މަންމަގެ ހިތުގަ ޖެއްސުވޭ ދަރިން ކޮންމެހެން ކިޔައިލަންވާނެ ޙަޤީޤަތެއް! ވަރަށް އަގުހުރި ނަޞީޙަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
މަންމަގެ ހިތުގަ ޖެއްސުވޭ ދަރިން ކޮންމެހެން ކިޔައިލަންވާނެ ޙަޤީޤަތެއް! ވަރަށް އަގުހުރި ނަޞީޙަތެއް!

އެކުވެރިޔާއެވެ! ތިބާގެ މަންމައަށް ނުބައިބަސްތައް ތިއަ ބުނެވެނީ ތިބާގެ މަންމަ ތިބާގެ ގާތުގައި އަދިވެސް ހުރީތީއެވެ. އެހެންވެ މަންމަ ދުނިޔޭގައި ނެތުމުން ހިތާމަކުރަމުން ގެންދާ ދަރިންގެ އިޙްޞާޞްތައް ތިބާއަށް ނުވިސްނެނީއެވެ. އަހުރެން ވިހާފައި މަންމަ މަރުޥިއެވެ. އެހެންވެ އަހުރެންނަކަށް އަހުރެންގެ މަންމައެއް ނުފެނެއެވެ. އެކަމަށްޓަކައި އަހުރެން ކުރަމުން މިގެންދާ ހިތާމަ އެނގޭނީ އަހުރެންނަށެވެ. މިޙާލަތު ކުރިމަތިވެފައިވާ ދަރިންނަށެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ބަނޑުގައި 9 މަސްދުވަހު ގެންގުޅެ އުފަންކުރަނީ ލިބެން އުޅޭ ދަރިފުޅުގެ ސިފަވެސް ނުއެނގިހުރެއެވެ. އެއީ ނުކުޅެދުންތެރިއަކަށްޗެދާނެކަމަށްވެސް ޖެހިލުމެއް ނެތިއެވެ. ދެން ނިކަން ވިސްނައިލަބަލާށެވެ! ނުކުޅެދުންތެރިކަން ހުންނަ ދަރިން ބަލަމުން ގެންދަނީ ކޮންބައެއް ކަމާއިމެދުގައެވެ. ގިނަވާނީ މައިން ބަލާ ދަރިންނެވެ. ޚަރަދާއި މަސައްކަތް ބޮޑުވުމުން ގިނަ ފަހަރު ބައްޕަ ވަކިވެގެންދެއެވެ. ނަމަވެސް ދަރިފުޅަށްޓަކައި މައިން އެގެންދަނީ ފަތަމުންނެވެ. 

ދެން ނިކަން ވިސްނައިލަބަލާށެވެ! ދަރިއަކު އުފަންވެ ބޮޑުވާއިރު، ބޮޑުވެ ކިޔަވައި ނިމި ވަޒިފާއަދާކުރަންފަށާއިރު ކިތައް ހާސް ކުށް ކުރެވިފައިވާނެ ހެއްޔެވެ؟ މަންމަ އެހުރީ އެހުރިހާ ކުށްތަކަށް މާފުކޮށްގެންނެވެ. އެކަމަކު ތިބާއަށް ތިއުޅެނީ މަންމައަށް ކުރެވުނު އެންމެ ކުށަކަށް މާފުނުކުރެވިގެންނެވެ. އަޅެފަހު ތިބާއަކީ އިންސާނެއް ހެއްޔެވެ؟  

އަހުރެން އަޑުއެހި ދަރުސެއްގައި ޝައިޚް ވިދާޅުވިއެވެ. "މައިންގެ ހިތުގައި ޖައްސުވާ މީހުންނަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ ބައެއް ނޫނެވެ. އެހެނީ ޤުރްއާނުގައި ﷲ ތަޢާލާގެ ނަންފުޅާއި ވިއްދައިގެން މައިންބަފައިންނަށް ލޯބިވެ ހެޔޮކޮށްހިތައި އަޅާލުމުގެ ވާހަކަ ވަނީ ގެންނަވައިފައެވެ. މިއީ ޢާދައިގެ ކަމެއް ކަމަށް ހީވެސް ނުކުރާށެވެ!  

އެކުވެރިޔާއެވެ! ވިސްނާށެވެ! މަންމަގެ އަގު މިހައި ބޮޑުވެފައި މަންމަގެ ދަރަޖަ މިހައިމަތިވެރިއިރު އެމަންމަގެ ހިތުގައި ޖައްސުވަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ދެންވެސް އަވަހަށް ތައުބާވާށެވެ! މަންމަގެ ކިބައިން މާފަށް އެދި ހިތްޙަލާލް ހޯދާށެވެ!   

މިއީ އެކުވެރިއެއްގެ ގެއަށް ދެވުނުއިރު އޭނާ މަންމައަށް ނުބައިބަސްތައް ބުނެ ހިތުގައި ޖައްސުވާތަން ފެނުމުން ދިން ނަޞީޙަތެކެވެ. އަހުރެން ބުނާނީ މިއީ ވަރަށް އަގުހުރި ނަޞީޙަތެއް ކަމަށެވެ. ކޮންމެ ދަރިއަކަށްވެސް އޮތީ މިނަޞީޙަތް ޤަބޫލުކޮށް ޢަމަލުކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން