އަހުރެން މިދުޢާ މިކުރަނީ ތިބާއަށެވެ! ތިބާ ބޭނުންވާ މީހަކަށް ހިތުލައި މިދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަހުރެން މިދުޢާ މިކުރަނީ ތިބާއަށެވެ! ތިބާ ބޭނުންވާ މީހަކަށް ހިތުލައި މިދުޢާކުރާށެވެ!

ލޯބިވާ އަޚުންނާއި އުޚުތުންނޭވެ! ތިބާ ވީ ކޮންމެތަނަކުގައި އަތް އުފުލައިލާށެވެ! ތެދުވެރިކަމާއި އަދި އިޚްލާޞްތެރި ކަމާއިއެކު ދުޢާއެއް ކޮށްލަމާ ހިނގާށެވެ. ތިބާ ބޭނުންވާ ކޮންމެ މީހަކަށްޓަކައިވެސް މިދުޢާ ކޮށްލަމާ ހިނގާށެވެ!

ޔާ ﷲ! ތިބާއަށް ތަނަވަސް ކަން މިންވަރު ކޮށްދެއްވާ ފާންދޭވެ. އެ ތަނަވަސް ކަމަކުން ސުލްޙަ ޤާއިމްވާފަދަ ތަނަވަސް ކަމެވެ. ކިބުރުވެރިކަން އުފެދޭ ފަދަ ތަނަވަސް ކަމެއް ނޫނެވެ. އެހެން މީހުންނަށް އެހީތެރިކަން ފޯރު ކޮށްދެވޭ ފަދަ ތަނަވަސް ކަމެވެ. 

ތިބާ އެކަމަކަށްޓަކާ ބިރުގަންނަ ހުރިހާ ކަމެއް ފަސޭހަ ކުރައްވާ ތިބާއަށްޓަކައި ބަންދުކުރެވިފައިވާ ހުރިހާ ދޮރެއް ހުޅުވާދެއްވާންދޭވެ! 

ތިބާގެ ދީނުގެ ޙުކުމް ފުރިހަމަ ކުރުމަށްޓަކާ އެ ބައިވެރިއަކަށް ތިބާ އުއްމީދު ކުރި ބައިވެރިޔާއަށް، ތިބާއާއި ބައްދަލު ކުރުމުގެ މަގު އަވަހަށް ތަނަވަސް ކޮށްދެއްވާންދޭވެ. 

ޔާ ﷲ! ތިބާގެ މައިންބަފައިން ހިމާޔަތް ކުރައްވަވާ، އެމީހުންނަށް އަފޫ ކޮށްދެއްވާންދޭވެ. އަދި އެމީހުންނަށް ދިގު ޢުމުރު ދެއްވަވާ ތިބާގެ ކާމިޔާބީތައް ދުށުމުގެ ހެޔޮ ތަޢުފީޤު ދެއްވާންދޭވެ. އަދި އެމީހުން ދުނިޔެ ދޫކޮށް އިނބަ ﷲ ގެ ޙަޟްރަތަށް ގެންދެވުމަށްފަހު އެމީހުންނަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވާންދޭވެ.  

ތިބާ ސިއްރުކުރާ ކޮންމެ ވޭނަކާއި، ތިބާ އަޅާ ކޮންމެ ކަރުނައެއް ތިބާގެ ހިނިތުންވުމުގެ ސަބަބަކަށް ހައްދަވާފާންދޭވެ.  

ތިބާގެ އީމާންތެރިކަން ވަރުގަދަ ކުރައްވަވައި އަދި ތިބާގެ ހިތް ސުލްޙަ ކުރައްވަވައިފާންދޭވެ. އަދި ތިބާގެ ފައިތިލަ އަބަދުވެސް ސީދާމަގުގައި ސާބިތު ކޮށްދެއްވަވާންދޭވެ!

އާމީން

 

- މުފްތީ މެންކު ކުރައްވާފައިވާ ދުޢާއަކުން

 

މިއަދު އޮންލައިން