﷲ

އަހުރެންނަށް ތަޢާލާ ތެދުމަގު ދައްކަވައިފިއެވެ. ދުނިޔޭގައި އަހުރެން ލެއްވެވި މަޤްޞަދު އަންގަވައި ދެއްވަވައިފިއެވެ. އެހެންވެ މިއަދުން ފެށިގެން ދިރިހުންނާނީ އަހުރެންގެ ވާޖިބު އަދާކުރުންމަތީގައެވެ. އިން ޝާ ﷲ. އަލްޙަމްދު ލިﷲ.  

މިއަދަކީ އަހުރެންގެ ޙަޔާތުގައި އެންމެ ބޮޑު އުފާވެރިކަމެއް ލިބުނު 3 ވަނަ ދުވަހެވެ. ފުރަތަމަ ދުވަހަކީ ކައިވެނިކުރި ދުވަހެވެ. 2 ވަނަ ދުވަހަކީ ދަރިއަކު ލިބުނު ދުވަހެވެ. 3 ވަނަ ދުވަސްކަމުގައިވީ މިއަދަކީ ކުރީގެ ދެދުވަހަށްވުރެވެސް މާއުފާވެރި ދުވަހެކެވެ. ސަބަބަކީ އަހުރެންނަށް ނަރަކައާއި ދިމާލަށް ދެވެމުން ދަނިކޮށް މިއަދަކީ އަހުރެންގެ މިސްރާބް ސުވަރުގެއަށް ސީދާކުރެވުނު ދުވަސްކަމުގައިވާތީއެވެ.  

ފިރިމީހާ އާއި ދަރިންނަކީ ދުނިޔޭގައި ލިބޭ ވަޤުތީ އުފާވެރިކަމެކެވެ. ކޮންމެ އިރަކުވެސް ވަކިވެ ގެއްލިގެން ހިނގައިދާނެއެވެ. އަހުރެންނާއި ވަކިވެވޮޑިނުގެން އަބަދުވެސް ދެމިވޮޑިގެންވާނީ ﷲ ތަޢާލާކަން މިއަދު އަހުރެންނަށް މިވަނީ ޔަޤީންކުރެވިފައެވެ. އެކަމުން ލިބުނު އުފާވެރިކަމުގެ ބޮޑުކަމުން މުޅި ޖައްވުވެސް ވަނީ ފުރިފައެވެ. އެހައި ބޮޑު އުފާވެރިކަމެއް މިއަދު އިޙްޞާޞްކުރެވިއްޖެއެވެ.  

ޢިބްރަތް ޙާޞިލްކުރައްވާށެވެ! މިއީ އަލަށް އިސްލާމްވި، ކުރިން ކްރިސްޓިއަން ޒުވާން އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ.   

މިއަދު އޮންލައިން