ކައިވެނި ކާމިޔާބުކުރެވޭނެކަން ޔަޤީން މަގުން އަނެކާދެކެ ލޯބިވާނަމަ ކައިވެނީގަ މައްސަލަ ޖެހި ވަރިވާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކައިވެނި ކާމިޔާބުކުރެވޭނެކަން ޔަޤީން މަގުން އަނެކާދެކެ ލޯބިވާނަމަ ކައިވެނީގަ މައްސަލަ ޖެހި ވަރިވާކަށް ނުޖެހޭނެ! އިން ޝާ ﷲ

މިއަދު ގިނަ ބައަކަށް ލޯބިވެވެނީ އަނެކާގެ ސިފައަށް ބަލައިގެންނެވެ. ނުވަތަ ތަނަވަސްކަން ފަދަ ކަންކަމަށް ބަލައިގެންނެވެ. ތިމާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިދާނެ ގޮތަށް ބަލައިގެންނެވެ. ނަމަވެސް މިއިން އެއްވެސް ގޮތަކީ ޙަޤީޤީ ލޯބި ކާމިޔާބުކުރެވޭނެ ގޮތެއް ނޫނެވެ.  

ވިމާ ބުނެލަންހުރި ބައެއް ވާހަަކ ބުނެލާނަމެވެ. ޝައިޚް ސަޢީދު ރާޤިޙް ވިދާޅުވެފައިވަނީ މިފަދައިންނެވެ.

"ހަމައެކަނި ﷲ އަށްޓަކައި މީހަކު ދެކެ (އެއީ އަންހެނަކު ދެކެ ކަމުގައިވީނަމަވެސް އަދި ފިރިހެނަކު ދެކެ ކަމުގައިވީނަމަވެސް) ލޯބިވާ މީހާ ދެކެ ލޯބިވެވޮޑިގަތުން ﷲ ތައާލާ ވަނީ އަމިއްލަފުޅަށް ﷲ ތަޢާލާގެ މައްޗަށް ވާޖިބު ކުރައްވަވައިފައެވެ." 

ވީމާ ކޮންމެ މީހަކުދެކެވެސް ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައެވެ. އެއީ ޙަޔާތުގެ ބައިވެރިޔާކަމަށްވީނަމަވެސް މެއެވެ. އަދި އެހެން މީހަކުކަމުގައިވީނަމަވެމެއެވެ. ދިރިއުޅުން އުފަލުގައި ހޭދަކުރެވެނީވެސް ﷲ ތަޢާލާއަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާ ދެމަފިރިންނަށެވެ.  

މިޘާލަކަށް ﷲ ތަޢާލާއަށްޓަކައި ބައިވެރިޔާދެކެ ލޯބިވާނަމަ އޭނާ ބަލިވުމުން ވާނީ ލޯބިއިތުރެވެ. އޭނާއަށް ނިކަމެތިކަމެއް ކުރިމަތިވެއްޖެނަމަ ވަކިވެގެންދާކަށް ބޭނުމެއް ނުވާނެއެވެ. އަތްމަތި ދަތިވުމަކީ މައްސަލައެއް ކަމަކަށް ނުދެކޭނެއެވެ.  

ބައެއް މީހުން އެކިވަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއިވެސް އެބަ ކައިވެނިކުރެއެވެ. އެމީހުން ކައިވެނި އެކުރީ ދުނިޔޭގެ އުފާތައް ޤުރްބާންކޮށްފައި ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ކަމަށްވެއްޖެނަމަ އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެ މިންވަރު މިބަޔާންކުރި ޙަދީޘްފުޅުން އެކަނިވެސް ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.  

ކައިވެންޏާއި ވަރީގެ މައްސަލަތައް މިހައި ބޮޑަށް އިތުރުވަމުން އަންނައިރު މިކަންކަމަކީ ކޮންމެ މީހަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަންކަމެވެ. ކުރިނަ ބުނިފަދައިން ކޮންމެ ދެމަފިރިއަކުވެސް އެކަކު އަނެކަކު ދެކެ ލޯބިވަނީ ﷲ ތަޢާލާގެ ޙަޟްރަތަށްޓަކައި ހަދައިފިނަމަ މައްސަލަ ޙައްލުވީއެވެ. ވަރިކުރުމާއި ވަރިވުމުގެ ވާހަކަ ދައްކާކަށްވެސް ނުޖެހޭނެއެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުންލިބި އާޚިރަތްވެސް ކާމިޔާބުކުރެވުނީއެވެ. ސުވަރުގެވެސް ވަދެވުނީއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން