އޮޅުވައިލީމަ މީހެއްގެ އަންތބަކަށް އިނދެ މީހެއްގެ ފިރިއަކާ ހިތާވެވިއްޖެނަމަ ޙައްލަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އޮޅުވައިލީމަ މީހެއްގެ އަންތބަކަށް އިނދެ މީހެއްގެ ފިރިއަކާ ހިތާވެވިއްޖެނަމަ ޙައްލަކީ ކޮބާ؟

އޭނާ އޮޅުވައިލީމަ މީހެއްގެ އަންތބަކަށް އިނދެ މީހެއްގެ ފިރިއަކާ ހިތާވެވިއްޖެނަމަ ޙައްލަކީ ކޮބާ؟  

ކިޔުންތެރިޔާގެ މިސުވާލަށް މިދެނީ ތަޖުރިބާކާރު އެމެރިކާގެ ޢިލްމްވެރިއަކު ދީފައިވާ ޖަވާބެކެވެ.  

އޭނާ ދޮގުހަދައި އޮޅުވާލިކަން އެނގުމުން ތިއޮތީ އޭނާއާއި ވަކިވާން ރަނގަޅު ފުރުސަތެކެވެ. އޭނަ ކަލެއަށް ދޮގު ހަދާތީ. ލޯބިވުމަކީ ބުއްދިވެރި ނޫނެވެ. ހިތްދަތިކަން އޮތީ ތިބާއަށެވެ. އޭނާއަށް އެ ހުރިހާ ކަމެއް ނިންމާލައި، ދުވަހަކުވެސް ނުވާކަމަކަށް ހަދައިލެވޭނެއެވެ. އޭނާގެ ހަނދާނުން ތިބާ ފޮހެލެވޭނެ ދުވަހަށް އަމިއްލައަށް ތައްޔާރުވާށެވެ!  އެ ދުވަހު ލިބޭނެ ހިތްދަތިކަމަކީ ބަޔާން ނުކުރެވޭ ވަރުގެ ކަމެއް ކަމުން ދިރިއުޅުމުގެ ކޮތަޅުތައް އެކަނި ނަގަން ޖެހޭނީ އަބަދުވެސް އަންހެނުންނަށެވެ. ތިއައީ ލޯތްބަކީ ހަގީގީ ލޯތްބެއް ހެއްޔެވެ؟ އޭނާ ތިބާގެ ކިބައިން ތަޖުރިބާކުރަން ބޭނުންވާ ކަންކަން  ތަޖުރިބާކުރެވުމާއިއެކު ތިބާއަށް ނުވެސް ފެންނާނެއެވެ. ފޯނުންވެސް ބައްދަލެއް ނުވާނެއެވެ. މިބުނާ ޙާލަތުގައި ކައިވެނިކޮށްގެން އުޅޭ ފިރިހެނުން ގާތްގަނޑަކަށް އަބަދުވެސް އިޚްތިޔާރުކުރާނީ އަނބިމިހާއެވެ!  

ތިބާދެކެ ޙަޤީޤީ ލޯބިވާނަމަ އޮޅުވައެއް ނުލާނެއެވެ. ދޮގެއްވެސް ނުހަދާނެއެވެ. ދޮގުހެދުމަކީ ފޭކް ކަމެކެވެ. ދޮގުހަދާނީވެސް ފޭކް މީހުންނެވެ. މަޅީގައި ޖެހި އޮޔާދާނީ އަންހެނުންނެވެ. މިވަރަށް ބުނެދިނީމާ ގޮތް ނިންމަން އަމިއްލައަށް އެނގެންވާނެއެވެ.

-ޖަވާބު ނިމުނީ  

އޭނާ ހުރި ޤައުމަށް ނުބަލާށެވެ! އޭނާ ބުނެފައި އެވަނީ ވަރަށް ބުއްދިވެރި ބަސްކޮޅެކެވެ. ޙައްލު އެއޮތީ ފެންނާށެވެ. އެއީ ބޮޑު ދެރައެއް ނުލިބެނީސް އަވަހަށް ތިއަކަމުން ސަލާމަތްވެ ފިރިމިހާއާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ. ވީމާ ކިޔުންތެރިޔާއަށް މިވަރުން ފުދިލައްވާނެ ކަމަށް ހީކުރަމެވެ.

މިއަދު އޮންލައިން