ޞިއްޙީ ބަލިކަށިކަމުން ސަލާމަތްވެވި އުފަލުގަ ދެމަފިރިންނަށް ގިނަ ދުވަހަށް ދެމިތިބެވޭނެ ގޮތް- ދިރާސާއިން: ޑރ. ޔޫނުސް ޢަލީ ދާދޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޞިއްޙީ ބަލިކަށިކަމުން ސަލާމަތްވެވި އުފަލުގަ ދެމަފިރިންނަށް ގިނަ ދުވަހަށް ދެމިތިބެވޭނެ ގޮތް- ދިރާސާއިން: ޑރ. ޔޫނުސް ޢަލީ ދާދޫ

ޞިއްޙީ ބަލިކަށިކަމުގެ މައްސަލައަކީ ދެމަފިރިންނަށްވެސް އޮންނަ މައްސަލައެކެވެ. ނަމަވެސް މިމައްސަލަ ގިނައިން ކުރިމަތިވަނީ ފިރިހެނުންނަށެވެ. އެހެންވެ ޒުވާން ގިނަ ދެމެފިރިންގެ ކަންކަމަށް ބެލިނަމަވެސް ޢާންމު ބަލިތަކަށް ބޭސްކުރަން ހޭދަކުރާ ފައިސާއަށްވުރެ އެތައް ގުނައެއް އިތުރަށް މިބުނި މައްސަލައިގައި ޚަރަދުކުރަންޖެހެއެވެ.  

މިމައްސަލައިގައި ޑޮކްޓަރުންގެ ޓީމަކުން ވަނީ ވަރަށް ފަހުން ވަރަށް ބޮޑެތި ދިރާސާތަކެއް ކޮށްފައެވެ. އެދިރާސާއިން އެނގުނު އެއްކަމެއް ބުނެލާނަމެވެ. އެއީ ބައިވެރިޔާ ނޫން މީހަކާ ގުޅުން ނުބޭއްވުމާއި ކައިވެންޏަށްފަހު އެއް މިނަކަށް ދެމަފިރިންގެ ގުޅުން ބޭއްވުން ކުރިއަށް ގެންދާނަމަ މައްސަލަ ވަރަށް ބޮޑަށް ޙައްލުވެގެންދެއެވެ. ގިނަ ދުވަހަށް އުފާވެރިކަން ދެމިގެންދެއެވެ. އަދި ގިނަ ބައަކަށް އެމީހުންގެ ޢުމުރާއި އެކަށީގެންވާ ގޮތަށް މުޅި ޢުމުރަށްވެސް ދެމިގެންދެއެވެ.  

މިކަންކަން އެނގުމުން އަހުރެން ފާހަގަކުރަން ބޭނުންވަނީ އަހުރެމެންގެ ދީން، އިސްލާމް ދީނުގެ މަތިވެރިކަމެވެ. ފުރަތަމަ ކަމަކީ ކައިވެނީގެ ބައިވެރިޔާ ނޫން މީހަކާއިއެކު ގުޅުން ހިންގުން ޙަރާމްވެގެންވާ ކަމެވެ. ދެވަނަ ކަމަކީ ދެމަފިރިން އެކުގައި އަވަހަށް ނިދުމަށް އޮތްކަމެވެ. އަދި ދެމަފިރިން އެއްދާން ކުރުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެއްގެ ގޮތުގައި ލައްވަވާފައިވާ ކަމެވެ.  

އަހުރެންގެ އެކުވެރި އަޚުންނާއި އުޚުތުންނޭވެ! ޒަވާޖީ ޙަޔާތުގެ ހުރިހާ ކަމެއްވެސް ދީނުގައި އޮތް ގޮތުގެ މަތިން ކުރިއަށް ގެންދާށެވެ. ހުރިހާ މައްސަލަތަކެއްގެ ޙައްލަކީވެސް އެއީއެވެ. މިބުނި ދިރާސާކޮށްފައިވަނީ މުސްލިމުންނެއް ނޫނެވެ. ނަމަވެސް އެމީހުންގެ ދިރާސާޢަށްފަހު ހާމަކޮށްފައި އެއޮތީ މުސްލިމުން ޢަމަލުކުރަން އޮތް ގޮތެވެ.

 

- ޑރ. ޔޫނުސް ޢަލީ ދާދޫ

މިއަދު އޮންލައިން