އަންހެނުންނަށް އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކުރެވޭނެ މީހުން- ނޫރުސޫރަތުން-

ކިޔުމަށް ހޭދަވާނީ 8މ 46ސ
އަންހެނުންނަށް އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކުރެވޭނެ މީހުން- ނޫރުސޫރަތުން-

ޢާއިޝަތު ރަފާޙް ޢަލީ

 

 

· އަންހެނުންނަށް އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކުރެވޭނެ މީހުން: 

ﷲ ތަޢާލާ ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 

وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾‏ 

މާނައީ: "އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ. (31)" 

މިއާޔަތުގައި ބަޔާން ކުރައްވާފައިވާގޮތުން: 

1.    ފިރިން: އެއީ ޝަރުޢީ ގޮތުން ކައިވެނީގެ ޢަޤްދަކުން ގުޅިފައިވާ މީހުން

2.    ބަފައިން: އެގޮތުން ބައްޕައާއި ބައްޕަ ފަރާތު ކާފައާއި މުނިކާފަވެސް ހިމެނޭ

3.    ފިރިންގެ ބަފައިން: ފިރިންގެ މަންމައާއި ބައްޕަ ފަރާތު ކާފައާއި މުނިކާފަ ހިމެނޭ

4.    ފިރިހެން ދަރިން

5.    ފިރިންގެ ފިރިހެން ދަރީން: އެގޮތުން މާމަ ދަރިންނާއި މުނިމާމަ ދަރީން ހިމެނޭ(އަންހެން ދަރިން އަދި ފިރިހެން ދަރީން، އަމިއްލަ ދަރިން އަދި ދޮން ދަރީން ވެސް ހިމެނޭ)

6.    އަޚުން: އެއްބަނޑު އެއްބަފާ އަޚުން، އެއްބަނޑު އަޚުން، އަދި އެއްބަނޑު އަޚުން ހިމެނޭ

7.    އަޚުންގެ ފިރިހެން ދަރީން: އެއްބަނޑު އެއްބަފާ އަޚުންގެ ފިރިހެން ދަރީން، އެއްބަނޑު އަޚުންގެ ފިރިހެން ދަރީން، އަދި އެއްބަފާ އަޚުންގެ ދަރީން ހިމެނޭ(ދަރިން އަދި ދަރީންގެ ދަރީންވެސް ހިމެނޭ) 

8      އަޚުން: އެއްބަނޑު އެއްބަފާ އަޚުން، އެއްބަނޑު އަޚުން، އަދި އެއްބަނޑު އަޚުން ހިމެނޭ

9      އަޚުންގެ ފިރިހެން ދަރީން: އެއްބަނޑު އެއްބަފާ އަޚުންގެ ފިރިހެން ދަރީން، އެއްބަނޑު އަޚުންގެ ފިރިހެން ދަރީން، އަދި އެއްބަފާ އަޚުންގެ ދަރީން ހިމެނޭ(ދަރިން އަދި ދަރީންގެ ދަރީންވެސް ހިމެނޭ)

10  އެކަނބަލުންގެ ތެރެއިން ވާ އަންހެނުން: ޢިލްމުވެރީންގެ މެދުގައި މިކަމާ މެދު އިޚްތިލާފް އުފެދިފައިވޭ، (އިބްނު ޢައްބާސް، މުޖާހިދު އަދި ޖުރައިޖު ދެކެވަޑައިގަންނަވާ ގޮތުގައި މިތާނގައި ވާ އަންހެނުންގެ މުރާދަކީ މުސްލިމް އަންހެނުންނެވެ. އަދި ޣައިރު މުސްލިމުން (ޛިންމީން އަދި ޛިންމީން ނޫން މީހުން ނުހިމެނެއެވެ.) އަނއްބައި ޢިލްމުވެރީން ދެކެވަޑައިަގންނަވާ ގޮތުގައި އެއްވެސް އިސްތިސްނާ ކުރެއްވުމެއް ނެތި ހުރިހާ އަންހެނުން ހިމެނެއެވެ. މިބައިގައި ހިމެނެެނީ( އިބްނު ރާޒީ އާއި އަދި ބައެއް އެހެން ބޭކަލުންނެވެ.)

11  މިލްކުވެގެންވާ އަޅުން: ޢިލްމުވެރީންގެ ތެރޭގައި މިކަމަށްވެސް ވަރަށް ގިނަ ރައުޔު ވެއެވެ. ނަމަވެސް އަޅުގަނޑު މިތަނުގައި 2 ރައުޔެއް ފާހަގަ ކޮށްލާނަމެވެ. (އިބްނު މަސްޢޫދު، މުޖާހިދު، ޙަސަނުލް ބަޞަރީ، އިބްނު ސީރީން، ސަޢީދު ބިން މުސައްޔިބް، ތާޢޫސް އަދި އިމާމް އަބޫ ޙަނީފާ އާއި އެއްބައި ޢިލްމުވެރިންގެ ބަސްފުޅަކީ އަންހެނަކަށް މިލްކުވެގެންވާ ކޮންމެ ދީނަކަށް ނިސްބަތްވިނަމަވެސް، އަޅު އަންހެނުންގެ ވާހަކަ ކަމަށެވެ. އަޅު ފިރިހެނުންނާ މެދު ޢަމަލު ކުރާނީ ޣައިރު މަހްރަމް މިނިވަން ފިރިހެނުންނާ މެދު ޢަމަލުކުރާ ގޮތަށް ކަމަށެެވެ. އިމާމް ޝާފިޢީވެސް މިރައުޔަށް ތާޢީދު ކުރައްވައެވެ.  ދެވަަނަ ރައުޔަކީ އަޅު އަންހެނުންވެސް އަޅު ފިރިހެނުންވެސް ޢިލްމުވެރިން ހިމަނުއްވާކަމެވެ. މިރައުޔަށް ޢާއިޝަތުގެފާނު، އުއްމު ސަލަމާ، އިމާމް ޝާފިޢީ އަދި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަހްލުބައިތުންގެ ތެރެއިން ބައެއް ބޭކަލުން ނެންގެވި ރައުޔެކެވެ.

12     އުޚްތުންގެ ފިރިހެން ދަރީން: އެއްބަނޑު އެއްބަފާ، އެއްބަފާ އަދި އެއްބަނޑު އުޚްތުންގެ ފިރިހެން ދަރީން އަދި ދަރީންގެ ދަރީންވެސް ހިމެނޭ

13     ފިރިހެނުންގެ ތެރެއިން އެދުންވެރިކަން ނުހުންނަ މީހުން: މިކަމުގައި ދެ ޝަރުޠެއް ހިމެނޭ މީހަކު މިކަމުގައި ހިމެނޭނެއެވެ. އެގޮތުން ފުރަތަަމަ ޝަރުޠަކީ ގެންގުޅޭ މީހަކަށްވުމެވެ.ދެވަނަ ޝަރުޠަކީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެދުންވެރިކަން ނެތުން( މުސްކުޅި ޙާލަތައް ދިޔުން ނުވަތަ ބަލިުޙާލަތު ހުރިގޮތުން) 

14     އަންހެނުންގެ ޢައުރަ ނޭނގޭ ތުއްތުކުދީން"

 

 

މިއަދު އޮންލައިން