78 އަހަރު އަލަތުފިރިމީހާއާއިއެކު އުފަލުގަ ހޭދަކުރި އަންހެނަކު ލޯތްބާއި އަދި ލޯބިވުމާއިމެދު ދެކޭގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
78 އަހަރު އަލަތުފިރިމީހާއާއިއެކު އުފަލުގަ ހޭދަކުރި އަންހެނަކު ލޯތްބާއި އަދި ލޯބިވުމާއިމެދު ދެކޭގޮތް!

އަހުރެންނަކީ 100 އަހުރުފުރެން ގާތްވެފައި ހުރި މުސްކުޅި އަންހެނަކީމެވެ. އެންމެ މުސްކުޅި އަންހެނަކީމެވެ. އަހުރެންގެ ޙަޔާތުގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. އެއްވެސް މީހަކު އެއްވެސް މީހަކު ދެކެ ލޯތްބެއް ނުވާނެއެވެ. ކޮންމެ މީހަކުވެސް އަނެކާދެކެ ލޯބިވާނީ ކޮންމެވެސް ސަބަބަކާއިހުރެއެވެ.  

މިޘާލަކަށް މަތީ ދަރަޖަ، ތަނަވސްކަން، ރިވެތި އަޚްލާޤް، ހިތްހެޔޮކަން ފަދަ ސަބަބުތައް ހިމެނެއެވެ. މިތަނުން މަތީދަރަޖައާއި ތަނަވަސްކަން ލިބުމުގައި އެމީހެއްގެ އެއްވެސް ބާރެއް ނެތިދާނެއެވެ. ނަމަވެސް ހިތްހެޔޮކަމާއި ރިވެތި އަޚްލާޤަކީ ކޮންމެ މީހަކަށްވެސް ލިބިގަނެވިދާނެ ދެސިފައެވެ.  

ދެން ބަލަންވީ ރީތިކަމުގެ ސިފައާއިހުރެ ލޯބިވާ މީހުންނަށެވެ. އެއްވެސް ލޯތްބެއްގައި ގަރަންޓީއެއް އޮތްކަމަށް ބުނަނީއެއް ނޫނެވެ. އެކަމަކު ސިފަރީތިވެގެން ވާލޯތްބަކީ އެންމެ ޢުމުރުކުރު، އެންމެ ފަސޭހައިން ފަނޑުވެގެންދާ ލޯތްބެވެ.  

އަހުރެން ނިޞްބަތްވަނީ ފްރާންސަށެވެ. ފްރާންސަކީ ރީތިވުމަށް މޭކަޕްކުރަން އެންމެ ކުރީގައި އޮތް އެއް ޤައުމެވެ. އެކަމަކު ބުނަންހެއްޔެވެ؟ އަހުރެން ދުވަހަކުވެސް މޭކަޕެއް ނުކުރަމެވެ. އެންމެ ކުޑަމިނުން ތުންފަތުގައިވެސް ކުލައެއް ނުޖައްސަމެވެ. އެކަމަކު އަހުރެންގެ އަލަތު ފިރިމީހާއާއިއެކު 78 އަހަރު ލޯބިން ދިރިއުޅެވުނެވެ. ލޯބިވުމާއި ލޯބިލިބުން ނިމުނީ މީގެ 3 އަހަރު ކުރިން އޭނާ މަރުވުމުންނެވެ.  

އަހުރެންގެ މިވާހަކަކޮޅުގައި ފިލާވަޅެއްވާނަމަ ދަސްކުރާށެވެ! ޢަމަލުކުރާށެވެ!

 

- ސޯޝަލް މީޑިއާއިން / މިއަދުނޫސް

މިއަދު އޮންލައިން