އެންމެ ގާތް އެކުވެރިއަކަށް ނަމާދު ހަދައިފިފިނަމަ ކުރާނެ އެންމެ ބޮޑު ފައިދާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެންމެ ގާތް އެކުވެރިއަކަށް ނަމާދު ހަދައިފިފިނަމަ ކުރާނެ އެންމެ ބޮޑު ފައިދާ!

ކުރިމަތިވެފައިވާ މައްސަލަތައް ގިނަވެގެން ޝަކުވާކުރާ މީހުންނަށް ބުނެލަން އޮތީ އެންމެ ގާތް އެކުވެރިއަކީ ނަމާދުކަމަށް ހަދާށެވެ. އެންމެ ގާތް އެކުވެރިއަކަށް ނަމާދު ހެދުމަކީ ވަޤުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަތުމާއި ނަމާދަށް ދޭންޖެހޭ ސަމާލުކަންދީގެން ނަމާދުކުރުމެވެ.

އެހެންވެ ތިބާ އާއި ކޮށްލަން އޮތް ފުރަތަމަ ސުވާލަކީވެސް ތިބާ ފަރުޞު 5 ނަމާދުކުރަން ހެއްޔެވެ؟ ނަމާދުގައި ޚުޝޫޢަތްތެރިވަންހެއްޔެވެ؟

ނަމާދު ވަޤުތުޖެހުމުން އަމިއްލަ ނަފްސަށް ނަމަވެސް ބުނާށެވެ! ނަމާދުކޮށްފައި ނޫނީ އަހުރެން އިތުރަށް އެއްވެސް ކަމެއް ނުކުރާނަމެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަން މާމަތިވެރިއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވާންޖެހޭ މިންވަރު މާބޮޑެވެ.

މިމޭރުމުން ބުނެފައި ޢަމަލުކުރާ މީހަކަށްވާށެވެ! ސުންނަތް ނަމާދުތައްވެސް ކުރަން ފަށާށެވެ! އިސާހިތަކު މައްސަލަތައް ފިލައިދާނެއެވެ. އަދި ނުފިލައި މައްސަލައެއް ހުރިނަމަވެސް އެއީ މައްސަލައެއް ކަމަށް ޤަބޫލުކުރެވި ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެއީ މައްސަލައެއް ނޫންކަމަށް ތިބާއަށް އިޙްޞާޞްކުރެވޭވަރަށް އެމައްސަލައެއް ކުޑަވެގެންދާނެއެވެ. އިން ޝާ ﷲ

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަންގިއަކީ ﷲ ތަޢާލާގެ ބަސްފުޅެވެ. ކާމިޔާބު ލިބިގަންނަން އަންނަން ބަންގީގައި އެގޮވަނީ ނަމާދު ކުރުމުން ކާމިޔާބީ ދެއްވަވާނެތީއެވެ. ވީމާ މިދެއްކި ވާހަކަތަކަށް ޝައްކުރާނެ އެއްވެސް ޖާގައެއް ނުއޮންނާނެއެވެ.

މައްސަލަތައް ގިނަވާ ފުރަތަމަ ސަބަބަކީ ނަމާދުނުކުރެވުމެވެ. ދެވަނަ ސަބަބަކީ ނަމާދުކުރިނަމަވެސް ޚުޝޫޢަތްތެރި ނުވެވުމެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރާ މީހަކަށް މައްސަލަތައް ގިނަވެ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން