ތިބާގެ ފޯނުގެ ސަބަބުން ނަމާދަށް ހުރަސްއެޅުން ހުއްޓި އަދި މަސައްކަތަކާ ނުލައި ޘަވާބުގެ ބޮޑެތި ފުނިވަރުތައް ހޯދަން ފަސޭހަ ގޮތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާގެ ފޯނުގެ ސަބަބުން ނަމާދަށް ހުރަސްއެޅުން ހުއްޓި އަދި މަސައްކަތަކާ ނުލައި ޘަވާބުގެ ބޮޑެތި ފުނިވަރުތައް ހޯދަން ފަސޭހަ ގޮތެއް!

ނަމާދުކުރަން ވުޟޫކުރަން އުޅޭއިރަށް ވަރަށް ގިނަފަހަރު ކޮންމެވެސް ހުރަސްތަކެއް ކުރިމަތިވެއެވެ. ނަމާދަށް ފަށަން އުޅޭއިރަށްވެސް ހުރަސްތަކެއް ކުރިމަތިވެއެވެ. މުޅި ހެނދުނު ފޯނުކޯލެއް ނުލިބި ހުރެފައިވެސް ނަމާދުކުރަން އުޅޭއިރަށް ކޮންމެވެސް މީހަކު ފޮނުކުރާނެއެވެ. ނުވަތަ ކޮންމެވެސް ކަމެއް މެދުވެރިވެ ހުރަސް އެޅޭނެއެވެ. 

މިފަދަ ކަންކަން މެދުވެރިވާތީ ކަންބޮޑުވެ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. 

މިކަންކަމަކީ ހަމަ ވަރަށް ގިނައިން ކުރިމަތިވާ މައްސަލަތަކެވެ. އެލިބޭ ފޯނުކޯލްތަކުގެ މައްސަލަ ޙައްލުކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. ނުވަތަ ޙައްލުކުރަން އެންމެ ފަސޭހަގޮތަކީ ވުޟޫކުރަން ނުވަތަ ނަމާދުކުރަން ނިޔަތް ގަތުމަށްފަހު ފޯނަށް ނުބެލުމެވެ. ފޯނު ފްލައިޓް މޯޑަށްލާށެވެ. އަދި ނުވެސް ފެންނަ ތަނެއްގައި ބާއްވާށެވެ. 

ތިއަ މައްސަލަ ބޮޑުވެގެން މީހަކު ކޮށްގެން އުޅޭކަމެއްވެސް ބުނެފާނަމެވެ. އޭނާ ބޭނުންވުމުން ސައިލެންޓަށް ލާފައި ފޯނުގެ ރިންގޓޯން ބަދަލުކޮށްލަނީއެވެ. އެއީ މެސެޖެކެވެ. "އެކުވެރިޔާއެވެ! މިއީ ނަމާދު ވަޤުތެވެ! ނަމާދުކުރުމަށް އަވަސްވެގަންނާށެވެ! ނަމާދުކޮށްލައިގެން ވާހަކަދައްކަމާ ހިނގާށެވެ! މާތް ﷲ ތިބާއަށް ކާމިޔާބު ދެއްވަވާނެތެވެ! އިން ޝާ ﷲ"  

މި މެސެޖް ރެކޯޑްކޮށްފައި އޮންނަނީ އޭނާގެ އަޑުންނެވެ. އެމެސެޖްގެ ސަބަބުން އޭނާއަށް ލައްވަވާނެ އިތުރު ރަޙްމަތެއްވެސް ވެއެވެ. އެއީ ފޯނުކުރި މީހާއަށް ނަމާދުކުރަން ހަނދުމަކޮށް ދިނުމުން ދެއްވަވާނެ ޘަވާބެވެ. ކިޔުންތެރިޔާވެސް މިކަން ކޮށްލަންވީ ނޫންހެއްޔެވެ؟  

ދެން ބުނެލަން ބޭނުންވަނީ ނަމާދުކުރުމަށް ނިޔަތް ގަތުމަށްފަހު އިތުރު އެއްވެސް ކަމަކަށް ނުވެސް ވިސްނާށެވެ! ނުކުރެވި ހުންނަ ކަންކަން ނަމާދުކޮށްގެން ކުރަން ނިންމާށެވެ. އެގޮތަށް ޢަމަލުކުރަން ފެށުމުން ކިޔުންތެރިޔާގެ މައްސަލަ ޙައްލުކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ. އިން ޝާ ﷲ

 

 

 

 

މިއަދު އޮންލައިން