އަހުރެމެންގެ މަޝްހޫރު ޢިލްމްވެރިޔާ އެމެރިކާގައި ދެއްވި ދީނީ ތަޤްރީރެއްގެ ތެރެއިން ކުރެވުނު ސުވާލެކެވެ. "އިސްލާމް ދީނުގައި 4 އަނބިން ހުއްދަވެގެންވަނީ ކީއްވެގެން ހެއްޔެވެ؟"
ޖަވާބުގައި ވިދާޅުވިއެވެ. " އަނބިން ހުއްދަވެފަ އޮތުމަކީ އެމެރިކާގެ އަންހެނުންނަށްވެސް އޮތް ސަލާމަތެކެވެ! ނިކަން ވިސްނަބަލާށެވެ! މިހާރުވެސް އެމެރިކާގެ އާބާދީގައި 7.2 މިލިއަން ހެނުން ގިނައެވެ. އަދި އެއްޖިންސުން ގުޅުން ހިންގާ 25 މިލިއަން ފިރިހެނުން އެބައުޅެއެވެ. އެއިން މީހަކު އެއްވެސް އަންހެނަކާއި ކައިވެންޏެއް ނުކުރާނެއެވެ. އެއިތުރުވީ (ބާކވީ) އިތުރު 25 މިލިއަން އަންހެނުންނެވެ.
އަދިވެސް އަޑުއަހާށެވެ! އޮތީ 4 އަނބިން ހަމަކުރުމަކަށް ނޫނެވެ! ބޭނުންނަމަ، 2،3،4 އަންހެނުންނާއި ކައިވެނިކުރުމަށެވެ. އެއަނބިންނަށް ހަމަހަމަކޮށް ކަންކަން ނުކުރެވޭނެނަމަ 1 އަންހެނަކާއި ކައިވެނިކުރުމަށެވެ. ވީމާ ހަމަ އެކަނި އެންމެ އަންހެނަކާއި ކައިވެނިކުރަންވެސް އޮތް ހަމައެކަނި ފޮތަކީ ޤުރްއާނެވެ."
އެހިސާބަށް ވާހަކަފުޅު ދެއްކެވުނުތަނުން އަތްތިލަބަޑީގެ އަޑުގަދަވެ ހޯލް ގުގުމާލުމުން ޖެހިވަޑައިގަތީ ވާހަކަފުޅު ދެއްކެވުން ހުއްޓަވައިލައްވާށެވެ! އެނގިގެން ދިއައީ ދީޖާތުގެ ވާހަކަފުޅު އެންމެން ބަލައިގަތްކަމެވެ.